ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭން ދަތުރުފުޅެއްގައި މާލެއަތޮޅުގެ 3 ރަށަކަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
އެގޮތުން ރައީސް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވަނީ ގުޅި، ގުރައިދޫ އަދި މާފުއްޓަށެވެ.
މިދަތުރުފުޅުގައި މިއަދު މެންދުރު ގުޅީ ރައްޔިތުންނާ ބައްދަލު ކުރެއްވުުމަށްފަހު، ރައީސް ދެން ވަޑައިގަންނަވާނީ ގުރައިދޫއަށެެވެ. އަދި ހަވީރު ގުރައިދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު މިރޭ މާފުށީ ރައްޔިތުންނާ ބައްދަލު ކުރައްވާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ ށ. އަތޮޮޅުގެ ބައެއް ރަށްރަށަށް ވެސް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ފޯކައިދޫ، ކޮމަންޑޫ، މަރޮށި އަދި ނޫމަރާއަށް ވަޑައިގެން އެރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދަވާ ބައެއް މަޝްރޫއުތައް ފައްޓަވައިދެއްވައި، ރައްޔިތުންނާއި ކައުންސިލު އަދި ޑަބްލިއުޑީސީ ގެ މެމްބަރުންނާ ވަނީ ބައްދަލުކުރައްވާފައެެވެ.
މީގެ އިތުރުން މާލޭގައި ދޮރުން ދޮރަށް ހިންގަވާ، އިއްޔެ ވަނީ ގަލޮޅުގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވާ، ރައްޔިތުންގެ ހާލު އޮޅުންފިލުއްވައި، ވާހަކަ ދައްކަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!