Skip to main content

އައިޝަތު އައިނީ އާމިރު

Contributor
🇲🇻 ތިލަދުން Desk
542 Stories
160 Reads

Published on ތިލަދުން (Thiladhun) by އައިޝަތު އައިނީ އާމިރު

ނޮޅިވަރަންފަރު 100 ހައުސިން ޔުނިޓް ހިމެނޭ ސަރަހައްދުގައި މުހިންމު މަސައްކަތްތަކެއް ކުރަން ހަވާލުކޮށްފި
Thiladhunmathi News

ނޮޅިވަރަންފަރު 100 ހައުސިން ޔުނިޓް ހިމެނޭ ސަރަހައްދުގައި މުހިންމު މަސައްކަތްތަކެއް ކުރަން ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރު 1000 ހައުސިންގ ޔުނިޓުތައް ހިމެނޭހެން ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް ކުރަން އެރަށު އަލިރާ ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކުރުމަށް މިދިޔަ އޮގަސްޓް މަހު 23 ވަނަ ދުވަހު ނޮޅިވަރަންފަރު ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ނޮޅިވަރަންފަރު ކައުންސިލުން ސޮއިކޮށްފައިވާއިރު އަލިރާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއިކުރެއްވީ އިސްހާގް އަޝްރަފް އެވެ. މި އެއްބަސްވުމުގެ ދަށުން، 100 ހައުސިން ޔުނިޓް ހިމެނޭ ސަރަޙ...

ނެއްލައިދޫ ކައުންސިލުން ރަށުގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފި
Thiladhunmathi News

ނެއްލައިދޫ ކައުންސިލުން ރަށުގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފި

ހދ. ނެއްލައިދޫ ކައުންސިލުން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފިއެވެ. ނެއްލައިދޫ ކައުންސިލުން މައުލޫމާތުދިން ގޮތުގައި ރަށުގައި ޖޯލިފަތި ބަހައްޓައދީފައިވަނީ ރައްޔިތުން އިށީނދެ ހިތްހަމަޖައްސާލާ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން ދޭދޭ ފަރުދުންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ މަޤުސަދުގައި ކަމަށެވެ. ކައުންސިލުގެ ފަރާތުން ރަށުގެ އެކި ސަރަހައްދުތަކުގައި ރައްޔިތުން އިށީނދެ ހިތްހަމަޖައްސާލާ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށާއި ދޭދޭފަރުދުންގެ މެދުގައި ގުޅުން ބަދަހިކުރު...

ނޮޅިވަރަންފަރުގައި އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފި
Raajje

ނޮޅިވަރަންފަރުގައި އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރު ކައުންސިލް އިދާރާގައި އިރުގެ ހަކަތަ އިން (ސޯލާ) ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުމަށް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. އެގޮތުން ނޮޅިވަރަންފަރު ކައުންސިލް އިދާރާގައި އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުމަށް ހަވާލުކުރީ އަލްޓްރާ އިންޖިނިއަރިން އެންޑް ޓްރޭޑިން އާއި އެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރުުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ 31 އޮގަސްޓް ވީ އާދީއްތަ ދުވަހު ނޮޅިވަރަންފަރު ކައުންސިލް އިދާރާގައެވެ. މި އެއްބ...

ކުޅުދުއްފުށީގައި މަސްބާނާ ޕްލެޓްފޯމެއް ތަރައްޤީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި
Thiladhunmathi News

ކުޅުދުއްފުށީގައި މަސްބާނާ ޕްލެޓްފޯމެއް ތަރައްޤީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

ކުޅުދުއްފުށި ސިޓީގައި މަސްބާނާ ޕްލެޓްފޯރމެއް ޤާއިމްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގެ ވަރަށް ގިނަ ޒުވާނުންނާއި އާންމުން ބޭނުންވާކަމަށް ވާތީ، މަސްބާނާ ޕްލެޓްފޯރމެއް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން ސިޓީ ކައުންސިލުން ވަނީ 3 ސެޕްޓެމްބަރ 2025 ގައި، މި މަސައްކަތުގެ އިންޖިނިއަރިންގ، އަރކިޓެކްޗަރަލް، ޕްލޭނިންގ އަދި ތިމާވެށީގެ ލަފާ ހޯދުމަށް ޝެރެޓް ސްޓޫޑިއޯ އާއި ހަވާލުކޮށްފައެވެ. މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ޝެރެޓް ސްޓޫޑިއޯއާއި ވަނީ މަސްބާނާ ޕްލެޓ...

