Skip to main content

އަޙްމަދު ދާއޫދު

Viewer
🇲🇻 ތިލަދުން Desk
1,134 Stories
32 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ދާއޫދު

މޫސުން ތަންނުދޭތީ ޓްރަމްޕްގެ ހުވާގެ ރަސްމިއްޔާތު އެތެރެއަށް
International

މޫސުން ތަންނުދޭތީ ޓްރަމްޕްގެ ހުވާގެ ރަސްމިއްޔާތު އެތެރެއަށް

ފިނިގަދަވެ ސްނޯގެ އުނދަގުލާހެދި މޫސުން ތަންނުދޭތީ އެމެރިކާގެ ވޮޝިންގްޓަން ޑީ.ސީގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުވައިކުރުމުގެ ރަސްމިއްޔާތު ކެޕިޓަލް ރޮޓަންޑާގެ އެތެރެއަށް ބަދަލުކޮށްފައި ވާކަމަށް އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ޓްރުތް ސޯޝަލް އެކައުންޓުގައި ވިދާޅުވެފައިވާ ގޮތުގައި، ހުވައިގެ ރަސްމިއްޔާތުގައި ބައިވެރިވާ އެންމެހާ ޢިއްޒަތްތެރިންނާއި މެހުމާނުން ކެޕިޓަލް ބިލްޑިންގ އަށް ވައްދަވާނެކަމަށާއި، ޓީވީން ބަލާ ފަރާތްތަކަށް މިއީ ވަރަށް ރީތި ތަޖުރިބާއަކަށް ވާނެކަމ...

ރަޝިޔާ އާއި އީރާން ގުޅުން ބަދަހިކުރަނީ
International

ރަޝިޔާ އާއި އީރާން ގުޅުން ބަދަހިކުރަނީ

ރަޝިޔާ އާއި އީރާނުން އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރަން ނިންމައިފިއެވެ. ރަޝިޔާ އާއި އީރާނުން އެދެގައުމުގެ ސިފައިންގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެއްބަސްވެފައިވާއިރު، މިއެއްބަސްވުމަކީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން މޮސްކޯއަށް ކުރެއްވި ދަތުރުފުޅެއްގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ. މި 20 އަހަރުގެ “ސްޓްރެޓެޖިކް ޕާޓްނަރޝިޕް” މުއާހަދާގައި ހިމެނެނީ ދިފާއީ، ޓެކްނޮލޮޖީ، ހަކަތަ އަދި ވިޔަފާރީގެ ދާއިރާތަކެވެ. އީރާނުން މިހާރުވެސް ދަނީ ރަޝިޔާއަށް ޑްރޯން ފޯރުކޮށްދެމުންނެވެ. އަދި ހުޅަނގުގެ އިނ...

އެޕަލް އިން ޗައިނާގެ ސްމާޓްފޯން މާކެޓްގެ އެއްވަނަ ގެއްލުވާލައިފި
Raajje

އެޕަލް އިން ޗައިނާގެ ސްމާޓްފޯން މާކެޓްގެ އެއްވަނަ ގެއްލުވާލައިފި

ޗައިނާގެ ސްމާޓްފޯން މާކެޓްގައި އެޕަލްގެ އައިފޯން ވިއްކުން 2024 ވަނަ އަހަރު 17 އިންސައްތަ ދަށަށް ގޮސް، މާކެޓް ލީޑަރގެ މަޤާމު ގެއްލުވާލައިފިއެވެ. ކެނަލިސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ޗައިނާގެ ވިވޯ އަދި ވާވެއި ކުންފުނިތަކުން އެޕަލް އަށްވުރެ މަތީ މަޤާމުތަކެއް ހޯދާފައިވެއެވެ. 2024 ވަނަ އަހަރު އެންމެ މަތީ މާކެޓް ޝެއަރ ހޯދީ ވިވޯ އިން 17 އިންސައްތައާއެކުއެވެ. ދެވަނައަށް ވާވެއި 16 އިންސައްތައާއެކު އަދި ތިންވަނައަށް އެޕަލް 15 އިންސައްތައާއެކު ހިމެނުނެވެ. ޚާއްޞަކޮށް 2024 ގެ […]

އަމިއްލަ ދަރިފުޅަށް ވިހަ ދިން މަޔަކު ހައްޔަރުކޮށްފި
International

އަމިއްލަ ދަރިފުޅަށް ވިހަ ދިން މަޔަކު ހައްޔަރުކޮށްފި

އޮސްޓްރޭލިއާގެ ސޯޝަލް މީޑިއާ އިންފްލުއެންސަރަކު އޭނާގެ އަމިއްލަ ދަރިފުޅަށް ގަސްތުގައި ވިހަ ދިނުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފިއެވެ. ބްރިސްބޭންގެ ދެކުނުގައި ދިރިއުޅޭ 34 އަހަރުގެ އެ އަންހެންމީހާ އޭނާގެ އަހަރު ނުފުރޭ ކުޑަ ދަރިފުޅަށް ހުއްދަނެތް ބޭސް ތަކެއްް ވެސްދީ ދަރިފުޅު ބަލިކޮށްލާ، އެކަމުގެ ވީޑިއޯ އާއި ފޮޓޯ ސޯޝަލް މީޑިއާގައި ފެތުރުމުގެ ތުހުމަތު ވެސް ވަނީ ކޮށްފައެވެ. ކުއީންސްލޭންޑް ފުލުހުން ބުނާ ގޮތުގައި މި އަންހެން މީހާ ވަނީ ފައިސާގެ އެހީ ހޯދުމުގެ ގޮތުން ގޯފަންޑްމީ […]

އިނގިރޭސިވިލާތުން ޔޫކްރެއިނާއެކު 100 އަހަރުގެ އެއްބަސްވުމެއް
International

އިނގިރޭސިވިލާތުން ޔޫކްރެއިނާއެކު 100 އަހަރުގެ އެއްބަސްވުމެއް

އިނގިރޭސިވިލާތުން ޔޫކްރެއިނާއާއެކު 100 އަހަރުގެ ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފިއެވެ. އިނގިރޭސި ބޮޑުވަޒީރު ކީރ ސްޓާމަރ ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ޒިޔާރަތްކުރައްވައި، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީއާ ބައްދަލުކުރައްވަން ވަނީނިންމަވައިފައެވެ. މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ސަލާމަތީ އަދި އަސްކަރީ ގުޅުން ވަރުގަދަކުރެވޭނެއެވެ. އަދި ބޯލްޓިކް ކަނޑާއި، ކަޅު ކަނޑާއި، އަޒޯވް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވޭނެއެވެ. މީގެ...

ޗައިނާގެ ފައިޓާޖެޓް އެމެރިކާއަށްވުރެ 12 ގުނަ އިތުރުވަނީ
International

ޗައިނާގެ ފައިޓާޖެޓް އެމެރިކާއަށްވުރެ 12 ގުނަ އިތުރުވަނީ

ޗައިނާގެ ހަނގުރާމަތީ މަތިންދާބޯޓު (ފައިޓަރޖެޓް) ތަކުގެ އަދަދު 2027 ވަނަ އަހަރާ ހަމައަށް އެމެރިކާއަށްވުރެ 12 ގުނަ އިތުރުވާނެކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ބުނެފިއެވެ. އެޑްވަރޑްސް އެއަރ ފޯސް ބޭސްގެ 412 ޓެސްޓް ވިންގުގެ ކޮމާންޑަރު، ބްރިގޭޑިއަރ ޖެނެރަލް ޑަގް ވިކަރޓް މި މައުލޫމާތު ހާމަކުރެއްވީ ޖެނުއަރީ 6 ވަނަ ދުވަހު ބޭއްވުނު “ބެކް-އިން-ދަ-ސެޑްލް” ހަފްލާގައެވެ. ޗައިނާއިން އަސްކަރީ ބާރު ވަރުގަދަކުރަމުންދާ ބާރުމިނަކީ “މިހާތަނަށް ދުނިޔެ ދެކެފައިނުވާ” ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި އެމެ...

