ހދ. ނޮޅިވަރަންފަރު 1000 ހައުސިންގ ޔުނިޓުތައް ހިމެނޭހެން ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް ކުރަން އެރަށު އަލިރާ ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކުރުމަށް މިދިޔަ އޮގަސްޓް މަހު 23 ވަނަ ދުވަހު ނޮޅިވަރަންފަރު ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ނޮޅިވަރަންފަރު ކައުންސިލުން ސޮއިކޮށްފައިވާއިރު އަލިރާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއިކުރެއްވީ އިސްހާގް އަޝްރަފް އެވެ.
މި އެއްބަސްވުމުގެ ދަށުން، 100 ހައުސިން ޔުނިޓް ހިމެނޭ ސަރަޙައްދުގެ މަގުތަކާއި ގޯތިތެރެ ސާފުކޮށް، 100 ހައުސިން ޔުނިޓްގެ ކަރަންޓް ހައުސް ކަނެކްޝަން ހެދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.
މީގެ އިތުރުން، 60 ހައުސިންގ ޔުނިޓް ހިމެނޭ ސަރަޙައްދުގައި މަގުބައްތި ޖެހުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ކުރެވޭނެއެވެ.
މިއަހަރުގެ ނޮވެމްބަރ މަހު 23 ވަނަ ދުވަހަށް ނިންމަން ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ، 1.7 މިލިއަން ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!