އޭއައި ބޭނުންކޮށްގެން ދެވޭ ސައިބަރ ހަމަލާތައް އިތުރުވަމުންދާ ކަމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން އިންޒާރު ދީފިއެވެ.

އެފްބީއައި އިން ބުނާ ގޮތުގައި މިހާރު އެންމެ ބޮޑަށް އަމާޒުވަމުންދަނީ "ފޭންޓަމް ހެކަރ" ހަމަލާތަކަށެވެ. މި ހަމަލާތަކުގައި، ބޭންކުގެ ނަމުގައި ގުޅާ މީހަކު، ކަސްޓަމަރުގެ ފައިސާ ވަގަށް ނަގަން އުޅޭ ކަމަށް ބުނެ، އެ ފައިސާ ރައްކާކުރުމަށް ޓަކައި އެހެން އެކައުންޓަކަށް ޓްރާންސްފަރ ކުރުމަށް އެދެއެވެ. މިގޮތަށް ގުޅާއިރު، ބޭންކުގެ ނަންބަރު ދައްކާ ގޮތަށް ކޯލާއައިޑީން ހަދައިގެން ގުޅުމުގެ ފުރުސަތު އޮތް ކަމަށްވެސް އެފްބީއައި އިން ބުނެފައިވެއެވެ.

Ad
rt

އެފްބީއައި އިން ބުނާ ގޮތުގައި މި ބާވަތުގެ ހަމަލާތައް އަމާޒުވަނީ އެޕަލް އަދި އެންޑްރޮއިޑް ފޯނުތަކަށެވެ. އަދި މި ހަމަލާތައް "ހަލުވި ދުވެއްޔެއްގައި" އިތުރުވަމުންދާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން، ޗައިނާގެ ހެކަރުން ނެޓްވޯކްތަކަށް ވަދެ، ޗައިނާގެ އޭއައި ބޭނުންކޮށްގެން ފޯނުތަކަށް ނުރައްކާވާ ފަދަ ބޮޑެތި ހަމަލާތަކެއް ދެމުންދާ ކަމަށްވެސް އެފްބީއައި އިން ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް، އެންމެ ބޮޑު ނުރައްކާ އޮތީ މީހުން އަމިއްލައަށް ކުރާ ކުށްތަކުން ކަމަށް އެފްބީއައި އިން ބުނެފައިވެއެވެ. އާންމު ދިރިއުޅުމުގައި ދިމާވާ ނުރައްކާތަކާ ދެކޮޅަށް ރައްކާތެރިވުމަށް ކުރިމަތިލާން ޖެހިދާނެ ކަމަށް އެ އިދާރާއިން އިންޒާރު ދީފައިވެއެވެ.