ށ. ފީވަކަށް ޒިޔާރަތްކުރާ މީހުންނަށް ބަނދަރުގައި މަޑުކޮށްލަން ފަސޭހަކޮށްދިނުމަށް ގޮނޑި ބަހައްޓައިފިއެވެ.

ފީވަކު ކައުންސިލުން ބުނެފައިވާ ގޮތުގައި މިއީ، ފީވަކުގައި ބަނދަރު ރީތިކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

Ad
rt

އެގޮތުން ރަށުގެ ބަނދަރަށް އަންނަ ފަރާތްތަކަށް ފަސޭހަކަމާއެކު މަޑުކޮށްލުމުގެ އިންތިޒާމު ހަމަޖައްސައިދީ، ބަނދަރު ޒީނަތްތެރިކުރުމުގެ ގޮތުން ފީވަކު ކައުންސިލްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ފީވަކު ޕޮލިސް ސްޓޭޝަންގެ އިތުރުން ވެލާރޯ އިންވެސްޓްމެންޓް އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި މަސައްކަތުގެ ތެރެއިން މުއައްސަސާތަކުން މުވައްޒަފުން ނުކުމެ ބަނދަރު މަތީގައި ގޮނޑި އެޅުމުގެ މަސައްކަތާއި، ގޮނޑި ބެހެއްޓުމުގެ މަސައްކަތް އަދި ގޮނޑިތަކުގައި ކުލަވެސް ލާފަައިވެއެވެ.

ފީވަކު ކައުންސިލުންނާއި ރަށުގެ އެހެނިހެން މުއައްސަސާތަކުން ދަނީ ރަށުގެ ރައްޔިތުންނަށާއި ރަށަށް އަރާފައިބާ މީހުންގެ ބޭނުންތަކަށް އަބަދުވެސް ޙާއްސަ އަހަންމިއްޔަތުކަމެއްދީ، އުޅެން ފަސޭހަ މުޖުތަމަޢުއެއް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދެއެވެ.