ޔުނެސްކޯގެ އެހީގައި ދިވެހިރާއްޖެއަށް ތަރިކައިގެ ދާއިރާއިން ތަމްރީނު ފުރުޞަތުތައް ހޯދުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ކޮށްފައި ވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޔުނެސްކޯ ދެކުނު އޭޝިއާގެ ކަލްޗަރ ސެކްޓަރ، ޗީފް ޖުންހީ ހަންއާ މިއަދު ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމާއެކު ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމުގައެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މައުލޫމާތުދީފައިވާ ގޮތުގައި މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ އެހީގައި ދިވެހިރާއްޖެއަށް ތަރިކައިގެ ދާއިރާއިން ތަމްރީނު ފުރުޞަތުތައް ހޯދުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވަޒީރު އާދަމް ނަސީރު، ރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ މަޝްވަރާތައް ހިނގާތާ މިހާރު 13 ވަރަކަށް އަހަރުވެއްޖެކަން ފާހަގަކުރަށްވައި، އެ ކަމަށް ކުރު އަވަސް މަގެއް ހޯދުމުގެ ޝައުޤުވެރިކަން ވަނީ ފާޅުކުރައްވާފައެވެ.
އެ ކަމަށް ހަވާލާދީ ޗީފް ޖުންހީ ހަންއާ ވަނީ މަސައްކަތުގެ ވަގުތު ރޮނގެއް ވަޒީރާ ހިއްސާކުރައްވައި، އެ ކަންކަން ފުރިހަމަ ކުރުމަށް ދެފަރާތުން ކުރަންހުރި ކަންކަމާ މެދު ގޮތްތަކެއް ނިންމަވާފައިވާކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުންޏެވެ.
ޗީފް ޖުންހީ ހަންއާ ރާއްޖެ ވަޑައިގަތުމުގެ އަސްލު މަގުސަދަކީ ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަޝްރޫޢުގައި ކުރެވިފައިވާ މަސައްކަތްތަކާއި ކުރިއަށް ކުރަންހުރި ކަންކަން ބެއްލެވުމެވެ.
އެހެންކަމުން ޗީފް ޖުންހީ ހަންއާ ވަނީ މިދަތުރުފުޅުގައި، މާލެގައި ހުރި ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނިފައިވާ، މާލޭ ހުކުރު މިސްކިތް، ކަޅުވަކަރު މިސްކިތް އަދި ޢީދު މިސްކިތަށް ވަނީ ޒިޔާތްކުރަށްވާ އެތަންތަން ބައްލަވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!