ލޮސް އެންޖެލަސްގައި މިވަގުތު ގިނަ ސަރަހައްދުތަކެއް އަނދަމުންދާ އަލިފާނުގެ ހާދިސާއިން މިހާތަނަށް 29،000 އެކަރަށްވުރެ ބޮޑު ސަރަހައްދެއް އަނދައި އަޅިއަށްވެއްޖެއެވެ. މިއީ 20،000 ފުޓްބޯޅަ ދަނޑަށްވުރެ ބޮޑު ސަރަހައްދެކެވެ.
ގަދަ ވައިގެ ސަބަބުން އަލިފާން އިތުރަށް ފެތުރެމުންދާއިރު، މިވަގުތާ ހަމައަށްވެސް އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި، މިސަރަހައްދުގެ ގިނަ ގޭބިސީތަކުގެ އަލިފާނުގެ އިންޝުއަރެންސް ކުރިން އުވާލެވިފައިވުމާއެކު، ގެދޮރު ގެއްލުނު އާއިލާތަކަށް އެއްވެސް ބަދަލެއް ނުލިބޭނެކަން ވަނީ ކަށަވަރުވެފައެވެ.
މި ނުރައްކާތެރި އަލިފާން ނިއްވުމުގެ މަސައްކަތުގައި ބައިވެރިވާ ފަޔަރ ފައިޓަރުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ ޖަލު ބަންދުގައި ތިބޭ މީހުންނެވެ. މިމީހުންނަށް ދުވާލަކަށް ލިބެނީ އެންމެ 5-10 ޑޮލަރެވެ. ސިޓީގެ ތާރީޚުގައި މިފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގަމުންދާއިރުވެސް، ފަޔަރ ޑިޕާޓްމަންޓްގެ ބަޖެޓުން 17.5 މިލިއަން ޑޮލަރު ކަނޑާލާފައިވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
މިހާތަނަށް މި ހާދިސާގެ ސަބަބުން 50 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާކަމަށް ލަފާކުރެވެއެވެ. 100 އަށްވުރެ ގިނަ މީހުން ރައްކާތެރިވުމަށްޓަކައި ގެދޮރު ދޫކޮށް ދާންޖެހިފައިވެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތަށް އިތުރު މުވައްޒަފުން ބޭނުންވި ނަމަވެސް، ބަޖެޓް ނެތުމުގެ ސަބަބުން އިތުރު ފަޔަރ ފައިޓަރުން ނެގުމަކީ މިވަގުތު ކުރެވެން ނެތް ކަމެކެވެ.
އެންމެ ހައިރާންވާންޖެހޭ ކަމަކީ، އަލިފާން ރޯވަމުންދާ ސަރަހައްދާ އެންމެ ބްލޮކެއް ދުރުގައި ހުރި ކެފޭތަކުގައި މީހުން އާންމު ދުވަހެއްހެން މަސައްކަތްކުރަމުން ދާކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!