Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވަނީ
Raajje

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވަނީ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް. ޖައިޝަންކަރު، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ. ހާރިޖީ ވުޒާރާ އިން ވިދާޅުވީ ޖައިޝަންކަރުގެ މި ދަތުރުފުޅަކީ މިއަދުން ފެށިގެން އަންނަހުކުރު ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި ރައީސް ސާލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައް ކުރައްވާނެ ކަމަށާއި މިއީ ރާއްޖޭގެ ހާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ހާމަކުރައްވ...

ޅައިމަގުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާ ވެސް ހުޅުވާލައިފި
Thiladhunmathi News

ޅައިމަގުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާ ވެސް ހުޅުވާލައިފި

މިލަދުންމަޑުލު އުތުރުބުރީ ޅައިމަގުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާ ވެސް ހުޅުވާލައިފި އެވެ. އެރަށު ކައުންސިލުން ވިދާޅުވީ މިކަމަށް އަނެއްކާ ވެސް ހުޅުވައިލީ އެ މަސައްކަތް ކޮށްދެނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު 27 ގައި ކޮށްފައިވާ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ ކަމަށެވެ. އެހެންވެ، އެ އިއުލާނު ބާތިލްކޮށް އަލުން އެފުރުސަތތު ހުޅުވާލާފައިވާ ކަމަށް ކައުންސިލުން ވިދާޅުވި އެވެ. އެކައުންސިލުން ވިދާޅުވީ މި ބީލަން ހު...

ބާރަށުގައި ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް، ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ބާރަށުގައި ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް، ބައިވެރިވާން ހުޅުވާލައިފި

ހއ. ބާރަށުގައި ފުޓްބޯޅަ އެކަޑަމީ އެއް ހިންގަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފި އެވެ. ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ އިން ވިދާޅުވީ މިއީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ފަރާތުން ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްގީ ކުރުމުގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ފުޓްބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުމުގެ މަތިވެރި މަގުސަދުގައި، ހިންގާ އެކަޑަމީއެއް ކަމަށެވެ. އެ ކުލަބްގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުއި ފުޓްބޯޅަ އެކަޑަމީ ހިންގުމަށް އެއްމެ ފުރަތަމަ ފަށާ ރަށްތަކުގެ ތ...

"ޅެންވެރިޔާ 2023" މުބާރާތުގެ 1 ވަނަ ކުޅުދުއްފުށީ އާދަމް އިބްރާހިމް އަށް
Thiladhunmathi News

"ޅެންވެރިޔާ 2023" މުބާރާތުގެ 1 ވަނަ ކުޅުދުއްފުށީ އާދަމް އިބްރާހިމް އަށް

“ޅެންވެރިޔާ 2023″ މުބާރާތުގެ ގެ އެއްވަނަ ހޯދައި، މި އަހަރު ލިޔުންތެރިންގެ ގުޅުމުގެ ”ޅެންވެރިޔާ 2023” ގެ ޝަރަފު، ކުޅުދުއްފުށި ސިޓީ، ދުރުމީ / އާދަމް އިބްރާހިމް ހޯދައިފި އެވެ. އޭނާ ވަނީ މި މުބާރާތުން 2 ވަނަ އަދި 7 ވަނަ ވެސް ހޯދާފައެވެ. މިއީ ރާއްޖޭގެ ލިޔުންތެރިންގެ ޖަމިއްޔާ ލިޔުންތެރިންގެ ގުޅުމުން މި އަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މުބާރާތެކެވެ. މި މުބާރާތުގެ ތިންވަނަ އާއި ފަސްވަނަ ހޯއްދެވީ ޢަބްދުﷲ ޝާކިރު (ހަތިފުށީޝާކިރު) […]

ނޮޅިވަރަންފަރު އަންހެނުން ކޮމެޓީގެ "ބިލެއްކަމަނަ" އެވޯޑަށް ނަން ހުށަހަޅަން ހުޅުވާލައިފި
Thiladhunmathi News

ނޮޅިވަރަންފަރު އަންހެނުން ކޮމެޓީގެ "ބިލެއްކަމަނަ" އެވޯޑަށް ނަން ހުށަހަޅަން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ތައާރަފްކޮށްފައިވާ “ބިލެއްކަމަނަ” އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ. އެ ކޮމެޓީން ވިދާޅުވީ، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައި، މާޗު 1 އިން 10 ގެ ނިޔަލަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ އަހަރުގެ އަންހެނުންގެ ދުވަހާއި ގުޅުވައިގެން އެ ކޮމެޓީން ތައާ...

