ހދ. ނެއްލައިދޫ ކައުންސިލުން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފިއެވެ.

ނެއްލައިދޫ ކައުންސިލުން މައުލޫމާތުދިން ގޮތުގައި ރަށުގައި ޖޯލިފަތި ބަހައްޓައދީފައިވަނީ ރައްޔިތުން އިށީނދެ ހިތްހަމަޖައްސާލާ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން ދޭދޭ ފަރުދުންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ މަޤުސަދުގައި ކަމަށެވެ.

Ad
rt

ކައުންސިލުގެ ފަރާތުން ރަށުގެ އެކި ސަރަހައްދުތަކުގައި ރައްޔިތުން އިށީނދެ ހިތްހަމަޖައްސާލާ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށާއި ދޭދޭފަރުދުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަޤުސަދުގައި ޖޯލިފަތި ވަނީ ބެހެއްޓިފައި.

ނެއްލައިދޫ ކައުންސިލުން މިއަދު އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

މިގޮތުން ކައުންސިލުން ޖޯލިފަތިތައް ބަހައްޓައިދީފައިވާ ސަރަހައްދުތަކުގެ ތެރޭގައި ރަށުގައި ބޮޑަށް ހިޔާވާ ސަރަހައްދުތައްކަށް ބަލައިން ޖޯލިފަތިތައް ބަހައްޓައިދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ނެއްލައިދޫ ކައުންސިލުން ދަނީ ރަށުގެ ރައްޔިތުން ހިތްހަމަޖެހޭނެފަދަ ހިތްގައިމު މާހައުލުތައް ޤާއިމްކޮށް ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް އެކި ކަހަލަ މަސައްކަތްތައް ކުރަމުންނެވެ.