Skip to main content

އަޙްމަދު ދާއޫދު

Viewer
🇲🇻 ތިލަދުން Desk
1,134 Stories
32 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ދާއޫދު

ސަޢޫދީގެ އެކި ސަރަޙައްދުތަކަށް ވިއްސާރައާއި ފެންބޮޑުވުމުގެ ނުރައްކާ
International

ސަޢޫދީގެ އެކި ސަރަޙައްދުތަކަށް ވިއްސާރައާއި ފެންބޮޑުވުމުގެ ނުރައްކާ

ސަޢޫދީ ޢަރަބިއްޔާގެ އެކި ސަރަޙައްދުތަކަށް ވިއްސާރައާއި ފެންބޮޑުވުމުގެ ނުރައްކާ ކުރިމަތިވެއްޖެއެވެ. ސަޢޫދީ އަށް ކުރިމަތިވެފައިވާ ގަދަ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން އެ ޤައުމުގެ މަގުތަކާއި ގިނަ ސަރަޙައްދުތަކެއް ވަނީ ފެނުއަޑީގައެވެ. މޫސުމީ ނުތަނަވަސްކަން އަދިވެސް އިތުރު ދުވަސްތަކަކަށް ދެމިގެންދާނެ ކަމަށް ލަފާކުރެވެއެވެ. ސައޫދީގެ ނެޝަނަލް ސެންޓަރ ފޮރ މެޓިއޮރޮލޮޖީން އަންގާރަ ދުވަހު ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މައްކާއާއި މަދީނާގެ އިތުރުން އިރުމަތީ ސަރަޙައްދުގެ ބައެއް ހިސާބުތަކަށް ވަނީ އެންމެ...

ގްރީންލޭންޑް މިނިވަންވެދާނެ، އެމެރިކާގެ ސްޓޭޓަކަށް ނުވާނެ: ޑެންމާކް
International

ގްރީންލޭންޑް މިނިވަންވެދާނެ، އެމެރިކާގެ ސްޓޭޓަކަށް ނުވާނެ: ޑެންމާކް

ގްރީންލޭންޑް މިނިވަންވެދާނެ ކަމަށާ، އެހެންނަމަވެސް އެމެރިކާގެ ސްޓޭޓަކަށް ނުވާނެ ކަމަށް ޑެންމާކުން ބުނެފިއެވެ. އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑް، އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ބާރުގެ ބޭނުން ކުރަންޖެހިދާނެ ކަމުގެ އިންޒާރެއް ދެއްވުމާއި ގުޅިގެން، ޑެންމާކުގެ ފޮރިން މިނިސްޓަރު ވިދާޅުވީ ގްރީންލޭންޑްގެ ރައްޔިތުން ބޭނުންވާނަމަ މިނިވަންވުމުގެ ފުރުސަތު އޮތްކަމަށާއި، ނަމަވެސް އެމެރިކާގެ ސްޓޭޓަކަށް ނުވާނެ ކަމަށެވެ. ޓްރަމްޕްގެ ބަޔާނާ ގުޅިގެން ގްރީންލޭންޑްގެ ބޮޑުވަޒީރު މޫޓް އީ...

މައިކްރޯސޮފްޓުން އިންޑިއާގައި ތިން ބިލިއަން ޑޮލަރުގެ އިންވެސްޓްކުރަނީ
International

މައިކްރޯސޮފްޓުން އިންޑިއާގައި ތިން ބިލިއަން ޑޮލަރުގެ އިންވެސްޓްކުރަނީ

މައިކްރޯސޮފްޓުން އޭއައި ތަރައްޤީ ކުރުމަށް އިންޑިއާގައި 3 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފިއެވެ. މައިކްރޯސޮފްޓްގެ ސީއީއޯ ސަތްޔާ ނަޑެލާ މިއަދު ވިދާޅުވެފައިވަނީ އެ ކުންފުނިން އިންޑިއާގައި އެޒުއަރ ކްލައުޑް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ޤާބިލްކަން އިތުރުކުރުމަށް 3 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށެވެ. މި އިންވެސްޓްމަންޓަކީ މައިކްރޯސޮފްޓުން އިންޑިއާގައި މިހާތަނަށް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މި ފައިސާ ބޭނުންކުރާނީ 2 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ ރައްޔިތުންނަށ...

