Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
152 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

ޝަމްއޫން ސަރުކާރުން އިސްތިއުފާ ދީފި
Raajje

ޝަމްއޫން ސަރުކާރުން އިސްތިއުފާ ދީފި

ހެރިޓޭޖް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝަމްއޫން ޖަލީލު ނުވަތަ ލޫކަސް ޖަލީލު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އެކަން ހާމަކުރައްވާ އޭނާ ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ އޭނާ ސަރުކާރުގައި އަދާކުރަމުންދާ ސިޔާސީ މަގާމުން މިއަދުން ފެށިގެން އިސްތިއުފާ ދީފި ކަމަށާއި ސަރުކާރުގައި މަސައްކަތް ކުރުމުގެ ފުރުސަތަކީ ތަޖުރިބާއެއް ކަމަށެވެ. މީގެ އިތުރުން އަބަދުވެސް ބަހައްޓަވާ ގާތްކަަމަށް ރައީސް ސޯލިހަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދ...

ކެމްޕޭން ދަތުރުފުޅެއްގައި ރައީސް ޞާލިޙް މާލެއަތޮޅުގެ ތިން ރަށަކަށް
Raajje

ކެމްޕޭން ދަތުރުފުޅެއްގައި ރައީސް ޞާލިޙް މާލެއަތޮޅުގެ ތިން ރަށަކަށް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭން ދަތުރުފުޅެއްގައި މާލެއަތޮޅުގެ 3 ރަށަކަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. އެގޮތުން ރައީސް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވަނީ ގުޅި، ގުރައިދޫ އަދި މާފުއްޓަށެވެ. މިދަތުރުފުޅުގައި މިއަދު މެންދުރު ގުޅީ ރައްޔިތުންނާ ބައްދަލު ކުރެއްވުުމަށްފަހު، ރައީސް ދެން ވަޑައިގަންނަވާނީ ގުރައިދޫއަށެެވެ. އަދި ހަވީރު ގުރައިދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު މިރޭ...

މިސްރަށް ދާ ދިވެހިިންނަށް އޮންއެރައިވަލް ވިސާ ލިބޭގޮތް ހަދައިފި
Raajje

މިސްރަށް ދާ ދިވެހިިންނަށް އޮންއެރައިވަލް ވިސާ ލިބޭގޮތް ހަދައިފި

މިސްރަށް ދާ ދިވެހިިންނަށް އޮންއެރައިވަލް ވިސާ ލިބޭގޮތް ހަދައިފިއެވެ. ދިވެހި ހާރިޖިއްޔާ އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖެއިން މިޞްރަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އޮން އެރައިވަލް (އިމަޖެންސީ އެންޓްރީ ވިސާ) ގެ ދަށުން ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އިންތިޒާމުގެދަށުން، ދިވެހި ޕާސްޕޯޓް (އޯޑިނަރީ، ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް) އޮންނަ ފަރާތްތަކުން މިޞްރަށް ދަތުރުކޮށް އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ގަމު...

ހޯރަފުށި، ކެލާ އަދި ކޭއާރުއެޗު ހިމެނޭހެން 8 ތަނަކަށް އެމްބިއުލާންސް ހަދިޔާކޮށްފި
Raajje

ހޯރަފުށި، ކެލާ އަދި ކޭއާރުއެޗު ހިމެނޭހެން 8 ތަނަކަށް އެމްބިއުލާންސް ހަދިޔާކޮށްފި

ހއ. ހޯރަފުށި ހެލްތު ސެންޓަރާއި ކެލާ ހެލްތު ސެންޓަރު އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ހިމެނޭހެން 8 ތަނަކަށް އެމްބިއުލާންސް ހަދިޔާކޮށްފިއެވެ. މިއީ ޖަޕާން ސަރުކާރުގެ ހިލޭ އެހީ “ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީ.ޖީ.ޕީ)” ގެ ދަށުން ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ހަދިޔާކުރިއެމްބިއުލާންސެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްބިއުލާންސް ހަދިޔާކޮށްފައިވަނީ އެ ތިންތަބުގެ އިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޏ. ފުވައްމުލަކު ހޮސ...

މި ދައުރުގައި ކުރި ކަންތައްތައް ރައްޔިތުންނަށް ކިޔައިދެވިއްޖެނަމަ، ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުވާނެ: ރައީސް
Raajje

މި ދައުރުގައި ކުރި ކަންތައްތައް ރައްޔިތުންނަށް ކިޔައިދެވިއްޖެނަމަ، ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުވާނެ: ރައީސް

މި ދައުރުގައި ކުރި ކަންތައްތައް ރައްޔިތުންނަށް ކިޔައިދެވިއްޖެނަމަ، ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް މާލޭގެ ގޭގެއަށް ދޮރުންދޮރަށް ވަޑައިގަތުމަށްފަހު މީޑިއާ އަށް ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އެ ޕާޓީން (އެމްޑީޕީ) އެންމެ ބޮޑު އިސްކަމެއް ދޭންވީ، މި ދައުރުގައި ކުރި ކަންތައްތައް ރައްޔިތުންނަށް ކިޔައިދިނުމ...