ކެންސަރަށް މަގުފަހިވާތީ ރެޑް ނަންބަރު 3 ކާކުލަ އެފްޑީއޭއިން މަނާކޮށްފި
International

ކެންސަރަށް މަގުފަހިވާތީ ރެޑް ނަންބަރު 3 ކާކުލަ އެފްޑީއޭއިން މަނާކޮށްފި

ކެންޑީއާއި ބުއިންތަކުގައި ދުނިޔޭގެ އެކިހިސާބުތަކުގައި ބޭނުންކުރާ ރެޑް ނަންބަރު 3 ކާކުލަ އެފްޑީއޭ އިން މަނާކޮށްފިއެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުދަ ދުވަހު ވަނީ ކެންޑީއާއި، ބުއިންތަކާއި އަދި އެހެނިހެން ކާނާގައި ބޭނުންކުރާ “ރެޑް ނަންބަރު 3” ކިޔާ ސިންތެޓިކް ކުލަ ބޭނުންކުރުން މަނާކޮށްފައެވެ. މި ކުލައަކީ ކާނާގައި ބޭނުންކުރުމަށް 1907 ވަނަ އަހަރު ހުއްދަ ދީފައިވާ ކުލައެކެވެ. އެފްޑީއޭގެ ހިއުމަން ފުޑްސްގެ ޑެޕިއުޓީ ޑިރެކްޓަރު ޖިމް ޖޯންސް ވިދާޅުވި ގޮތުގައި […]

ޗަޕޯ މޮޒަމްބިކްގެ ރައީސްކަމުގެ ހުވާކުރައްވައިފި
News

ޗަޕޯ މޮޒަމްބިކްގެ ރައީސްކަމުގެ ހުވާކުރައްވައިފި

މޮޒަމްބިކްގެ ވާދަވެރި ރިޔާސީ އިންތިޚާބަށްފަހު، އިދިކޮޅު ފަރާތްތަކުގެ ދެކޮޅުހެދުމާއެކުވެސް ޗަޕޯ މޮޒަމްބިކްގެ ރައީސްކަމުގެ ހުވާކުރައްވައިފިއެވެ. ގާތްގަނޑަކަށް 1،500 ބައިވެރިންގެ ކުރިމަތީގައި ހުވާކުރެއްވި ޗަޕޯ، ވަނީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ވައުދުވެލައްވާފައެވެ. އެހެންނަމަވެސް، އިންތިޚާބުގައި ވޯޓު އޮޅުވާލުން އޮތްކަމަށް ބުނެ ކުރެވުނު މުޒާހަރާތަކުގައި 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެން.ޖީ.އޯ އަކުން ވަނީ ލަފާކޮށްފައެވެ. އިންތިޚާބުގެ ކުރިން މާބޮޑަށް މަޝްހޫރުނ...

ހަނގުރާމަ ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލުން އެއްބަސްވެއްޖެ
International

ހަނގުރާމަ ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލުން އެއްބަސްވެއްޖެ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަމާސް އަދި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަކާ ކައިރިވެފައިވާކަމަށް މަސްދަރުތަކުން ބުނެފިއެވެ. އެމެރިކާގެ، އަރަބި އަދި އިސްރާއީލުގެ އިސް ވެރިންނާ ހަވާލާދީ ސީބީއެސް ނިއުސްއިން ބުނެފައިވަނީ މި އެއްބަސްވުމުގެ ފަހު ތަފްސީލުތައް މި ހަފްތާގެ ތެރޭގައި ނިންމައި، އިސްރާއީލުގެ ސަރުކާރުން މިއަށް ވޯޓުދީފިނަމަ، މި އެއްބަސްވުން ތަންފީޒުކުރަން ފެށިދާނެކަމަށް އެމެރިކާ އަދި...

