ޖަރާސީމުން ތަޣައްޔަރުވެފައިވާ ޗީޒެއް ރާއްޖެ އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާ ކޮށްފިއެވެ.

އެ އިދާރާ އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއީ ފްރާންސްގައި އުފައްދާފައިވާ ޗީޒްގެ ބްރޭންޑެއް ކަމަށެވެ.

Ad
rt

"ލިސްޓީރިއާ މޮނޯސައިޓޯޖީންސް" ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމުގައިވާ ޗީޒެއް ރާއްޖެ އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އިން އެ އޮތޯރިޓީ އަށް އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އެމްއެފްޑީއޭ އިން އިތުރަށް ވިދާޅުވީ އެ އެލާޓާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ރިސްކު ދެނެގަތުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެހެންވެ، "Camembert Isigny Calvados 250g" ލޭބަލް ކޮށްފައިވާ ޗީޒް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.