ޓިކްޓޮކް ބަންދުކުރާތީ ކްރިއޭޓަރުން އެހެން ޕްލެޓްފޯމްތަކަށް
އެމެރިކާގައި ޓިކްޓޮކް ބަންދުކުރާތީ ޓިކްޓޮކްގެ މަޝްހޫރު ކްރިއޭޓަރުންގެ ފޯކަސް އެހެން ޕްލެޓްފޯމްތަކަށް ހުރިކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ސީއެންބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ސަރުކާރުން ދަނީ 19 ޖެނުއަރީ 2025 ގައި ޓިކްޓޮކް އެޕް ބަންދުކުރުމަށް ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް ތައްޔާރުވަމުންނެވެ. މިކަމާ ގުޅިގެން، މިލިއަނުން މީހުން ބޭނުންކުރާ ޓިކްޓޮކްގެ ކޮންޓެންޓް ކްރިއޭޓަރުން އެމީހުންގެ ފޮލޯވަރުންނަށް ވެސް އެހެން ސޯޝަލް މީޑިއާ އެކައުންޓްތަކަށް ފޮލޯކުރުމަށް ދަނީ ގޮވާލަމުންނެވ...