މިއަހަރުގެ ބޯޓިން އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި
Raajje

މިއަހަރުގެ ބޯޓިން އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

މިއަހަރުގެ މޯލްޑިވްސް ބޯޓިން އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮތްއިރު، ބޯޓިން އެސޯސިއޭޝަނުން ބުނީ އެވޯޑް ހަފްލާ ބޭއްވުމަށް މިހާރު ނިންމާފައިވަނި ޑިސެމްބަރ މަހުގެ ތެރޭގައެވެ. ބޯޓިން އެސޯސިއޭޝަނުން ބުނީ މިއަހަރުގެ ބޯޓިން އެވޯޑް 33 ގިންތިއަކުން ހުޅުވާލައިގެން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ލިވަރބޯޑްތަކާއި ސަފާރީތަކަށްދޭ އެވޯޑު އަދި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްދޭ އެވޯޑު ހިމެނޭ...

މުސްހަފު އެންދުމަކީ ބަލައިގަނެވޭނެ ޢަމަލެއް ނޫން: ދިވެހި ސަރުކާރު
Raajje

މުސްހަފު އެންދުމަކީ ބަލައިގަނެވޭނެ ޢަމަލެއް ނޫން: ދިވެހި ސަރުކާރު

މުސްހަފު އެންދުމަކީ ހިޔާލު ފާޅުކުރުމުގެ ހައްގުގެ ދަށުން ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫން ކަމަށް ބުނެ، އެފަދަ ޢަމަލުތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ހާރިޖީ ވުޒާރާ އިން ވިދާޅުވީ މުސްހަފް އެންދުމާއި ގުޅިގެން އ.ދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމުގެ ތެރެއިން ބޭއްވި އަރޖެންޓް ޑިބޭޓްގައި ރާއްޖެއިން ބައިވެރިވެފައިވާ ކަމަށެވެ. މިއީ ސްވިޑެންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިދިވިދިގެން ހިނގަމުންދާ ކީރިތި ޤުރުއާނުގެ މުޞްޙަފް އެންދުމުގެ ހާދިސާތަކާ ގުޅ...

އިލްޔާސް ޖަމާލް ގުޅިވަޑައިގަތުމަކީ ޕާޓީގެ ކުރިއެރުމަށް ހުޅުވުނު އިތުރު ދޮރެއް: އެމްޑީއޭ
Raajje

އިލްޔާސް ޖަމާލް ގުޅިވަޑައިގަތުމަކީ ޕާޓީގެ ކުރިއެރުމަށް ހުޅުވުނު އިތުރު ދޮރެއް: އެމްޑީއޭ

ޝެއިޚް އިލްޔާސް ޖަމާލް އެމްޑީއޭ އަށް ގުޅިވަޑައިގަތުމަކީ ޕާޓީ ކުރިއަރާ ދިއުމަށް ހުޅުވިގެން ދިޔަ އިތުރު ދޮރެއް ކަމުގައި މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއ)ޭ އިން ބުނެފިއެވެ. ޝެއިޚް އިލްޔާސް ޖަމާލް އެމްޑީއޭ އަށް ގުޅިވަޑައިގަތުމާއި ގުޅިގެން އެމްޑީއޭގެ ސެކްރެޓިއޭޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޝެއިޚް އިލްޔާސް ޖަމާލް ގުޅިވަޑައިގަތުމަކީ ޕާޓީގެ އާންމު މެންބަރުންނާއި ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށެވެ. މީގެ އިތުރުން މިއީ ސިޔާސީ ގޮތުން ޕާޓީ ކުރިއަރާ ދި...

ބިލެތްފަހި ހިމެނޭހެން އިތުރު ދެ ރަށެއްގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފި
Business

ބިލެތްފަހި ހިމެނޭހެން އިތުރު ދެ ރަށެއްގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފި

ށ. ބިލެތްފަހި ހިމެނޭހެން އިތުރު ދެ ރަށެއްގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓާއި ހަވާލުކޮށްފައިވަނީ ބ. ތުޅާދޫ، ތ. ވިލުފުށި އަދި ށ. ބިލެތްފަހީގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތެކެވެ. މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަ...

ފިއްލަދޫ އިން 3000 އަކަފޫޓުގެ 78 ބަންޑާރަ ގޯތި ދޫކުރަނީ
Thiladhunmathi News

ފިއްލަދޫ އިން 3000 އަކަފޫޓުގެ 78 ބަންޑާރަ ގޯތި ދޫކުރަނީ

ހއ. ފިއްލަދޫ އިން 3000 އަކަފޫޓުގެ 78 ބަންޑާރަ ގޯތި ދޫކުރަން ނިންމައިފިއެވެ. ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ކުރައްވާފައިވާ އިއުލާނުގައި ވިދާޅުވެފައިވަނީ އެރަށުން ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓުގެ 78 ގޯތި ކަމަށެވެ. މި ގޯތި ދޫކުރާނީ، ބަންޑާރަ ގޯތި ދޫކުރުމަށް އެ ކައުންސިލުން ފާސްކޮށް އާންމުކޮށްފައިވާ އުސޫލާއި އެއްގޮތަށް ކަމަށް ވެސް ވިދ...

