އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ޕްރަޔާގްރާޖްގައި އޮތް ހިންދޫންގެ ދީނީ ހިނގާލުމެއްގައި ފިތިގެން 30 މީހުން މަރުވެ 60 މީހުން ޒަޚަމްވެއްޖެއެވެ.
ރޭ ފަތިހު ހިނގި މި ހާދިސާއާ ގުޅިގެން ފުލުސް އޮފިސަރު ވައިބަވް ކްރިޝްނާ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރެއިން 25 މީހުންގެ ހަށިގަނޑު ދެނެގަނެވިފައިވާ އިރު، 60 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ގިނަ އަދަދެއްގެ މީހުންނަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
އުއްތަރު ޕްރަދޭޝްގެ ވެރިކަން ހިންގާ ޔޯގީ އަދިތްޔަނާތު ވަނީ މި ހާދިސާ ތަޙްޤީޤު ކުރުމަށް ތިން މެންބަރުންގެ ޖުޑީޝަލް ކޮމިޝަނެއް އެކުލަވާލައްވާފައެވެ. އަދި މަރުވި މީހުންގެ ޢާއިލާތަކަށް 25 ލައްކަ ރުޕީސްގެ އެހީ ދެއްވާނެ ކަމަށްވެސް އިޢުލާނު ކުރައްވާފައިވެއެވެ.
"މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގި ސަބަބު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް" ކަމަށް ވިދާޅުވަމުން، ޔޯގީ އަދިތްޔަނާތު ވިދާޅުވީ ޗީފް ސެކްރެޓަރީ އާއި ޑީޖީޕީ ބުރާސްފަތި ދުވަހު ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތްކޮށް މި ހާދިސާއާ ގުޅޭ ފުން ތަޙްޤީޤެއް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!