Skip to main content

އަޙްމަދު ދާއޫދު

Viewer
🇲🇻 ތިލަދުން Desk
1,134 Stories
32 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ދާއޫދު

އޭއައި މެދުވެރިކޮށް ދޭ ސައިބަރ ހަމަލާތައް އިތުރުވެއްޖެ: އެފްބީއައި
International

އޭއައި މެދުވެރިކޮށް ދޭ ސައިބަރ ހަމަލާތައް އިތުރުވެއްޖެ: އެފްބީއައި

އޭއައި ބޭނުންކޮށްގެން ދެވޭ ސައިބަރ ހަމަލާތައް އިތުރުވަމުންދާ ކަމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން އިންޒާރު ދީފިއެވެ. އެފްބީއައި އިން ބުނާ ގޮތުގައި މިހާރު އެންމެ ބޮޑަށް އަމާޒުވަމުންދަނީ “ފޭންޓަމް ހެކަރ” ހަމަލާތަކަށެވެ. މި ހަމަލާތަކުގައި، ބޭންކުގެ ނަމުގައި ގުޅާ މީހަކު، ކަސްޓަމަރުގެ ފައިސާ ވަގަށް ނަގަން އުޅޭ ކަމަށް ބުނެ، އެ ފައިސާ ރައްކާކުރުމަށް ޓަކައި އެހެން އެކައުންޓަކަށް ޓްރާންސްފަރ ކުރުމަށް އެދެއެވެ. މިގޮތަށް ގުޅާއިރު، ބޭންކުގެ ނަންބަރު ދައްކާ ގޮތަށް […]

ޓްރަމްޕްގެ އާ ޓެރިފްތަކަށް އުތުރު އެމެރިކާއިން ތައްޔާރުވެއްޖެ
International

ޓްރަމްޕްގެ އާ ޓެރިފްތަކަށް އުތުރު އެމެރިކާއިން ތައްޔާރުވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކެނެޑާ އަދި މެކްސިކޯއިން އެތެރެކުރާ މުދަލަށް 25 އިންސައްތައިގެ ޓެރިފް ތަޢާރަފުކުރުމަށް ނިންމާފައިވާތީ، އުތުރު އެމެރިކާގެ ކުންފުނިތަކާއި، ވިޔަފާރިވެރިންނާއި ދަނޑުވެރިން އެކަމަށް ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. މި ޓެރިފްތަކުގެ ސަބަބުން އަހަރަކު 1.6 ޓްރިލިއަން ޑޮލަރުގެ ވިޔަފާރިއަށް އަސަރުކުރާނެ ކަމަށް މާހިރުން ލަފާކުރައްވައެވެ. ޓްރަމްޕް މި ޓެރިފްތައް ތަޢާރަފުކުރަން ނިންމާފައިވަނީ ކެނެޑާ އަދި މެކްސިކޯއިން އެމެރިކާއަށް ޤާނޫނާ ޚިލާފަށް މީހުން...

އެމެރިކާގެ ކޮންގްރެސްގެ މުވައްޒަފުން ޑީޕްސީކް ބޭނުންކުރުން މަނާކޮށްފި
International

އެމެރިކާގެ ކޮންގްރެސްގެ މުވައްޒަފުން ޑީޕްސީކް ބޭނުންކުރުން މަނާކޮށްފި

އެމެރިކާގެ ކޮންގްރެސްއިން މުވައްޒަފުންގެ ފޯނުތަކާއި ކޮމްޕިއުޓަރުތަކުގައި ޑީޕްސީކް އިންސްޓޯލްކުރުން މަނާކޮށްފިއެވެ. ޗައިނާގެ އޭއައި ޗެޓްބޮޓެއް ކަމަށްވާ ޑީޕްސީކް އެމެރިކާގެ ކޮންގްރެސްގެ އޮފީސްތަކުގައި ބޭނުން ކުރުން މަނާކޮށްފައިވާއިރު، އޭއައި ޓެކްނޮލޮޖީގެ ހަލުވި ކުރިއެރުމާއެކު ކޮންގްރެސްއަށް ސަލާމަތީ އަދި އިދާރީ ގޮތުން ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައިވާތީ، ހައުސްގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު ވަނީ މިކަމާ ގުޅޭގޮތުން އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. އެމެރިކާގެ ނޫސް އެޖެންސީ އެކްސިއޯސްއިން ހޯދ...

