އެމެރިކަން އެއަރލައިންސްގެ މަތިންދާބޯޓަކާއި ހެލިކޮޕްޓަރެއް ވައިގެ ތެރޭގައި ޖެހި ހިނގި ހާދިސާގައި 67 މީހުން މަރުވެއްޖެއެވެ.

އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހިނގި މި ހާދިސާގައި ވައިގެތެރޭގައި އެކްސިޑެނޓް ވެފައިވަނީ އެމެރިކަން އެއަރލައިންސްގެ މަތިންދާބޯޓަކާއި އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ކަމާބެހޭ ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.

Ad
rt

މި ނުރައްކާތެރި ހާދިސާ ހިނގީ ރީގަން އިންޓަނޭޝަނަލް އެއަރޕޯޓަށް އެ ބޯޓް ޖަންސަން ދަނިކޮށް ކަމަށްވާއިރު، މަތިންދާބޯޓު ވެއްޓިފައިވަނީ އެއަރޕޯޓް ކައިރީގައިވާ ޕޮޓޯމެކް ކޯރަށެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާގޮތުގައި މިވަގުތު ކޯރުގެ ފިނިހޫނުމިން ހުރީ މައިނަސް 30 ޑިގްރީގައި ކަމަށްވާތީ، އެއީ މީހުން އެރި އުޅުން މަނާކޮށްފައިވާ ސަރަހައްދެކެވެ. ނަމަވެސް ފުރާނަ ހުރި މީހަކު ފެނިދާނެކަމުގެ އުންމީދުގައި ފުލުހުންގެ ޑައިވަރުން ކޯރުގެ ތެރޭގައި ހޯދުމުގެ މަސައްކަތް ކުރަމުންދެއެވެ.

މަތިންދާބޯޓުގައި 60 ފަސިންޖަރުންނާއި ހަތަރު ކްރޫން ތިބިއިރު، ހެލިކޮޕްޓަރުގައި ތިބީ ތިން ސިފައިންނެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވާގޮތުގައި އާންމުކޮށް ވޮޝިންގޓަންގައި އަސްކަރީ ހެލިކޮޕްޓަރުތައް ބޭނުންކުރަނީ ޖެނެރަލުންގެ ދަތުރުތަކަށް ނަމަވެސް، މި ހާދިސާގައި ވެއްޓުނު ހެލިކޮޕްޓަރުގައި އެފަދަ އިސް ވެރިއަކު ނުހިމެނެއެވެ.