ހއ. ދިއްދޫގައި އެރަށު ކައުންސިލުން ވިލާ ކޮލެޖާއި ގުޅިގެން ނާރސިން ކޯސް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެގޮތުން ދިއްދޫގައި މި ޕްރޮގަރާމް ތައާރަފްކުރުމަށް ދިއްދޫ ކައުންސިލާއި ވިލާ ކޮލެޖުން ވަނީ ދެ ފަރާތުގެ ދެމެދުގައި އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފައެވެ.

Ad
rt

ޕްރޮގްރާމު ދިއްދޫގައި ތައާރަފް ކުރުމާއި ގުޅޭގޮތުން ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު ވިދާޅުވެފައިވަނީ، ޒުވާނުންނާއި އެކި އުމުރުފުރާގެ ބޭފުޅުން ޝާމިލުވާގޮތަށް އެންމެ ގިނަ ކޯސް ހިންގާ ކައުންސިލަކީ ދިއްދޫ ކައުންސިލުކަމަށެވެ.

އަދި މިވަގުތުވެސް ދިއްދޫގައި ދެކޯހެއް ކުރިއަށް ގެންދާކަމަށް ރައީސް ވަނީ ފާހަގަކޮށްފައެވެ.

ދިއްދޫ ކައުންސިލް ރައީސް ވިދާޅުވީ މިއީ، "ހަތަރުވަނަ ދައުރަށް ހޮވިފައިވާ ކައުންސިލްގެ ދުރުވިސްނޭ ސިއާސަތުގެ ތެރެއިން" ހިންގުމަށް ހަމަޖެހިފައިވާ މި ކޯސްތަކެއް ކަމަށެވެ. އަދި "މީހުން މީހުނަަށްވާނީ މީހުނަށް ހެދީމަ" ކަމަށް ދިއްދޫ ރައީސް ވަނީ ވިދާޅުވެފައެވެ.