ހއ. އުލިގަމު މަގުތަކުގައި އައު މަގުބައްތިޖެހުމާއި، މިހާރު ހުރި މަގު ބައްތި ތަކަށް އަލުން ކޭބަލް އެޅުމާއި ބޭނުންވާ ތަކެތި ފޯރުކޮށްދީ މަގުމަތީ ކޭބަލް އަޅާ ބައްތި ޖަހާ މީޓަރު ފޮށި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އުލިގަމު ކައުންސިލުން އިއުލާނުކޮށްފިއެވެ.

އުލިގަމު ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެ އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ސެޕްޓެމްބަރ 2025 އިން 11 ސެޕްޓެމްބަރ 2025 އަށް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8 އިން މެންދުރު 2 އަށް އުލިގަމު ކައުންސިލް އިދާރާއަށް އައިސް ރަޖިސްޓްރީ ވުމަށެވެ.

Ad
rt

މި މަސައްކަތް ކުރުމަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން https://forms.office.com/r/MTLQX2VFkT މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

އެގޮތުން މި މަސައްކަތާއި ގުޅޭ ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 16 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 1 ޖަހާއިރު އުލިގަމު ކައުންސިލް ޖަލްސާކުރާ މާލަމުގައެވެ.

މީގެ އިތުރުން އުލިގަމު ކައުންސިލް އިދާރާއިން ވަނީ މި މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ނުވަތަ ސުވާލެއްވާނަމަ 11 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 ގެ ކުރިން projects@uligan.gov.mv އަށް އީމެއިލް ކުރުމަށް ނުވަތަ ކައުންސިލް އިދާރާގެ ނަންބަރު، 6501005 އަށް ގުޅުމަށް އިލްތިމާސްކޮށްފައެވެ.