އެމެރިކާގައި ދޫނި ރޯގާ ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ
International

އެމެރިކާގައި ދޫނި ރޯގާ ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ

އެމެރިކާގެ ލުއިޒިއާނާގައި ދޫނި ރޯގާ (ބާރޑް ފްލޫ) ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ. ލުއިޒިއާނާގެ ޞިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި އެޗް5އެން1 ގެ ނަމުން މަޝްހޫރު ބާރޑް ފްލޫ ޖެހިގެން ފަރުވާ ހޯދަމުން ދިޔަ 65 އަހަރުން މަތީގެ މީހަކު ވަނީ މަރުވެފައެވެ. މި މީހާއަކީ އެހެން ބަލިތަކެއްވެސް ހުރި މީހެކެވެ. އެ ވުޒާރާއިން ބުނި ގޮތުގައި މި މީހާއަށް ބަލި ޖެހުނީ އަމިއްލައަށް ގެންގުޅޭ ދޫނި ސޫފާސޫފި އަދި އާންމު ތަންތަނުގައި އުޅޭ ދޫނިތަކާ […]

ސީރިއާގެ އައު ސަރުކާރުގެ މުސާރަތައް ބޮޑުކުރުމަށް ގަތަރުން އެހީވަނީ
International

ސީރިއާގެ އައު ސަރުކާރުގެ މުސާރަތައް ބޮޑުކުރުމަށް ގަތަރުން އެހީވަނީ

ސީރިއާގެ އައު ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށް ޤަތަރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ. ޤަތަރުގެ އެހީތެރިކަމާއެކު މުވައްޒަފުންގެ މުސާރަ 400 އިންސައްތަ އިތުރުކުރުމަށް ވަނީ ނިންމާފައެވެ. ބަޝާރު އަލް އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު ޑިސެމްބަރު 8 ގައި ވެރިކަމާ ހަވާލުވި ހަޔަތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) އިން މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ ވައުދު ވަނީ ކޮށްފައެވެ. މުސާރަ ބޮޑުކުރުމަށް މަހަކު 120 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ސީރިއާގެ އައު މާލީ ވަޒީރު ވަނީ...

ޗައިނާގެ ޓްރިނާ ސޯލާ އިން އައު ރެކޯޑެއް
International

ޗައިނާގެ ޓްރިނާ ސޯލާ އިން އައު ރެކޯޑެއް

ޗައިނާގެ ބޮޑު ސޯލާ ކުންފުންޏެއްކަމަށްވާ ޓްރިނާ ސޯލާ އިން ވަކި ބާވަތެއްގެ ސޯލާ މޮޑިއުލްއެއްގެ ހަކަތަ ބަދަލުކުރުމުގެ ރޭޓުން ދުނިޔޭގެ އައު ރެކޯޑެއް ހާސިލުކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. ޖަރުމަނުގެ ސޯލާ ދިރާސާކުރާ މަރުކަޒު، ފްރޯންހޯފަރ ކެލްލެބް އިން ސެޓިފައިކޮށްދިން ނަތީޖާތަކުން ދައްކާގޮތުން، ލެބޯޓަރީ ޓެސްޓުތަކުގައި ޓްރިނާގެ އެން-ޓައިޕް ފުލީ ޕާސިވޭޓަޑް ހެޓެރޯޖަންކްޝަން (އެޗްޖޭޓީ) މޮޑިއުލްތަކުގެ ހަކަތަ ބަދަލުކުރުމުގެ ރޭޓު ވަނީ 25.44 އިންސައްތައަށް އަރާފައެވެ. ޕާސިވޭޝަނަކީ ސޯލާ ސެލްގެ...