ދިވެހި އަދަބިއްޔާތުގެ ޚިދުމަތްތެރިޔާ އާމިނަތު އައްބާސް އަވަހާރަވެއްޖެ
Raajje

ދިވެހި އަދަބިއްޔާތުގެ ޚިދުމަތްތެރިޔާ އާމިނަތު އައްބާސް އަވަހާރަވެއްޖެ

ދިވެހި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އާމިނަތު އައްބާސް އަވަހާރަވެއްޖެއެވެ. ކެންސަރު ބަލީގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަމުން ގެންދަވަނިކޮށް އޭނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 69 އަހަރުފުޅެވެ. އޭނާ އަކީ ޅެން ހެއްދެވުމަށް ވަރަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅަކަށްވީއިރު، އެފަންނު އިތުރަށް ދަސްކޮށްދެއްވުމަށް ވެސް ގިނަ މަސައްކަތްތައް ވަނީ ކުރައްވާފައެވެ. އެގޮތުން ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރ...

ދިއްދޫ ކައިރީގައި އޮތް ފިނޮޅު ހިއްކާ ރިސޯޓެއް ހަދާނަން: ނާޒިމް
Thiladhunmathi News

ދިއްދޫ ކައިރީގައި އޮތް ފިނޮޅު ހިއްކާ ރިސޯޓެއް ހަދާނަން: ނާޒިމް

ހއ. ދިއްދޫ ކައިރީގައި އޮތް ފިނޮޅުހިއްކައި، ރިސޯޓެއް ހައްދައިދޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ދިއްދޫގައި އެ ޕާޓީގެ ޖަގަހައެއް ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކައިގައެވެ. ނާޒިމް ވިދާޅުވީ އެރަަށާއި ކައިރީގައި ރިސޯޓު ހެދޭނެ ތަންތަން އެބަހުރި ކަމަށާއި އެގޮތުން އެރަށަށް އެންމެބޮޑު ނަފާ ލިބޭނީ ކިހިނެއްތޯ ދިރ...

އުތީމު ގަނޑުވަރުގެ މަރާމާތާއެކު 9 މަޝްރޫއެއް ހިންގުމަށް އިންޑިއާ އާއެކު އެއްބަސްވެއްޖެ
Raajje

އުތީމު ގަނޑުވަރުގެ މަރާމާތާއެކު 9 މަޝްރޫއެއް ހިންގުމަށް އިންޑިއާ އާއެކު އެއްބަސްވެއްޖެ

ހއ. އުތީމު ގަނޑުވަރުގެ މަރާމާތާއެކު ގިނަ މަޝްރޫއެއް ހިންގުމަށް ރާއްޖެއިން އިންޑިއާ އާއެކު އެއްބަސްވެއްޖެއެވެ. މިއީ ރާއްޖެއާއި އިންޑިއާއި ދެގައުމުގެ ދެމެދުގައި ހައި އިމްޕެކްޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސްގެ ދެވަނަ ފިޔަވަހީގެ ދަށުން ވެވުނު އެއްބަސްވުންތަކެކެވެ. އެގޮތުން މުހިންމު 9 އެއްބަސްވުމެއްގައި ސޮއި ކޮށްފައި މިވަނީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންޑިއާއަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ދެގައުމުގެ ދެމެދުގައި މއިަދު ސޮއި ކޮށްފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ހއ...

އެމްއޭސީއެލް އިން ކެއާ ސޮސައިޓީއަށް އެއް ލައްކަ ރުފިޔާގެ އެހީއެއް
Raajje

އެމްއޭސީއެލް އިން ކެއާ ސޮސައިޓީއަށް އެއް ލައްކަ ރުފިޔާގެ އެހީއެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަށް އެއް ލައްކަ ރުފިޔާގެ އެހީއެއް ދީފިއެވެ. މިއީ ކެންސަރު ސްކްރީނިން އެޕްލިކޭޝަނަކާއި ޑޭޓާބޭސް އެއް އުފެއްދުމަށް އެހީތެރިވުމުގެ ގޮތުން ދިން އެހީއެކެވެ. އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ދިން އެހީ އާއި ގުޅޭގޮތުން އެމްއޭސީއެލް އިން ބުނީ މި ހަދިޔާއަކީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ސިއްހ...

ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިވަނީ
Thiladhunmathi News

ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިވަނީ

ހދ. ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މުދާ އުފުލާ ދޯންޏަކަށް ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ މިއީ ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި “އަޅިވިލާ” ނަމަކަށްކިޔާ ދޯންޏެއް ކަމަށެވެ. އަދި މިއީ 95 ފޫޓުގެ ދޯންޏެއް ކަމަށެވެ. މި ދޯނި ޅ. ކުރެންދޫ ކައިރިން ދަތުރުކުރަމުން ދަނ...