ޓިކްޓޮކް ބަންދުކުރާތީ އެމެރިކާގެ 700،000 ޔޫޒަރުން އެހެން އެޕަކަށް
International

ޓިކްޓޮކް ބަންދުކުރާތީ އެމެރިކާގެ 700،000 ޔޫޒަރުން އެހެން އެޕަކަށް

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރަން ނިންމުމާ ގުޅިގެން ގިނަ އަދަދެއްގެ އެމެރިކާ ޔޫޒަރުން ޗައިނާގެ ސޯޝަލް މީޑިއާ އެހެން އެޕެއް ކަމަށްވާ “ރެޑްނޯޓު” އަށް ބަދަލުވަމުން އެބަދެއެވެ. އެގޮތުން ވޭތުވެދިޔަ 2 ދުވަހުގެ ތެރޭގައި 700،000 އަށްވުރެ ގިނަ އައު ޔޫޒަރުން ރެޑްނޯޓުގައި އެކައުންޓް ހަދާފައިވެއެވެ. ޓިކްޓޮކާ ގުޅޭގޮތުން އެމެރިކާ ސަރުކާރުގެ ކަންބޮޑުވުންތަކާ ހެދި ޓިކްޓޮކް ވިއްކާލުމަށް ނުވަތަ ބަންދުކުރުމަށް ދީފައިވާ ސުންގަޑިއަކީ މި މަހުގެ 19 އެވެ. މިހާރު 170 މިލިއަން އެމެރިކާ ރައްޔިތުން ޓިކްޓޮކް […]

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 41 އިންސައްތަ އިތުރުވެދާނެ: ރިޕޯޓް
International

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 41 އިންސައްތަ އިތުރުވެދާނެ: ރިޕޯޓް

އިޒްރޭލުގެ ނިރުބަވެރި ސިފައިން ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމުގައި ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް ރިޕޯޓުކުރެވިފައިވާ އަދަދަށްވުރެ 41 އިންސައްތަ އިތުރުވެދާނެކަމަށް ލޭންސެޓް މަޖައްލާގައި ޝާއިޢުކޮށްފައިވާ އައު ދިރާސާއަކުން ދައްކައިފިއެވެ. މި ބޮޑު ތަފާތު ފާހަގަކުރެވުނީ “ޕެލެސްޓައިން ދިސް ވީކް” ޕްރޮގްރާމުގައި މި ދިރާސާގެ ނަތީޖާތައް ދިރާސާކުރަމުންދަނިކޮށެވެ. މި ޕްރޮގްރާމުގައި ބަހުސްކުރެވުނު އެހެން މުހިންމު މައުޟޫތަކުގެ ތެރޭގައި އިޒްރޭލުން ޣައްޒާގެ ތަޢުލީމީ ނިޒާމު ފުނޑުފުނޑުކޮށްލުމާ ގުޅޭގޮތުން...

އެލްއޭގެ އަލިފާނުގެ ހާދިސާ: 250 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުން
International

އެލްއޭގެ އަލިފާނުގެ ހާދިސާ: 250 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުން

ކެލިފޯނިއާގެ ދެކުނު ސަރަޙައްދުގައި މިހާރު ރޯވެފައިވާ އަލިފާނުގެ ސަބަބުން 250 ބިލިއަން ޑޮލަރާއި 275 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ގެއްލުން ވެއްޖެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. މިއީ ފާއިތުވި އަހަރު އައި ހަރިކޭން ހެލީންއާއި 2023 ވަނަ އަހަރު މައުއީގައި ހިނގި އަލިފާނުގެ ހާދިސާއަށްވުރެ ބޮޑު ގެއްލުމެކެވެ. އެކްޔުވެދަރގެ ޗީފް މީޓިއޮރޮލޮޖިސްޓް ޖޮނަތަން ޕޯޓަރ ވިދާޅުވީ މިއީ ކެލިފޯނިއާގެ ތާރީޚުގައި އެންމެ ގެއްލުންބޮޑު އަލިފާނުގެ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާ ކަމަށެވެ. އިތުރު އިމާރާތްތަކަށް ގެއް...

