ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ ފަރާތުން ތަރައްޤީކޮށްފައިވާ ފިނިމައިޒާނަށް އިތުރު ތަކެތި ސަޕްލައިކޮށްދިނުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

އެގޮތުން ޑަބްލިއުޑީސީއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕީކް ސްޓޯން ޕްރައިވެޓް ލިމިޓެޑްއާއިއެވެ.

Ad
rt

މި މަސައްކަތް ހަވާލުކުރުމަށް ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޑަބްލިއުޑީސީ ފިނިމައިޒާނަށް ބޯގަންވިލާ ސްޓޭންޑާއި އުނދޯލި ސްޓޭންޑްއެއް ސަޕްލައިކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ރަށުގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބެހެއްޓުމަށްވެސް މި އެއްބަސްވުމުގައިވެއެވެ.

ރަށުގެ ފުށްޓަރު ފަރާތުގައި ތަރައްޤީކޮށްފައިވާ މި މައިޒާނުގައި މިވަގުތު ބާބަކިއު ހަޓްތަކާއި ޖޯލިފައްޗާއި ގިނަ މީހުންނަށް ތިބެވޭނެހެން ބެންޗްތައްވެސް ޖަހާފައިވެއެވެ.

ޑަބްލިއުޑީސީގެ މެންބަރުންނާއި އިސްވެރިންގެ އަމާޒަކީ މި މައިޒާން އިތުރަށް ރައްޔިތުން ހިތްހަމަޖެހޭ މާހައުލަކަށް ހަދައި، ޖާގައިގެ ދަތިކަން ނުވާނެހެން އެއްފަހަރާ ގިނަ ރައްޔިތުންނަށް މިތަން ބޭނުން ކުރެވޭނެ ގޮތެއް މަގުފަހިކޮށްދިނުމެވެ.