ތިލައުތުރު ރަންތާޖު މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި
Thiladhunmathi News

ތިލައުތުރު ރަންތާޖު މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ތިލައުތުރު ރަންތާޖު މުބާރާތް މިއަންނަ 2026 ވަނަ އަހަރު ބޭއްވުމަށް ފަސްކޮށްފިއެވެ. އެގޮތުން ހއ. އަތޮޅު ކައުންސިލުން މި ނިންމުން ނިންމާފައިވަނީ، އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 167 ވަނަ އާންމު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ހއ އަތޮޅު ކައުންސިލުން ވަނީ، ތިލައުތުރު ރަންތާޖު މުބާރާތް އެކި ފަހަރު މަތިން ފަސްވެފައިވާތީ ޤައުމީ މުބާރާތުގެ ޤަވާއިދަށް އަންނަ ބަދަލުތަކަށް ރިއާޔާތްކުރުމަށް ފަހު އަންނަ އަހަރު މި މުބާރާތް ބޭއްވުމަށް […]

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ޔޫތު އެޑްވޮކަސީ ގައިޑް ވޯކްޝޮޕް ނިންމާލައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ޔޫތު އެޑްވޮކަސީ ގައިޑް ވޯކްޝޮޕް ނިންމާލައިފި

ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ “ޔޫތް އެޑްވޮކަސީ ގައިޑް ވޯރކްޝޮޕް” ނިންމާލައިފިއެވެ. މި ސެޕްޓެމްބަރ މަހު 3 އިން 4 އަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޔުނިސެފް މޯލްޑިވްސް އާއި ގުޅިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ. ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، ޖުމްލަ 15 ބައިވެރިން މި ވޯކްޝޮޕުގައި ބައިވެރިވެފައިވާއިރު، މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވާފައިވަނީ ނޭޕާލްގައި ޔޫތް އެޑްވޮކަސީ ޓްރެއިނިންގ ފުރިހަމަކުރައްވާފައިވާ، ޔޫތް އެޑްވޮކޭޓުން އަދި ޔުނިސ...

ކުޅުދުއްފުށީ ބަށި ބޯޅަ މުބާރާތުގެ ބަށި ރާނީ އަކަށް ނައުފާ
Thiladhunmathi News

ކުޅުދުއްފުށީ ބަށި ބޯޅަ މުބާރާތުގެ ބަށި ރާނީ އަކަށް ނައުފާ

ކުޅުދުއްފުށި ބަށި މުބާރާތް، ހދ އަތޮޅު ލީގު 2025 ގެ “ޝަރަފްވެރި ބަށި ރާނީ” އަކަށް ކްލަބް ސަމާގެ ޖާޒީ ނައުފާ އިބްރާހީމް ހޮވިއްޖެއެވެ. މި ސެޕްޓެމްބަރ މަހު 4 އިން 6 އަށް ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމް އަރޭނާގައި ކުރިއަށް ގެންދިޔަ މި ބަށި މުބާރާތުގެ ފައިނަލް މެޗުކުޅެ، ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، މި މުބާރާތުގެ ފައިނަލްގައި ކުޅެފައި ވަނީ ނެއްލައިދޫ ބަށި ޓީމާއި، ކުމުންދޫގެ ކްލަބް ސަމާ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން […]

އުލިގަމުގައި މަގުތަކުގައި އައު މަގުބައްތި ޖަހައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