ނުވަ އަހަރަށްފަހު ޓްރޫޑޯ މަޤާމުން އިސްތިއުފާދެއްވަނީ
International

ނުވަ އަހަރަށްފަހު ޓްރޫޑޯ މަޤާމުން އިސްތިއުފާދެއްވަނީ

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ލިބަރަލް ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތަކާ ހަވާލާދެއްވަމުން، އަންނަ މަސްތަކުގެ ތެރޭގައި މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް މިއަދު އިއުލާން ކުރައްވައިފިއެވެ. 53 އަހަރުގެ އުމުރުފުޅުގައި، 9 އަހަރު ވަންދެން ބޮޑުވަޒީރުކަން ކުރެއްވި ޓްރޫޑޯ ވިދާޅުވީ، ޕާޓީން އައު ލީޑަރެއް އިންތިޚާބު ކުރަންދެން ބޮޑުވަޒީރުކަމުގައި އަދި ޕާޓީގެ ލީޑަރުކަމުގައި ދެމިހުންނަވާނެ ކަމަށެވެ. “އަންނަ އިންތިޚާބުގައި ޤައުމަށް ރަނގަޅު ޗޮއިސްއެއް ދޭން ޖެހޭނެ. އަދ...

އެމެރިކާއިން ސީރިއާ އަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދެނީ
International

އެމެރިކާއިން ސީރިއާ އަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދެނީ

ސީރިއާ އަށް އަމާޒުކޮށްގެން އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ލުއިކުރުމަށް އެމެރިކާ ސަރުކާރުން ހޯމަ ދުވަހު ނިންމައިފިއެވެ. އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓްގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯފެކް) އިން މި ނިންމުން ނިންމާފައިވަނީ 6 މަސް ދުވަހުގެ މުއްދަތަށެވެ. މި ނިންމުމާއެކު އެކި އެހީ ޖަމިއްޔާ ތަކާއި ކުންފުނިތަކަށް ކުރިން ވަކިވަކި މުއާމަލާތްތަކަށް ހުއްދަ ހޯދުމަކާ ނުލައި ސީރިއާއަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި ކަރަންޓާއި، ފެނާއި، ނަރ...

49.1 މިލިއަން ފަސިންޖަރުންނާއެކު، ޖިއްދާ އެއަރޕޯޓުން އައު ރެކޯޑެއް
International

49.1 މިލިއަން ފަސިންޖަރުންނާއެކު، ޖިއްދާ އެއަރޕޯޓުން އައު ރެކޯޑެއް

ސައުދީ އަރަބިއާގެ ޖިއްދާގައި ހުންނަ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއަރޕޯޓް (KAIA) އިން 2024 ވަނަ އަހަރު 49.1 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއެކު އެއަރޕޯޓުގެ ތާރީޚުގައި އައު ރެކޯޑެއް ޤާއިމްކޮށްފިއެވެ. އެއަރޕޯޓުން އާންމުކުރި 2024 ވަނަ އަހަރުގެ އޮޕަރޭޝަނަލް ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެއަރޕޯޓުގެ ޖުމްލަ ފްލައިޓް މޫވްމަންޓްތަކުގެ އަދަދު 278,000 އަށްވުރެ އިތުރުވެފައިވެއެވެ. އަދި 47.1 މިލިއަނަށްވުރެ ގިނަ ދަތުރު ފުރިހަމަކޮށްފައިވެއެވެ. މީގެއިތުރުން، އެއް ދުވަހެއްގެ ތެރޭ...