ޓެސްލާއިން ރޮބޯޓެކްސީ ޚިދުމަތް މިއަހަރު ފަށަނީ
International

ޓެސްލާއިން ރޮބޯޓެކްސީ ޚިދުމަތް މިއަހަރު ފަށަނީ

މަހުޖަނު އީލޮން މަސްކްގެ ޓެސްލާއިން ރޮބޯޓެކްސީ ޚިދުމަތް މިއަހަރު ފަށާނެ ކަން ހާމަކޮށްފިއެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އީލޯން މަސްކް ވަނީ ޓެސްލާއިން މިއަހަރުގެ ތެރޭގައި އެމެރިކާގެ ކެލިފޯނިއާ އަދި އެހެނިހެން ސަރަޙައްދުތަކުގައި ރޮބޯޓެކްސީ ޚިދުމަތް ތަޢާރަފުކުރާނެ ކަމަށް އިޢުލާނުކޮށްފައެވެ. ފޯޗޫން މަޖައްލާއިން ރިޕޯޓުކުރި ގޮތުގައި، މި ޚިދުމަތުގައި ބޭނުންކުރާނީ “އަމިއްލައަށް ދުއްވޭ” ކާރުތަކެވެ. އަދި ޖޫން މަހުގެ ތެރޭގައި ޓެކްސާސްގެ އޯސްޓިން ސިޓީގައި މި ޚިދުމަތް ފީއަކާ އެކު ލިބެ...

މެލޭޝިއާގެ ބޮނީއޯގައި ފެންބޮޑުވެ ފަސް މީހުން މަރުވެއްޖެ
International

މެލޭޝިއާގެ ބޮނީއޯގައި ފެންބޮޑުވެ ފަސް މީހުން މަރުވެއްޖެ

މެލޭޝިއާގެ ބޮނީއޯގައި ގިނަ ދުވަސްތަކެއް ވަންދެން ވެހެމުންދާ ބޯ ވާރޭގެ ސަބަބުން ފެންބޮޑުވެ މަދުވެގެން 5 މީހުން މަރުވެ، އެތައް ހާސް މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެއްޖެއެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސަބާ އަދި ސަރަވަކް ސްޓޭޓްތަކަށް 700 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހިފައިވާއިރު، މެލޭޝިއާގެ މޫސުމާބެހޭ އިދާރާއިން ވަނީ ޖެނުއަރީ 31 އާ ހަމައަށް ވާރޭވެހޭނެކަމަށް އިންޒާރު ދީފައެވެ. ޕެޓްރޯނާސްގެ 9 ޓްރެއިން އެލް.އެން.ޖީ ކޮމްޕްލެކްސް ހުރި ބިންޓުލޫ ސަރަހައްދަކީ އެންމެ ބޮޑަށް […]

އެމެރިކަން އެއަރލައިންސްގެ މަތިންދާބޯޓަކާއި ހެލިކޮޕްޓަރެއް ޖެހި 67 މީހުން މަރުވެއްޖެ
International

އެމެރިކަން އެއަރލައިންސްގެ މަތިންދާބޯޓަކާއި ހެލިކޮޕްޓަރެއް ޖެހި 67 މީހުން މަރުވެއްޖެ

އެމެރިކަން އެއަރލައިންސްގެ މަތިންދާބޯޓަކާއި ހެލިކޮޕްޓަރެއް ވައިގެ ތެރޭގައި ޖެހި ހިނގި ހާދިސާގައި 67 މީހުން މަރުވެއްޖެއެވެ. އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހިނގި މި ހާދިސާގައި ވައިގެތެރޭގައި އެކްސިޑެނޓް ވެފައިވަނީ އެމެރިކަން އެއަރލައިންސްގެ މަތިންދާބޯޓަކާއި އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ކަމާބެހޭ ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ. މި ނުރައްކާތެރި ހާދިސާ ހިނގީ ރީގަން އިންޓަނޭޝަނަލް އެއަރޕޯޓަށް އެ ބޯޓް ޖަންސަން ދަނިކޮށް ކަމަށްވާއިރު، މަތިންދާބޯޓު ވެއްޓިފައިވަނީ އެއަރޕޯޓް ކައިރީގައިވާ ޕޮޓޯމެކް ކޯ...

