ޣައްޒާއަށް ދިން ގެއްލުމުގެ އަގު 100 ބިލިއަން ޑޮލަރަށް އަރާނެ: އުރުދުޣާން
އިސްރާއީލުން ޣައްޒާއަށް ދިން ގެއްލުމުގެ އަގު 100 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެއްވޭ ކަމަށް ތުރުކީގެ ރައީސް ވިދާޅުވެއްޖެއެވެ. ތުރުކީގެ ރައީސް ރަޖަބު ޠައްޔިބް އުރުދުޣާން ވިދާޅުވީ އިސްރާއީލުން ޣައްޒާއަށް ދިން ހަލާކުގެ މާލީ އަގު 100 ބިލިއަން ޑޮލަރަށް އަރާއިރު، މި “ބޮޑު ގެއްލުމުގެ” އަގު އަދާކުރަންޖެހޭނީ ވޭތުވެދިޔަ 15 މަސްދުވަހު ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ކުރި ނަތަންޔާހޫގެ ސަރުކާރުން ކަމަށެވެ. މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ބޭއްވުނު “ތުރުކީ-މެލޭޝިއާ އައު ޤަރުނުގެ ސްޓްރެޓެޖިކް ތަޢާވުނ...