ރައީސް ހައްޔަރުކުރަން ސެކިއުރިޓީން އެއްބާރުލުން ނުދޭން ނިންމައިފި
International

ރައީސް ހައްޔަރުކުރަން ސެކިއުރިޓީން އެއްބާރުލުން ނުދޭން ނިންމައިފި

ދެކުނު ކޮރެއާގެ ޢަޒުލު ކުރެވުނު ރައީސް ހައްޔަރުކުރުމަށް ފުލުހުންނަށް އެއްބާރުލުން ނުދޭން އޭނާގެ ސެކިއުރިޓީން ވެރިޔާ ނިންމައިފިއެވެ. ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލްގެ ސެކިއުރިޓީގެ އިސްވެރިޔާ ޕާކް ޗޮންގް-ޖުން އާދިއްތަ ދުވަހު ވިދާޅުވެފައިވަނީ ރައީސް ޔޫން ހައްޔަރުކުރުމުގެ މަސައްކަތުގައި އެއްބާރުލުން ނުދެވޭނެ ކަމަށެވެ. މި ބަޔާނާއެކު ސިޔާސީ ހަލަބޮލިކަން އިތުރަށް ގޯސްވެދާނެކަމުގެ ބިރު އުފެދިފައިވެއެވެ. އިންސަރެކްޝަންގެ ދަޢުވާގައި ރައީސް ޔޫންގެ މައްޗަށް ނެރެފައިވާ ހައްޔަރު ކުރުމުގެ އަމުރުގެ މުއްދަ...

ދިމިޝްގު އެއާޕޯޓުން ބައިނަލްއަގުވާމީ ދަތުރުތައް އަލުން ފަށަނީ
International

ދިމިޝްގު އެއާޕޯޓުން ބައިނަލްއަގުވާމީ ދަތުރުތައް އަލުން ފަށަނީ

ސީރިއާގެ ވެރިރަށް ދިމިޝްގުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން އަންނަ އަންގާރަ ދުވަހުން ފެށިގެން ބޭރުގެ ޤައުމުތަކަށް ދަތުރުތައް ފެށުމަށް ހަމަޖައްސައިފި އެވެ. މިކަން އިއުލާނުކޮށްފައިވަނީ ސީރިއާގެ ސިވިލް އޭވިއޭޝަން އެންޑް އެއާ ޓްރާންސްޕޯޓް އޮތޯރިޓީގެ ވެރިޔާ އަޝަދު އަލް-ސުލައިބީއެވެ. ސީރިއާގެ ސަރުކާރުގެ ނޫސް އޭޖެންސީ ސަނާއަށް ދެއްވި ބަޔާނެއްގައި އަލް-ސުލައިބީ ވިދާޅުވީ، ބައިނަލްއަގުވާމީ ބައިވެރިންގެ އެހީތެރިކަމާއެކު ދިމިޝްގު އަދި އަލެޕޯ އެއާޕޯޓުތައް އަލުން ރަނގަޅު ފެންވަރަކަށް ގެނައުމުގެ މަސައްކަތް...

ޔުނައިޓެޑް އެއަރލައިންސްއިން ސްޓާލިންކް ޚިދުމަތް ފަށަނީ
International

ޔުނައިޓެޑް އެއަރލައިންސްއިން ސްޓާލިންކް ޚިދުމަތް ފަށަނީ

ޔުނައިޓެޑް އެއަރލައިންސްއިން އެ ކުންފުނީގެ މަތިންދާބޯޓުތަކުގައި ސްޓާލިންކްގެ އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ. މިގޮތުން މިއަހަރުގެ ފެބްރުއަރީ މަހު އެ ޚިދުމަތް ޓެސްޓްކުރަން ފަށާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ. ޔުނައިޓެޑް އެއަރލައިންސްއިން މި ނިންމުން ނިންމާފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްޕޭސްއެކްސްއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މަޤްޞަދަކީ “މަތިންދާބޯޓުތަކުގައި އިންޓަނެޓް ގުޅުން ފޯރުކޮށްދިނުމުގެ އައު މިންގަނޑެއް” ކަނޑައ...