ޖިންސީ ގޯނާގެ ތުހުމަތުގައި އިނގިރޭސި ކުރީގެ އެމްޕީއެއް ހައްޔަރުކޮށްފި
International

ޖިންސީ ގޯނާގެ ތުހުމަތުގައި އިނގިރޭސި ކުރީގެ އެމްޕީއެއް ހައްޔަރުކޮށްފި

ކުޑަކުދިންނާއެކު ޖިންސީ މުޢާމަލާތް ކުރާކަމުގެ ތުހުމަތުގައި، އިޒްރޭލަށް ތާއީދުކުރާ ލޮބީ ގްރޫޕެއްގެ ލީޑަރެއް ކަމަށްވާ އިނގިރޭސި ވިލާތުގެ ކުރީގެ އެމްޕީއެއް ހައްޔަރުކޮށްފިއެވެ. މިދިޔަ ހަފްތާގެ ފަހުކޮޅު އިންޓަނެޓުގައި ދައުރުވަމުންދިޔަ ވީޑިއޯއެއްގައި ވަނީ ޓްރެންޗް ކޯޓަކާއި ރަތް ކެޕެއް އަޅައިގެން ހުރި މީހަކު ބްރިޓިޝް ފުލުހުން ހިފައި ހައްޔަރުކުރާ މަންޒަރު ދައްކާފައެވެ. މިއީ “ޕީޑޯފައިލް ހަންޓަރުން” ކަމަށް ބުނާ ބަޔަކު އޭނާއާ ކުރިމަތިލުމަށްފަހު ކުރި ކަމެކެވެ. އެމީހުން ބުނި ގޮތުގައި އެމީހާ ވަނީ އިންޓަނެޓް މ...

އެލްއޭ އަލިފާނުގެ ހާދިސާ: 100،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް
International

އެލްއޭ އަލިފާނުގެ ހާދިސާ: 100،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް

އެމެރިކާގެ ލޮސް އެންޖަލަސްގައި މިހާރު ރޯވެފައިވާ ބިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން 100،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ އަމުރު ނެރެފައިވާ ކަމަށް ރަސްމީ ފަރާތްތަކުން މަޢުލޫމާތު ދީފިއެވެ. މި ހާދިސާގައި މިހާތަނަށް 24 މީހުން މަރުވެފައިވާއިރު، މި އަދަދު އިތުރުވާނެ ކަމަށް ކެލިފޯނިއާގެ ގަވަރނަރު ގެވިން ނިއުސަމް ވިދާޅުވެފައިވެއެވެ. އީޓަން، ހަރސްޓް އަދި ޕެލިސޭޑްސް ފަޔަރގެ ނަމުން މަޝްހޫރުވެފައިވާ މި ތިން އަލިފާނުގެ ހާދިސާ ވަނީ މިހާރު 38،000 އޭކަރއަށްވުރެ ބޮޑު […]

ރައީސް ޔޫން އަޒުލުކުރި މައްސަލައިގެ އަޑުއެހުމަށް ހާޒިރުނުވާނެ: ވަކީލު
International

ރައީސް ޔޫން އަޒުލުކުރި މައްސަލައިގެ އަޑުއެހުމަށް ހާޒިރުނުވާނެ: ވަކީލު

ދެކުނު ކޮރެއާގެ ސަސްޕެންޑް ކުރެވިފައިވާ ރައީސް ޔޫން ސުކް ޔެލްގެ ޢަޒުލުކުރި މައްސަލައިގެ ފުރަތަމަ އަޑުއެހުން މި ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސަލާމަތީ ކަންބޮޑުވުންތަކާ ހުރެ އަޑުއެހުމަށް ހާޒިރުނުވާނެ ކަމަށް އޭނާގެ ވަކީލު ބުނެފިއެވެ. ކޮންސްޓިޓިއުޝަނަލް ކޯޓުގައި އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އަޑުއެހުމާ ބެހޭ ގޮތުން ރައީސްގެ ވަކީލު ޔުން ގަޕް-ގޫން ވަނީ އެކަން ހާމަކޮށްފައެވެ. މާޝަލް ލޯ (އަސްކަރީ ގާނޫނު) އިއުލާން ކުރުމާ ގުޅިގެން އުފެދިފައިވާ މައްސަލައެއްގައި ރައީސް ހައްޔަރުކުރު...