އުލިގަމުގައި މަގުތަކުގައި އައު މަގުބައްތި ޖަހައިދޭނެ ފަރާތެއް ހޯދަނީ

ހއ. އުލިގަމު މަގުތަކުގައި އައު މަގުބައްތިޖެހުމާއި، މިހާރު ހުރި މަގު ބައްތި ތަކަށް އަލުން ކޭބަލް އެޅުމާއި ބޭނުންވާ ތަކެތި ފޯރުކޮށްދީ މަގުމަތީ ކޭބަލް އަޅާ ބައްތި ޖަހާ މީޓަރު ފޮށި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އުލިގަމު ކައުންސިލުން އިއުލާނުކޮށްފިއެވެ. އުލިގަމު ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެ އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ސެޕްޓެމްބަރ 2025 އިން 11 ސެޕްޓެމްބަރ 2025 އަށް ބަންދު ނޫން ކޮންމެ […]

ހއ.އަތޮޅު ހޮސްޕިޓަލުގައި ސްޕީޗު ތެރަޕީގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ހއ.އަތޮޅު ހޮސްޕިޓަލުގައި ސްޕީޗު ތެރަޕީގެ ޚިދުމަތް ފަށައިފި

ހއ. އަތޮޅު ހޮސްޕިޓަލުގައި ސްޕީޗު ތެރަޕީގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް ފެށުމާއި ގުޅިގެން ހއ އަތޮޅު ހޮސްޕިޓަލުން ބުނެފައިވަނީ، މި ޚިދުމަތް ފެށުމުން ހއ އަތޮޅުގައި ޚިިދުމަތް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ވާނެކަމަށާއި، މިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުގައި މި ޚިދުމަތް ވީހާވެސް އަވަހަށް ފެށުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، އިސްނަގައިގެން ސްޕީޗު ތެރަޕިސްޓެއް ހޯދައިދީފައިވަނީ ހއ. ދިއްދޫ ދިއްގާ ފައުންޑޭޝަނުންނެވެ. މި ފައުންޑޭޝަނުން ކޮށްދިނ...

ފޯކައިދޫ ކައުންސިލުން އެރަށު ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އޭސީކޮށްދީ، އަޕްގްރޭޭޑްކޮށްދެނީ
Thiladhunmathi News

ފޯކައިދޫ ކައުންސިލުން އެރަށު ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އޭސީކޮށްދީ، އަޕްގްރޭޭޑްކޮށްދެނީ

ށ. ފޯކައިދޫ ކައުންސިލުން އެރަށު ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އޭސީކޮށްދީ، އަޕްގްރޭޑްކޮށް ދިނުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. ފޯކައިދޫ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަމާޒް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 10 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢު އާއި ގުޅިގެން ފޯކައިދޫ ކައުންސިލުގެ ރައީސް އަޙުމަދު އާސިފް “ތިލަދުން” އަށް ވިދާޅުވީ، ފޯކައިދޫ ކައުންސިލުން މި މަސައްކަތް ކުރުމަށް ރާވަފައިވަނީ ރަށު ސްކޫލްގެ ހޯލު ހޫނުގަދަވުމުގެ ސ...

އެސްޑީއެފްސީގެ އެމްޑީ އަކަށް ބަދުރުއްދީން
Thiladhunmathi News

އެސްޑީއެފްސީގެ އެމްޑީ އަކަށް ބަދުރުއްދީން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީއެއްގެ ގޮތުގައި މިހާރު ހިންގަމުންދާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރ ގެ މަގާމަށް ހިކިފިނިފެންމާގޭ / ކުޅުދުއްފުށި ސިޓީ، ބަދުރުއްދީން ޙަސަން އައްޔަންކޮށްފިއެވެ. މި މަޤާމަށް އައްޔަން ކުރުމުގެ ކުރިން ބަދުރުއްދީން ހުންނެވީ ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ މަގާމުގައެވެ. ބޭންކިން ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބަދުރުއްދީން އަކީ، އިނގިރޭސިވިލާތުގެ ޔުނިވަރސި...

