ހއ. ތުރާކުނު ކައުންސިލުން އެ ރަށު ސްކޫލަށް 20،000 ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފިއެވެ.

ތުރާކުނު ކައުންސިލުން ބުނީ، މި އެހީތެރިކަމަކީ ދަރިވަރުންގެ ރަސްމީ ތަޢުލީމާއި، މުދައްރިސުންގެ ފަންނީ ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެދިން އެހީތެރިކަމެއްކަމަށެވެ.

Ad
d

އެގޮތުން ތުރާކުނު ކައުންސިލުން ދޭ ފައިސާގެ އެހީ އެ ރަށު ސްކޫލާއި ހަވާލުކުރުމަށާއި ތުރާކުނު ކައުންސިލްގެ ޤުރުއާން މުބާރާތުގައި ސްކޫލުގެ ފަރާތުން ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވާފައެވެ.

ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުއްލަތީފް "ތިލަދުން" އަށް ވިިދާޅުވީ ދަރިވަރުންގެ ތައުލީމަށް ހާއްސަ އިސްކަމެއް ދީގެން ކޮންމެ އަހަރަކުވެސް މާލީ އެހީތެރިކަން ދޭކަމަށާއި، ކުރިން އަހަރުތަކުގައި ސްކޫލުގެ އުމްރަނީ ތަރައްޤީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

އެހެންނަމަވެސް މިހާރު ހާއްސަ އިސްކަމެއް ދެނީ ދަރިވަރުންގެ ތައުލީމަށް ކަމަށާއި، މާލީ ގޮތުން ތުރާކުނު ސްކޫލަށް އެހީތެރިވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ކައުންސިލުގެ ބަޖެޓު ފާސްކުރާއިރު ދަރިވަރުންގެ ތައުލީމަށް ބަޖެޓެއް ކަނޑައަޅާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވެފައިވެއެވެ.

ތުރާކުނު ކައުންސިލަކީ ދަރިވަރުންގެ ތައުލީމަށް އަބަދުވެސް ހާއްސަ އިސްކަމެއް ދީގެން ތައުލީމީ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ކައުންސިލެއްކަން ފާހަގަކޮށްލެވެއެވެ.

Ad
df