ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނޫސްވެރިންނާ ބައްދަލުކުރައްވާގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް، ނޫސްވެރިންނާއި ބައްދަލުކުރެއްވުން އޮންނާނީ މިއަދު ހަވީރު 4:30 ޖަހާއިރު ރައީސް އޮފީހުގައި ކަމަށެވެ.

Ad
rt

މި ބައްދަލުވުން ޓީވީ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެހެންނަމަވެސް މިއީ ކޮން ކަމަކާއި ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްކަމެއް ހާމައެއް ނުކުރައްވަ އެވެ.