އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ޖެނިން އަށް ބޮން އަޅައި އެ ސިޓީ ހިސޯރުކޮށްފިއެވެ.

ޣައްޒާގެ ސިވިލް ޑިފެންސްއިން ބުނި ގޮތުގައި، އުތުރުގެ ޖަބާލިޔާ އަދި ދެކުނުގެ ޚާން ޔޫނިސް ހިމެނޭގޮތަށް ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިޒްރޭލުން އިއްޔެއާއި ރޭ ދިން ހަމަލާތަކުގައި މަދުވެގެން 12 ފަލަސްތީނު މީހުން ޝަހީދުވެއްޖެއެވެ.

Ad
rt

ޔަހޫދީ ސިފައިންގެ ބާރުތަކުން ޖެނިން ސިޓީ ވަށާލައި އެ ސިޓީ ހިސޯރު ކުރުމުގެ ސަބަބުން، ފަލަސްތީނު ރައްޔިތުންނަށް ކާނާ އާއި ފެން، ކަރަންޓު އަދި އިންޓަރނެޓް ލިބުން ވަނީ ހުއްޓިފައެވެ. މިއީ ހުޅަނގު އައްސޭރިއަށް މި ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ޔަހޫދީ ސިފައިން ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަލަސްތީނު ރެފިއުޖީންނާ ބެހޭ ޔޫއެން އޭޖެންސީ ކަމުގައިވާ އަންރްވާއިން ބުނާ ގޮތުގައި، ބުދަ ދުވަހުން ފެށިގެން ޔަހޫދީ ސިފައިން ހުޅަނގު އައްސޭރިއަށް އަރައިގަނެ ދިން ހަމަލާތަކުގައި ހުޅަނގު އައްސޭރިން ފަލަސްތީނުގެ 20 މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި ނުކުޅެދުންތެރިކަން ހުރި މީހަކާއި އެތައް ކުޑަކުދިންނެއް ހިމެނެއެވެ.