Skip to main content

އަޙްމަދު ދާއޫދު

Viewer
🇲🇻 ތިލަދުން Desk
1,134 Stories
32 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ދާއޫދު

ޓްރަމްޕްގެ ޣައްޒާ ޕްލޭނަކީ ނުބައި އަދި ޒިންމާދާރުކަން ކުޑަ ޕްލޭނެއް: އދ.
News

ޓްރަމްޕްގެ ޣައްޒާ ޕްލޭނަކީ ނުބައި އަދި ޒިންމާދާރުކަން ކުޑަ ޕްލޭނެއް: އދ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޣައްޒާ ޕްލޭނަށް އދ އާއި ހަމާސްއިން ފާޑުކިޔައިފިއެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކުރުމަށްފަހު، އެ ސަރަހައްދު އެމެރިކާއިން ހިންގަން ބޭނުންވާ ކަމަށެވެ. އަދި އެ ސަރަހައްދު ތަރައްގީކޮށް “ދުނިޔޭގެ މީހުން” އެތަނުގައި ދިރިއުޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ޚިޔާލާ ގުޅިގެން އދ.ގެ ފަލަސްތީނު ސަރަހައްދުގެ ޚާއްސަ ރެޕޯޓަރު ފްރަންޗެސްކާ އަލްބަނީސް ވިދާޅުވެފައިވަނީ ޓްރަމްޕްގެ މި ޕްލޭނަކީ “ގާނޫނާ ޚިލާ...

ފަލަސްޠީނު ރައްޔިތުން އެމީހުންގެ ބިމުން ބޭރުކޮށްލުމަށް ޖާގައެއް ނުދޭނަން: ސައޫދީ
International

ފަލަސްޠީނު ރައްޔިތުން އެމީހުންގެ ބިމުން ބޭރުކޮށްލުމަށް ޖާގައެއް ނުދޭނަން: ސައޫދީ

ފަލަސްޠީނު ރައްޔިތުން އެބައިމީހުންގެ ބިމުން ބޭރުކޮށްލުމަށް ރޭވޭ އެއްވެސް ރޭވުމަކަށް ތާއީދެއް ނުކުރާނެކަމަށް ސައޫދީން ބުނެފިއެވެ. ސައޫދީ އަރަބިއްޔާއިން މިކަން ހާމަކޮށްފައިވަނީ އެގައުމުގެ ބޭރުގެ ކަންތައްތަކާބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވަނީ ފަލަސްޠީނު ރައްޔިތުން އެބައިމީހުންގެ ބިމުން ބޭރުކޮށްލުމަށް ރޭވޭ އެއްވެސް ރޭވުމަކަށް އެ ޤައުމުން ތާއީދު ނުކުރާނެކަމަށެވެ. އަދި 1967 ގެ ބޯޑަރުތަކުގެ ތެރޭގައި، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ބަލައިގެން ފަލަސްޠީނުގެ މ...

ވަޓްސްއެޕްގައި ޗެޓްޖީޕީޓީއަށް ފޮޓޯއާއި ވޮއިސް މެސެޖް ވެސް މިހާރު ފޮނުވޭނެ
International

ވަޓްސްއެޕްގައި ޗެޓްޖީޕީޓީއަށް ފޮޓޯއާއި ވޮއިސް މެސެޖް ވެސް މިހާރު ފޮނުވޭނެ

ވަޓްސްއެޕް މެދުވެރިކޮށް ބޭނުންކުރެވޭ ޗެޓްޖީޕީޓީއަށް އައު އަޕްގްރޭޑްތަކެއް ގެނެސްފިއެވެ. މިގޮތުން މިހާރު ޗެޓްޖީޕީޓީއަށް ފޮޓޯއާއި އަޑު މެސެޖް ވެސް ފޮނުވޭނެއެވެ. އޯޕަން އޭއައި އިން ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗެޓްޖީޕީޓީގެ ރަސްމީ ފޯނު ނަންބަރެއް ތަޢާރަފުކޮށްފައެވެ. މިއީ މީހުންނަށް ވަޓްސްއެޕްގައި ސޭވްކޮށްގެން ސީދާ އޭއައި ޗެޓްބޮޓާ މުޢާމަލާތްކުރެވޭ ގޮތަށް ހަދާފައިވާ ޚިދުމަތެކެވެ. ފުރަތަމަ ތަޢާރަފުކުރިއިރު މި ޚިދުމަތުގައި ހަމައެކަނި ލިޔުމުން މުޢާމަލާތްކުރެވޭ ގޮތަށް އޮތް ނަމަވެސް، މިހާރު ވަނީ...

