ހއ. ތުރާކުނު ކައުންސިލް ޤުރުއާން މުބާރާތް 2025 ގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމުން ތުރާކުނު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މުބާރާތް ހުޅުވާލެވިފައިވަނީ ތުރާކުނު ސްކޫލު މަދަރުސާތަކުގެ ދަރިވަރުންނަށާއި ރަށުގެ ރަށްވެހިންނަށް އަދި ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށެވެ.

Ad
d

އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:30 ގެ ކުރިން ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ހިއްސާކޮށްފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ތުރާކުނު ކައުންސިލުން އެދިފައިވެއެވެ.

ތުރާކުނު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގެ މަޤުސަދަކީ ތުރާކުނު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނުވެރިކަން އުފައްދައި، ޤުރުއާން ކިޔެވުމުގެ މައިދާނުގައި ވާދަވެރިކަން އުފެއްދުމެވެ.

Ad
df

މީގެ އިތުރުން މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމުން ތުރާކުނު ކައުންސިލުން ވަނީ، މި މުބާރާތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ކައުންސިލުން އިދާރާގެ ނަމްބަރު، 6500035 އަށް ގުޅުމަށް އިލްތިމާސްކޮށްފައެވެ.