އިންޑިއާގައި އޮތް ހިންދޫންގެ ހިނގާލުމެއްގައި ފިތިގެން 30 މަރު
International

އިންޑިއާގައި އޮތް ހިންދޫންގެ ހިނގާލުމެއްގައި ފިތިގެން 30 މަރު

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ޕްރަޔާގްރާޖްގައި އޮތް ހިންދޫންގެ ދީނީ ހިނގާލުމެއްގައި ފިތިގެން 30 މީހުން މަރުވެ 60 މީހުން ޒަޚަމްވެއްޖެއެވެ. ރޭ ފަތިހު ހިނގި މި ހާދިސާއާ ގުޅިގެން ފުލުސް އޮފިސަރު ވައިބަވް ކްރިޝްނާ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރެއިން 25 މީހުންގެ ހަށިގަނޑު ދެނެގަނެވިފައިވާ އިރު، 60 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ގިނަ އަދަދެއްގެ މީހުންނަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އުއްތަރު ޕްރަދޭޝްގެ ވެރިކަން ހިންގާ ޔޯގީ އަދިތްޔަނާތު ވަނީ މި […]

ޑީޕްސީކްއާ ވާދަކުރެވޭވަރުގެ އޭއައި މޮޑެލެއް އަލީބާބާއިން ތަޢާރަފުކޮށްފި
International

ޑީޕްސީކްއާ ވާދަކުރެވޭވަރުގެ އޭއައި މޮޑެލެއް އަލީބާބާއިން ތަޢާރަފުކޮށްފި

ޗައިނާގެ އިންޓަނެޓް ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އަލިބާބާއިން އެކުންފުނީގެ އައު އޭ.އައި މޮޑެލް، ކިއުވެން 2.5 މެކްސް ތަޢާރަފުކޮށްފިއެވެ. މިއީ ޑީޕްސީކްގެ އޭއައި މޮޑެލްއަށްވުރެ ރަނގަޅު މޮޑެލްއެއްކަމަށް އަލިބާބާއިން ދަޢުވާކުރެއެވެ. އަދި މިއީ އޯޕެންއޭއައިގެ ޖީޕީޓީ-4އޯ އަދި މެޓާގެ ލަމާ-3.1-405ބީ އަށްވުރެވެސް ރަނގަޅު މޮޑެލްއެއްކަމަށްވެސް ބުނެފައިވެއެވެ. އަލިބާބާއިން މިކަން އިޢުލާނު ކޮށްފައިމިވަނީ ޑީޕްސީކްގެ އޭއައި މޮޑެލްތަކުން ދުނިޔޭގެ އޭއައި ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެ...

ޗައިނާގެ ޑީޕްސީކްގެ ދަޢުވާތަކާމެދު ސުވާލު އުފެދިއްޖެ
International

ޗައިނާގެ ޑީޕްސީކްގެ ދަޢުވާތަކާމެދު ސުވާލު އުފެދިއްޖެ

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑީޕްސީކްއިން ތަރައްޤީކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްއާ ގުޅޭގޮތުން ކޮށްފައިވާ ދަޢުވާތަކާމެދު ސުވާލު އުފެދިއްޖެއެވެ. ގޫގުލް އަދި އޯޕަން އޭއައި ފަދަ ބޮޑެތި ކުންފުނިތަކުގެ އޭއައި މޮޑެލްތަކާ އެއްފެންވަރުގެ މޮޑެލެއް ވަރަށް ކުޑަ ޚަރަދެއްގައި ތަރައްޤީކުރެވުނު ކަމަށް ޑީޕްސީކްއިން ބުނެފައިވާ ބުނުމާމެދު ޓެކްނޮލޮޖީ ދާއިރާގެ އިސް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. މީގެ ތެރޭގައި އެލަން މަސްކް އާއި ޕާމާ ލަކީ ހިމެނެއެވެ. ޗައިނާގެ ޖެޖިއާންގ ޕްރޮވިންސްގެ ވެރިރަށް ހ...

