ފުވައްމުލަކު ސިޓީގައި ގާއިމުކުރާ ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީގެ ބިންގާ މިއަދު އަަޅައިފިއެވެ.

މި ލެބޯޓްރީ ފެސިލިޓީގެ އިމާރާތް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ، ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ދިވެހި ސަރުކާރާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއި ގުޅިގެން ނެވެ.

Ad
rt

މިއީ ޔޫ.އެން.ޑީ.ޕީ އިން ތަންފީޒުކުރާ 'ޕްރޮޖެކްޓް ފޯރ ޑިވެލޮޕިންގ ސަސްޓެއިނަބްލް އެގްރިކަލްޗަރަލް އިކޮނޮމީ' މަސްރޫއުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ލެބުން ކުރަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ސޮއިލް ޓެސްޓިންގ، ޓިޝޫ ކަލްޗަރ، ޕެސްޓް އެންޑް ޑިސީސް ޑައިގްނޯސް އަދި ޕަތޯލޯޖީ އާއި އެންޓޮމޮލޯޖީ ހިމެނެ އެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާ އިން ވަނީ "ޕްރޮޖެކްޓް ފޯ ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ" ޕްރޮޖެކްޓްގެ ދަށުން ލެބޯޓްރީ ފެސިލިޓީ އެޅުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދެއްވި ކަމަށްޓަކައި ޖަޕާން ސަރުކާރަށާއި ޔޫއެންޑީޕީއަށް ޝުކުރު ދަންނަވާފަ އެވެ.

މީގެ އިތުރުން އިންޑިޔާ ސަރުކާރާއި އިފާޑް ޕްރޮޖެކްޓް މޯލްޑިވްސް އެގްރިބަސްނެސް ޕްރޮގްރާމަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވާފަ އެވެ.

390 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މި ފެސިލިޓީގެ ބިންގާ އަޅުއްވާދެއްވާފައިވަނީ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޑރ. ހުސައިން ރަޝީދު ޙަސަންގެ އިތުރުން ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއިލް ރަފީގު އާއި ޔޫއެންޑީޕީގެ މަންދޫބު އެންރިކޯ ގެވެލިއާ އެވެ.