ސްވިޑަންގެ ސްކޫލެއްގައި ބަޑިން ހަމަލާދީ 10 މީހުން މަރާލައިފި
International

ސްވިޑަންގެ ސްކޫލެއްގައި ބަޑިން ހަމަލާދީ 10 މީހުން މަރާލައިފި

ސްވީޑަންގެ އޮރެބްރޯ ސިޓީގައި ހުރި ބޮޑެތި މީހުންގެ ތަޢުލީމީ މަރުކަޒެއްގައި އަންގާރަ ދުވަހު ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި މަދުވެގެން 10 މީހުން މަރުވެއްޖެއެވެ. މިއީ ސްކެންޑިނޭވިއަން ޤައުމުތަކުގެ ތާރީޚުގައި ހިނގާފައިވާ އެންމެ ނުރައްކާތެރި ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިސްބަރގްސްކާ ސްކޫލުގައި ހިނގި މި މާރާމާރީ ފެށުނީ މެންދުރުފަހު 12:33 ގައެވެ. އެންމެ ފުރަތަމަ ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މަދުވެގެން 5 މީހުންނަށް...

International

ޗައިނާއިން ވެސް އެމެރިކާއަށް ޓެރިފް ކަނޑައަޅައިފި

ޗައިނާއިން އެމެރިކާއަށް އަމާޒުކޮށްގެން ޓެރިފް ކަނޑައަޅައި، ގޫގުލް ފަދަ އެމެރިކާގެ ބައެއް ކުންފުނިތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފިއެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ އިމްޕޯޓް މުދާ ތަކަށް ފުޅާ ދާއިރާއެއްގައި ޓެރިފް ކަނޑައެޅުމުން، އެކަމަށް ދިން ރައްދެކެވެ. ނަމަވެސް ރައީސް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ މަޝްވަރާކުރައްވާނެކަމަށް ބުނެފައިވާތީ، ޗައިނާއަށް ވަގުތީ ލުޔެއް ލިބިދާނެކަމަށް އިންވެސްޓަރުން ލަފާކުރެއެވެ. މިކަމާ ގުޅިގެން ސްޓޮކް މާކެޓްތަކާއި ތެލުގެ އަގުތައް...

އޯޕަން އޭއައި އިން "ޑީޕް ރިސާރޗް" ނަމުގައި އައު ޓޫލެއް ތަޢާރަފުކޮށްފި
International

އޯޕަން އޭއައި އިން "ޑީޕް ރިސާރޗް" ނަމުގައި އައު ޓޫލެއް ތަޢާރަފުކޮށްފި

އެމެރިކާގެ ޓެކްނޮލޮޖީ ދާއިރާގައި ކުރިއަރަމުންދާ ކުންފުނި އޯޕަން އޭއައި އިން “ޑީޕް ރިސާރޗް” ނަމުގައި ޗެޓްޖީޕީޓީގެ އައު ޓޫލެއް ތަޢާރަފުކޮށްފިއެވެ. މި ޓޫލްއަކީ ތަފްސީލީ ރިޕޯޓުތައް އުފައްދައިދޭ ޓޫލްއެކެވެ. މިއީ ޗައިނާގެ ޑީޕްސީކް ޗެޓްބޮޓުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގައި ވާދަވެރިކަން އިތުރުކުރަމުންދާ ދަނޑިވަޅެއްގައި ކުރެވުނު އިޢުލާނެކެވެ. އޯޕަން އޭއައިގެ ސީއީއޯ ސެމް އޯލްޓްމަން މިކަން އިޢުލާނު ކުރެއްވީ ޓޯކިޔޯގައި ބޭއްވުނު ޖަލްސާއެއްގައެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި ވިޔަފާރިތަކ...

ސީރިއާގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
International

ސީރިއާގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

ސީރިއާގެ އުތުރުގައިވާ މަންބިޖު ސަރަޙައްދުގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި މަދުވެގެން 20 މީހުން މަރުވެ، އަދި ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެކަމަށް ސީރިއާގެ ވަގުތީ ސަރުކާރުން މިއަދު ބުނެފިއެވެ. މިދިޔަ ޑިސެމްބަރު މަހު ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު، މިއީ އެޤައުމުގައި ދިން އެންމެ ގިނަބަޔަކު މަރުވި ހަމަލާއެވެ. މި ސަރަޙައްދުގައި ތުރުކީގެ އެހީތެރިކަން ލިބިގެން ހަރަކާތްތެރިވާ ބާރުތަކާއި ކުރުދީންގެ ނުފޫޒު އޮންނަ ގްރޫޕަކާ ދެމެދު ހަނގުރާމަ ހިނގަމުންދާއިރު، މިއީ މިދިޔަ މ...

އެމެރިކާއިން މެކްސިކޯއަށް ކަނޑައެޅި ޓެރިފް އެއް މަސް ދުވަހަށް ފަސްކޮށްފި
International

އެމެރިކާއިން މެކްސިކޯއަށް ކަނޑައެޅި ޓެރިފް އެއް މަސް ދުވަހަށް ފަސްކޮށްފި

އެމެރިކާއިން މެކްސިކޯއަށް ކަނޑައެޅި ޓެރިފް އެއް މަސް ދުވަހަށް ފަސްކޮށްފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ މެކްސިކޯއިން އެ ގައުމުގެ އުތުރު ސަރަޙައްދު ބަލަހައްޓަން 10،000 ނޭޝަނަލް ގާޑުން ގެންގުޅުމަށް އެއްބަސްވުމާ ގުޅިގެން މެކްސިކޯއަށް އަޅަން ނިންމާފައިވާ އައު ޓެރިފްތައް އެއް މަސް ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ޤާނޫނާ ޚިލާފަށް މަސްތުވާތަކެތި، ޚާއްޞަކޮށް ފެންޓަނިލް، އެތެރެކުރުން ހުއްޓުވުމެވެ. މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބަމް ވިދާޅުވި ގޮތު...

އިޓަލީގައި ޗައިނާގެ ޑީޕްސީކް ބްލޮކްކޮށްފި
Raajje

އިޓަލީގައި ޗައިނާގެ ޑީޕްސީކް ބްލޮކްކޮށްފި

އިޓަލީގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީ (ޖީ.ޕީ.ޑީ.ޕީ) އިން ބުރާސްފަތި ދުވަހު ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އެޕްލިކޭޝަން ޑީޕްސީކްއަށް އެކްސެސް ބްލޮކްކޮށްފިއެވެ. މިގޮތަށް ބްލޮކްކޮށްފައިވަނީ އިޓަލީގެ ޔޫޒަރުންގެ ޑޭޓާ ރައްކާތެރިކުރުމަށް ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. މީގެ އިތުރުން، ޗެޓްބޮޓް ޚިދުމަތް ދޭ ކުންފުނިތަކަށް ވެސް އިޓަލީގެ ޔޫޒަރުންގެ ޑޭޓާއަށް އެކްސެސްވުން ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފައިވެއެވެ. މި ކުންފުނިތަކަކީ ހަންގްޒޯ ޑީޕްސީކް އާޓިފިޝަލް އިންޓެލިޖެންސް އާއި ބީޖިންގ ޑީޕ...