އުސްބިންތަކުން އިސްރާއީލު ފައިބައިފިނަމަ އދ. އަށް އެއްބާރުލުން ދޭނަން: ސީރިއާ
International

އުސްބިންތަކުން އިސްރާއީލު ފައިބައިފިނަމަ އދ. އަށް އެއްބާރުލުން ދޭނަން: ސީރިއާ

ގޮލާން އުސްބިންތަކުން އިސްރާއީލުގެ އަސްކަރިއްޔާ އަނބުރާ ގެންގޮސްފިނަމަ، އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އާއެކު ފުރިހަމައަށް އެއްބާރުލުން ދިނުމަށް ސީރިއާގެ އައު ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ބުދަ ދުވަހު ބުނެފިއެވެ. ސީރިއާގެ ޚާރިޖީ ވަޒީރު އަސަދް އަލް-ޝައިބާނީ އަދި ދިފާއީ ވަޒީރު މުރްހަފް އަބޫ ޤަސްރާ، އދ. ގެ އިސް ވަފުދަކާއެކު ދިމިޝްޤުގައި ބޭއްވި ބައްދަލުވުމެއްގައި ވަނީ މިކަމާ ބެހޭ ގޮތުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި އދ. ގެ ފަރާތުން ބައިވެރިވީ އަންޑަރ...

ސިރީގެ ގިނަ އިސްލާހުތަކަކާއެކު އައިއޯއެސްގެ އައު އަޕްޑޭޓް ނެރެނީ
International

ސިރީގެ ގިނަ އިސްލާހުތަކަކާއެކު އައިއޯއެސްގެ އައު އަޕްޑޭޓް ނެރެނީ

ސިރީގެ ގިނަ އިސްލާހުތަކަކާއެކު އައިއޯއެސްގެ އައު އަޕްޑޭޓް 18.4 އަންނަ އެޕްރީލް މަހު ނެރޭނެ ކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ. އެޕަލްއިން iOS 18.3 ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ކުރިއަށް އޮތް iOS 18.4 އަޕްޑޭޓްގެ މައުލޫމާތު މިވަނީ މީޑިއާއަށް ތިލަވެފައެވެ. މި އަޕްޑޭޓްގައި އެޕަލް އިންޓެލިޖެންސްގެ އައު ފީޗަރތަކަކާއި، ގިނަ ދުވަސްވަންދެން އިންތިޒާރުކުރެވުނު ސިރީގެ އަޕްގްރޭޑް ހިމެނޭނެ ކަމަށް ބެލެވެއެވެ. ބްލޫމްބާރގްގެ މާރކް ގަރމަންގެ “ޕަވަރ އޮން” ނިއުސްލެޓަރގައި ހާމަކުރި ގޮތުގައި މި އަޕްޑޭޓް ނެރުމ...

ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިންގެ ހަމަލާތައް ވަރުގަދަކޮށްފި
International

ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިންގެ ހަމަލާތައް ވަރުގަދަކޮށްފި

އިސްރާއީލް ސިފައިން ހުޅަނގު އައްސޭރީގެ އުތުރުގައި ހިންގަމުންދާ ހަނގުރާމަވެރި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، ޖެނިންގެ އިތުރުން ޓުލްކަރަމް ސިޓީއަށް އަމާޒުކޮށް ހަމަލާތައް ފަށައިފިއެވެ. ލިބިފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި އިސްރާއީލް ސިފައިން ވަނީ ހޯމަ ދުވަހުން ފެށިގެން ޓުލްކަރަމް އާއި އެސަރަހައްދުގެ ދެ ރެފިއުޖީ ކޭމްޕް ކަމުގައިވާ ނޫރު ޝަމްސް އަދި ޓުލްކަރަމް ކޭމްޕަށް ހަމަލާދީ، އެސަރަހައްދު އަސްކަރީ ބެރެކްސްތަކަކަށް ބަދަލުކޮށްފައެވެ. އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ އާއިލާތަކެއް ވަނީ އެމީހުންގެ...

