ހެރިޓޭޖް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝަމްއޫން އިސްތިއުފާ ދީފި

ޝަމްޢޫނު، ފޮޓޯ: ޝަމްޢޫނުގެ ޓްވީޓާ
ޝަމްޢޫނު، ފޮޓޯ: ޝަމްޢޫނުގެ ޓްވީޓާ

ހެރިޓޭޖް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝަމްއޫން ޖަލީލު ނުވަތަ ލޫކަސް ޖަލީލު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެކަން ހާމަކުރައްވާ އޭނާ ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ އޭނާ ސަރުކާރުގައި އަދާކުރަމުންދާ ސިޔާސީ މަގާމުން މިއަދުން ފެށިގެން އިސްތިއުފާ ދީފި ކަމަށާއި ސަރުކާރުގައި މަސައްކަތް ކުރުމުގެ ފުރުސަތަކީ ތަޖުރިބާއެއް ކަމަށެވެ.

މީގެ އިތުރުން އަބަދުވެސް ބަހައްޓަވާ ގާތްކަަމަށް ރައީސް ސޯލިހަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މަޝްހޫރު އެކްޓިވިސްޓް ލޫކާސް ޖަލީލަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ އިތުރުން، ރާއްޖޭގެ ތާރީހާއި ސަގާފަތާ ގުޅޭ ކަންކަމުގައި ކުރިއްސުރެ ވެސް އުޅުއްވާ ފަރާތެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ސޯޝަލް މީޑިޔާގައި ފާޅުކުރެއްވި ހިޔާލުތަކާ ގުޅިގެން އެންމެ ބޮޑަށް ފާހަގަކުރެވުނު ޝަމްއޫނަކީ ޔާމީން ސަރުކާރުގެ ދުވަސްވަރު، ސްރީލަންކާގައި ހުންނަވައިގެން އެ ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް ސޯޝަލް މީޑިއާގައި އަޑު ގަދަކުރެއްވި އެއް އެކްޓިވިސްޓަށެވެ.

އޭނާ އަކީ އެމްޑީޕީން އިސްތިއުފާދެއްވާފައިވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އަދި ނަޝީދު އިސްވެ ހުންނަވައި އުފައްދަވާފައިވާ ޑިމޮކްރެޓްސްގެ ޕާޓީގެ އިސް ބޭފުޅުންނާ އެކު ވެސް ދަނީ ފެންނަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި