ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީއެއްގެ ގޮތުގައި މިހާރު ހިންގަމުންދާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރ ގެ މަގާމަށް ހިކިފިނިފެންމާގޭ / ކުޅުދުއްފުށި ސިޓީ، ބަދުރުއްދީން ޙަސަން އައްޔަންކޮށްފިއެވެ.
މި މަޤާމަށް އައްޔަން ކުރުމުގެ ކުރިން ބަދުރުއްދީން ހުންނެވީ ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ މަގާމުގައެވެ.
ބޭންކިން ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބަދުރުއްދީން އަކީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އަކުން އެމްބީއޭ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން އޭނާ 2012 ވަނަ އަހަރު ބީއެމްއެލް އާއި ގުޅިވަޑައިގެންފައިވާއިރު، ބޭންކުގައި މުހިންމު މަގާމުތަކެއް ވަނީ ފުރިހަމަ ކުރައްވާފައެވެ.
އެސްޑީއެފްސީ އަކީ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖެއްދުމުގެ ގޮތުން 2019 ވަނަ އަހަރު ޤާއިމްކުރެވިފައިވާ ކުންފުންޏެކެވެ.
މި ކުންފުނީގެ މަޤުސަދަކީ ރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުންދާ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހީ ފޯރުކޮށްދިނުމުގެ ގޮތުންް ތަފާތު އިޤުތިސާދީ ދާއިރާތަކަށް އަމާޒުކޮށްގެން ލުއިގޮތަކަށް ލިބޭނެ ލޯނު ތައާރަފްކޮށް އެ މަސައްކަތް ދެމެހެއްޓެނިމި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!