ތުރާކުނު ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
Thiladhunmathi News

ތުރާކުނު ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހއ. ތުރާކުނު ކައުންސިލް ޤުރުއާން މުބާރާތް 2025 ގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމުން ތުރާކުނު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މުބާރާތް ހުޅުވާލެވިފައިވަނީ ތުރާކުނު ސްކޫލު މަދަރުސާތަކުގެ ދަރިވަރުންނަށާއި ރަށުގެ ރަށްވެހިންނަށް އަދި ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:30 ގެ ކުރިން ކައުންސިލުން އާން...

''ކުޅުދުއްފުށީ ބަށި މުބާރާތް - ހދ އަތޮޅު ލީގް'' މާދަމާ ފަށަނީ
Thiladhunmathi News

''ކުޅުދުއްފުށީ ބަށި މުބާރާތް - ހދ އަތޮޅު ލީގް'' މާދަމާ ފަށަނީ

ހދ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ “ކުޅުދުއްފުށި ބަށި މުބާރާތް – ހދ އަތޮޅު ލީގް 2025” މާދަމާ ފަށާނެއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރު މުޅި ޖުމްލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރުއަތުލުމުގެ ރަސްމިއްޔާތެއް މި ހަފްތާ ވަނީ ބާއްވާފައެވެ. އެގޮތުން ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމް އަރޭނާގައި ކުރިއަށް ގެންދާ މި މުބާރާތުގެ […]

ބިލެތްފަހީ ދަތުރުގައި ވަޒީރަށް އެންމެ ފާހަގަކޮށްލެވުނީ ފުލުހުންގެ ޚިދުމަތާއި ގުޅޭގޮތުން ކުޑަކުދިން ހުށަހެޅި ރޯލްޕްލޭ
Thiladhunmathi News

ބިލެތްފަހީ ދަތުރުގައި ވަޒީރަށް އެންމެ ފާހަގަކޮށްލެވުނީ ފުލުހުންގެ ޚިދުމަތާއި ގުޅޭގޮތުން ކުޑަކުދިން ހުށަހެޅި ރޯލްޕްލޭ

ޤައުމީ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން ށ. އަތޮޅު ބިލެތްފައްސަށް ކުރެއްވި ޒިޔާރަތަކީ، އުފާވެރިކަމާއި އުއްމީދު އާކޮށްދިން ކާމިޔާބު ޒިޔާރަތެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޤައުމީ ދުވަސް ށ.އަތޮޅުން، އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ.ބިލެތްފަހީގައި ވަނީ މިދިޔަ މަހު 29 އިން 30 އަށް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގައި ޝަރަފްވެރިއެއްގެ ގޮތުގައި ވަޒީރު މާރިޔާވެސް ބައިވެރިވެވަޑައިގަތެވެ. ޤައުމީ ދު...

ތުރާކުނު ކައުންސިލުން އެ ރަށު ސްކޫލަށް 20،000 ރުފިޔާގެ މާލީ
Thiladhunmathi News

ތުރާކުނު ކައުންސިލުން އެ ރަށު ސްކޫލަށް 20،000 ރުފިޔާގެ މާލީ

ހއ. ތުރާކުނު ކައުންސިލުން އެ ރަށު ސްކޫލަށް 20،000 ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފިއެވެ. ތުރާކުނު ކައުންސިލުން ބުނީ، މި އެހީތެރިކަމަކީ ދަރިވަރުންގެ ރަސްމީ ތަޢުލީމާއި، މުދައްރިސުންގެ ފަންނީ ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެދިން އެހީތެރިކަމެއްކަމަށެވެ. އެގޮތުން ތުރާކުނު ކައުންސިލުން ދޭ ފައިސާގެ އެހީ އެ ރަށު ސްކޫލާއި ހަވާލުކުރުމަށާއި ތުރާކުނު ކައުންސިލްގެ ޤުރުއާން މުބާރާތުގައި ސްކޫލުގެ ފަރާތުން ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ބައްދަލުވުމެއްވެސް ބާ...