ޣައްޒާ ހަނގުރާމައިގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށުމަށް ޤަޠަރުން ގޮވާލައްވައިފި
International

ޣައްޒާ ހަނގުރާމައިގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށުމަށް ޤަޠަރުން ގޮވާލައްވައިފި

ޣައްޒާ ހަނގުރާމައިގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށުމަށް ޤަޠަރުގެ ބޮޑުވަޒީރު ގޮވާލައްވައިފިއެވެ. ޤަޠަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އާލް ޘާނީ އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ އިޒްރޭލާއި ހަމާސްއިން ވަގުތުން ޣައްޒާ ހަނގުރާމަ ހުއްޓުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފަށަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް މި މަޝްވަރާތައް ފެށޭނެ ވަކި ތާރީޚެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދޯހާގައި ތުރުކީގެ ޚާރުޖީ ވަޒީރާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝެއިޚް މުޙައްމަދު...

އެމެރިކާއިން އިއުލާންކުރި ޓެރިފްތަކާ ދެކޮޅަށް ގައުމުތަކުން ތެދުވެއްޖެ
International

އެމެރިކާއިން އިއުލާންކުރި ޓެރިފްތަކާ ދެކޮޅަށް ގައުމުތަކުން ތެދުވެއްޖެ

އެމެރިކާއިން އިއުލާންކުރި ޓެރިފްތަކާ ދެކޮޅަށް ދެކުނު އެމެރިކާގެ ގައުމުތަކުން އެމެރިކާއާ ދެކޮޅަށް ތެދުވެއްޖެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ އެންމެ ބޮޑެތި ވިޔަފާރި ބައިވެރިންގެ މައްޗަށް ފުޅާ ދާއިރާއެއްގައި ޓެރިފް ކަނޑައެޅުމާ ގުޅިގެން ކެނެޑާ އާއި މެކްސިކޯއިން ޖަވާބުދާރީވާނެ ފިޔަވަޅުތަކެއް އަޅާނެކަމަށް އިއުލާންކޮށްފައިވާއިރު، ޗައިނާއިން ވެސް ވަނީ މި މައްސަލަ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔުޓީއޯ) އަށް ހުށަހަޅާނެކަމަށް ބުނެފައެވެ. ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ފެބްރުއަ...

ފަލަސްތީނަށް ތާއީދުކުރި ޗައިނާގެ ދަރިވަރެއްގެ ވިސާ އެމެރިކާއިން ބާޠިލުކޮށްފި
International

ފަލަސްތީނަށް ތާއީދުކުރި ޗައިނާގެ ދަރިވަރެއްގެ ވިސާ އެމެރިކާއިން ބާޠިލުކޮށްފި

އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ލޮސް އެންޖެލެސް (ޔޫސީއެލްއޭ) ގައި ފަލަސްތީނަށް ތާއީދުކޮށް ހިންގި ހަރަކާތްތަކެއް އިންތިޒާމުކުރި ޗައިނާގެ ދަރިވަރެއްގެ ވިސާ އެމެރިކާއިން ބާޠިލުކޮށްފިއެވެ. މި މައްސަލައާ ގުޅުންހުރި ފަރާތްތަކުން މަޢުލޫމާތު ދިންގޮތުގައި، މި ދަރިވަރުގެ ނަން ހާމަކޮށްފައެއް ނުވެއެވެ. ޔޫސީއެލްއޭގެ ކެމްޕަހުގައި ބޭއްވުނު މި ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި އެކްޓިވިސްޓުން ބައިވެރިވެފައިވެއެވެ. ނަމަވެސް، މި ހަރަކާތްތައް އިންތިޒާމުކުރި ޗައިނާ ދަރިވަރުގެ ވިސާ ބާޠިލުކޮށްފައ...