މުޒާހަރާތައް ހޫނުވެ ސާބިއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި
International

މުޒާހަރާތައް ހޫނުވެ ސާބިއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ސާބިއާގެ ބޮޑުވަޒީރު މިލޮސް ވުސެވިޗް އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވާފައި މިވަނީ ނޮވެމްބަރު މަހު ހިނގި ނުރައްކާތެރި ހާދިސާއަކާ ގުޅިގެން ފެށުނު މުޒާހަރާތަކުގެ ތެރެއިންނެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ އެއީ އެމަނިކުފާނުގެ އަމިއްލަ ނިންމެވުމެއް ކަމުގައެވެ. ބޮޑުވަޒީރު ވުސެވިޗް އިސްތިއުފާ ދެއްވިއިރު، ދަނޑުވެރިންގެ އެހީތެރިކަމާއެކު މުޒާހަރާކުރި ފަރާތްތަކުން ބެލްގްރޭޑްގެ މައި މަގުތަކުގެ ދަތުރުފަތުރު ވަނީ ހުއްޓުމަކަށް ގެ...

ޗައިނާގެ 'ޑީޕްސީކް' އެޕަލްގެ ޑައުންލޯޑް ރޭންކިންގެ އެއްވަނައަށް
International

ޗައިނާގެ 'ޑީޕްސީކް' އެޕަލްގެ ޑައުންލޯޑް ރޭންކިންގެ އެއްވަނައަށް

ޗައިނާގެ އޭއައި ޕްލެޓްފޯމް ޑީޕްސީކް، އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އަށްވުރެ ކުރިއަރައިގެން ދިޔުމާއެކު އެޕަލްގެ ޑައުންލޯޑް ރޭންކިންގެ އެއްވަނައަށް އަރައިފިއެވެ. ޓެކްކްރަންޗްގެ ރިޕޯޓެއްގައި ވާގޮތުން ޗައިނާގެ އައު އޭއައި ޕްލެޓްފޯމް ޑީޕްސީކް ވަނީ އެޕަލްގެ ޑައުންލޯޑް ރޭންކިންގައި އެމެރިކާގެ މަޝްހޫރު އޭއައި ޕްލެޓްފޯމް ޗެޓްޖީޕީޓީއަށްވުރެ ކުރިއަރައިގެން ގޮސްފައެވެ. މިފާއިތުވި ފަސްދުވަހުގެ ތެރޭރޭގައި ލޯންޗްކުރި ޑީޕްސީކް ވަނީ އެންމެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެންމެ ބޮޑަށް ކުރިއެރި ޕްލެޓްފޯމްގެ މަޤާމުވެސް ހޯ...

ޓްރަމްޕް އިންޑިއާއަށް: އަހަރެމެން އަަތުން ހަތިޔާރު ގަތުން އިތުރުކުރޭ!
International

ޓްރަމްޕް އިންޑިއާއަށް: އަހަރެމެން އަަތުން ހަތިޔާރު ގަތުން އިތުރުކުރޭ!

އެމެރިކާގެ ހަތިޔާރު ގަތުން އިތުރުކުރުމަށް ޓްރަމްޕް އިންޑިއާއަށް ގޮވާލައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ދެމެދު ކުރެވުނު ފޯނު މަޝްވަރާއެއްގައި، ދެ ގައުމުގެ ސިޔާސީ ގުޅުން ކުރިއެރުވުމަށް މަސައްކަތް ކުރަން އެއްބަސްވެވަޑައިގެންނެވިއެވެ. ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެމެރިކާގައި އުފައްދާ ސަލާމަތީ އާލާތްތައް އިންޑިއާއިން ގަތުން އިތުރުކުރުމުގެ މުހިންމުކަމާއި، ދެ ގައުމު ދެމެދު ހަމަހަމަ ވިޔަފާރީގެ ގުޅުމެއް ގާއިމުކުރުމަށ...