ޣައްޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވައިނުލުމަށް އދ. އިން ގޮވާލައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި، ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކުރުމުގެ ހުށަހެޅުއްވުމަށް އ.ދ އިން ދެކޮޅު ހަދައިފިއެވެ. އ.ދ ގެ ސްޕޯކްސްޕަރސަން ސްޓެފާން ދުޖާރިކް ވިދާޅުވި ގޮތުގައި “މީހުން ބާރުގެ ބޭނުންކޮށްގެން ބަދަލުކުރުމަށް ނުވަތަ ނަސްލު ފޮހެލުމަށް ހުށަހަޅާ އެއްވެސް ޕްލޭނަކަށް އެއްބަސްވެވެން ނެތް” ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ޓްރަމްޕް ވިދާޅުވެފައިވަނީ ޣައްޒާ “ސާފުކޮށް” އެތަނުގެ ރައްޔިތުން މިޞްރާއި އުރުދުނަށް ބަދަލުކުރުމަށެވެ. އަދި އިޒްރާއީލުގެ ހަނގުރާމައިގެ ސަބަބު...