ޑީޕްސީކްއާ ގުޅޭ މަޢުލޫމާތު ސާފުކުރަން ދެކުނު ކޮރެއާއިން ނިންމައިފި
International

ޑީޕްސީކްއާ ގުޅޭ މަޢުލޫމާތު ސާފުކުރަން ދެކުނު ކޮރެއާއިން ނިންމައިފި

ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލް ޑީޕްސީކްއާ ގުޅޭ މަޢުލޫމާތު ސާފުކުރަން ދެކުނު ކޮރެއާއިން ނިންމައިފިއެވެ. ދެކުނު ކޮރެއާގެ ޕާސަނަލް އިންފޮމޭޝަން ޕްރޮޓެކްޝަން ކޮމިޝަނުން ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލް ޑީޕްސީކްއާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް ނިންމައިފައިވާއިރު، މި ކޮމިޝަނުގެ އިސް އޮފިޝަލެއް ހުކުރު ދުވަހު ވިދާޅުވި ގޮތުގައި، ޑީޕްސީކްގެ ބޭނުންކުރާ ފަރާތްތަކުގެ އަމިއްލަ މަޢުލޫމާތު ބަލަހައްޓަމުންދާ ގޮތާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ވަނީ ނިންމާފައެވެ. މި އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގ...

ފަލަސްތީނުގެ ރައްޔިތުން ހުސްކުރުމަށް ޓްރަމްޕްގެ ގޮވާލުމަށް އަރަބި ޚާރުޖީ ވާޒިރުން ދެކޮޅު ހަދައިފި
International

ފަލަސްތީނުގެ ރައްޔިތުން ހުސްކުރުމަށް ޓްރަމްޕްގެ ގޮވާލުމަށް އަރަބި ޚާރުޖީ ވާޒިރުން ދެކޮޅު ހަދައިފި

ފަލަސްތީނުގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކުރުމަށް ޓްރަމްޕް ގޮވާލި ގޮވާލުމާމެދު އަރަބި ޚާރުޖީ ވަޒީރުން ދެކޮޅު ހަދައިފިއެވެ. ފަލަސްތީނުގެ ރައްޔިތުން އެއްވެސް ޙާލަތެއްގައި އެމީހުންގެ ބިމުން ބޭރުކުރުމާމެދު އަރަބި ޤައުމުތަކުގެ ޚާރުޖީ ވަޒީރުން ދެކޮޅު ކަން ހާމަކޮށްފައިވާއިރު، މިއީ ޣައްޒާގެ ރައްޔިތުން މިޞްރާއި އުރުދުނަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލުމާ ދެކޮޅަށް ނެރުނު ބަޔާނެކެވެ. ގާހިރާގައި ބޭއްވުނު ބައްދަލުވުމަކަށްފަހު، މިޞްރު، އުރުދުން، ސައުދީ އަރަބިއްޔާ، ޤަޠަރު، އ...

އެމެރިކާގައި ވެއްޓުނު މަތިންދާބޯޓުން ދަތުރުކުރި އެކަކުވެސް ދިރިހުރިކަމުގެ އުންމީދެއް ނެތް
International

އެމެރިކާގައި ވެއްޓުނު މަތިންދާބޯޓުން ދަތުރުކުރި އެކަކުވެސް ދިރިހުރިކަމުގެ އުންމީދެއް ނެތް

އެމެރިކާގެ ފިލަޑެލްފިއާގެ އުތުރު-އިރުމަތީ ސަރަހައްދުގައި ހުންނަ ރޫޒްވެލްޓް މޯލް ކައިރިއަށް، ހުކުރު ދުވަހުގެ ރޭ، އެއާރ އެމްބިއުލާންސެއް ވެއްޓުނު ހާދިސާގައި އެއިން ދަތުރުކުރި އެއްވެސް މީހަކު ދިރިހުރިކަމުގެ އުންމީދެއް ނެތްކަމަށް އެ އުޅަނދު ނިސްބަތްވާ ކުންފުނިން ބުނެފިއެވެ. ޖެޓް ރެސްކިއު އެއަރ އެމްބިއުލާންސްގެ ފަރާތުން ހާމަކުރި ގޮތުގައި، މި ހާދިސާގައި ވެއްޓުނު އުޅަނދުގައި ކުޑަކުއްޖަކާއި އެ ކުއްޖާގެ ބެލެނިވެރިޔަކާއި، ޕައިލެޓާއި ކޯ-ޕައިލެޓާއި، ޑޮކްޓަރަކާއި ޕެރަމެޑިކެއް ހިމެނޭ ގޮތަށް ޖުމްލަ 6 މީހުން ތި...