ގޫގުލްއިން ކެނެޑާގެ މީޑިއާތަކަށް 69 މިލިއަން ޑޮލަރު ދެނީ
International

ގޫގުލްއިން ކެނެޑާގެ މީޑިއާތަކަށް 69 މިލިއަން ޑޮލަރު ދެނީ

ގޫގުލްއިން ކެނެޑާގެ ނޫސްތަކާއި މީޑިއާ ވަސީލަތްތަކުގެ ކޮންޓެންޓް ބޭނުންކުރުމަށް 100 މިލިއަން ކެނޭޑިއަން ޑޮލަރު (69 މިލިއަން އެމެރިކާ ޑޮލަރު) ދޭން އެއްބަސްވެއްޖެއެވެ. މިއީ އިޝްތިހާރުގެ އާމްދަނީ ގެއްލިގެންދާތީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދޭ ފައިސާއެވެ. ކެނެޑާއިން 2023 ގައި “އޮންލައިން ނިއުސް އެކްޓް” ގާނޫނެއް ފާސްކޮށްފައިވެއެވެ. މިއީ އޮސްޓްރޭލިއާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކެކޭ އެއްފަދައިން، ޓެކް ޕްލެޓްފޯމްތަކުން ނޫސްތަކަށް ބަދަލު ދިނުމަށް މަޖުބޫރުކުރާ ސިޔާސަތެކެވެ. ގޫގުލް އާއި މ...

މޮރިޝަސްގެ ކުރީގެ ގަވަރުނަރު ކަފާލާތުގެ ދަށުން ދޫކޮށްލައިފި
International

މޮރިޝަސްގެ ކުރީގެ ގަވަރުނަރު ކަފާލާތުގެ ދަށުން ދޫކޮށްލައިފި

މޮރިޝަސްގެ ސެންޓްރަލް ބޭންކުގެ ކުރީގެ ގަވަރުނަރު ހަރވޭޝް ސީގޮލަމް ޚިޔާނާތުގެ މައްސަލައެއްގައި ހައްޔަރުކުރުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލައިފިކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. ފްރޯޑް ކުށުގެ މައްސަލައެއްގައި ކޮންސްޕިރަސީގެ ދަޢުވާއާއެކު ހައްޔަރުކުރެވުނު ސީގޮލަމް ވަނީ 500,000 މޮރިޝަސް ރުޕީސް (10,522 އެމެރިކާ ޑޮލަރު) ގެ ކޯޓަށް ދެއްކުމުން ދޫކޮށްލާފައެވެ. މިއީ މޮރިޝަސްގެ އައު ބޮޑުވަޒީރު ނަވިން ރަމްގޫލަމްގެ ސަރުކާރުން އެޅި މިފަދަ ފުރަތަމަ ފިޔަވަޅެވެ. ކުރީގެ ސަރުކާރުން ގައުމުގެ ޖީޑީޕީ...

އެމެރިކާއިން އިސްރާއީލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
International

އެމެރިކާއިން އިސްރާއީލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

އެމެރިކާގެ ރައީސް ބައިޑެން، އިސްރާއީލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ޕެކޭޖެއް ވިއްކަން ފާސްކޮށްފިއެވެ. އިސްރާއީލްގެ ނޫސް “ވަލާ” އިން ރިޕޯޓުކުރި ގޮތުގައި، މި ޕެކޭޖުގައި ހިމެނެނީ ހަނގުރާމަވެރި ޖެޓު މަތިންދާބޯޓުތަކަށް ބޭނުންވާ ވަޒަނާއި، އާޓިލަރީ ޝެލްތަކާއި، އަދި ހަމަލާދޭ ހެލިކޮޕްޓަރުތަކަށް ބޭނުންވާ މިސައިލްތަކެވެ. ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލާދީ އެނޫހުން ބުނާ ގޮތުގައި، މި ހަތިޔާރު ވިއްކުމުގެ މައުލޫމާތު ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ކޮންގްރެސްއަށް ރަސްމީ ނޫން ގޮތެއްގައި އަންގާފައެވެ. މިއީ...