މަސްތުވާތަކެތި އަޅާފައި ހުރި ލަގެޖެއް ވީއައިއޭ އިން ''ގެއްލިއްޖެ''
Raajje

މަސްތުވާތަކެތި އަޅާފައި ހުރި ލަގެޖެއް ވީއައިއޭ އިން ''ގެއްލިއްޖެ''

30 ކިލޯގެ މަސްތުވާތަކެތި އަޅާފައި ހުރި ލަގެޖެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ގެއްލިއްޖެ އެވެ. ދިވެހި ފުލުހުން ހިދުމަތުން މީޑިއާއަށް މައުލޫމާތު ދެއްވާ މަންސަ (ޕްލެޓްފޯމް) ގައި ވިދާޅުވެފައިވަނީ މި ޖެނުއަރީ 8 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ކަސްޓަމްސް އިން އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ލަގެޖު ހަވާލުކޮށްފައި ނުވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ފުލުހުން އިތުރަށް ވިދާޅުވީ އޭނާ ރާއްޖެ އައި […]

ނޫސްވެރިންނާ ގުޅުވާ ދައްކާ ވާހަކަތަކުގެ ސަބަބުން ނަފްސާނީ، ޖިސްމާނީ ބިރުވެރިކަމާއި ވަނީ ކުރިމަތިލާންޖެހިފައި: މިހާރު
Raajje

ނޫސްވެރިންނާ ގުޅުވާ ދައްކާ ވާހަކަތަކުގެ ސަބަބުން ނަފްސާނީ، ޖިސްމާނީ ބިރުވެރިކަމާއި ވަނީ ކުރިމަތިލާންޖެހިފައި: މިހާރު

“މިހާރު” ނޫހުގެ ނޫސްވެރިންނާއި ގުޅުވައި ދައްކާ ސާބިތު ނުހިފޭ ވާހަކަ ތަކުގެ ސަބަބުން އެ ނޫސްވެރިންނަށް ނަފްސާނީ އަދި ޖިސްމާނީ ބިރުވެރިކަމާއި ކޮންމެދުވަހަކުން ކުރިމަތިލާންޖެހިފައިވާކަމަށް އެ ނޫހުން ބުނެފިއެވެ. އެ ނޫހުން ނެރެފައިވާ ބަޔާނެއްގައި ވަނީ އެ ނޫހަށާއި އެނޫހުގެ މުވައްޒަފުންނަށް ފުރައްސާރަ ކުރުން ބޮޑުވުމުގެ ސަބަބުން ބައެއް މައްސަލަތަކުގެ ޖިނާއީ ތަހްގީގެއް ހިންގައިދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި އެނޫހުގެ ވަކިވަކި ނޫ...

"ޕޮލިސް އިނޮވޭޝަން އެންޑް ރިސަރޗް ކޮންފަރެންސް" މާޗު މަހު ބާއްވަނީ
Raajje

"ޕޮލިސް އިނޮވޭޝަން އެންޑް ރިސަރޗް ކޮންފަރެންސް" މާޗު މަހު ބާއްވަނީ

ދިވެހި ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް އާންމުންގެ މަޝްވަރާއަށް ހުޅުވާލައިފި އެވެ. “ޕޮލިސް އިނޮވޭޝަން އެންޑް ރިސަރޗް ކޮންފަރެންސް” ގެ ނަމުގައި ބާއްވާ މި ކޮންފަރެންސް ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ މާރޗު 18 އިން 21 ގެ ނިޔަލަށެވެ. މި ކޮންފަރެންސާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ މިފަދަ ކޮންފަރެންސެއް ބޭއްވުމުގެ މަގުސަދަކީ ރައްޔިތުންގެ މަޝްވަރާއާއި ބައިވެރިވުން ހިމެނޭ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ހެދު...

ކެމްބޯޑިއާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި
Raajje

ކެމްބޯޑިއާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފި އެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅަށްފަހު، ފުރާވަޑަގެންނެވީ މިއަދު ހެނދުނު އެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދެވެ. މި ޖެނުއަރީ މަހުގެ 15 ވީ އާދީ...

ގައުމީ ކޮންފަރެންސް ލަސްވެގެން މާޗު މަހު ބާއްވާނެ: ޖޭޕީ
Raajje

ގައުމީ ކޮންފަރެންސް ލަސްވެގެން މާޗު މަހު ބާއްވާނެ: ޖޭޕީ

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ގައުމީ ކޮންފަރެންސް ލަސްވެގެން މާޗު މަސް ނިމުމުގެ ކުރިން ބާއްވާނެ ކަމަށް އެޕާޓީން ހާމަކުރައްވައިފި އެވެ. އެ ޕާޓީން މިކަން ހާމަކުރެއްވީ އެޕާޓީގެ ގައުމީ ކޮންފަރެންސް ބާއްވާނެ ތާރީހަކާމެދު ގިނަ ފަރާތްތަކުން ސުވާލު ކުރަމުން އަންނާތީ އެވެ. މިކަން އޮޅުން ފިލުވައި ދިނުމަށް ވީޑިއޯއެއް އާންމު ކުރެއްވުމުގެ އިތުރުން، ކުރެއްވި ޓްވީޓެއްގައި ޖޭޕީގެ ސެކްޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ ޖޭޕީގެ އަސާސީ ގަވައިދުގެ 18 ވަނަ މާއްދާގެ ށ. ގެ […]

މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
Raajje

މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާ ބާއްވާ ތާރީހު އިއުލާން ކޮށްފި އެވެ. މަޖިލީހުގެ އިދާރާ އިން ވިދާޅުވީ މި ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ކަމަށެވެ. ކޮންމެ އަހަރެއްގައި ވެސް މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ހަމައެކަނި އޮންނަނީ ރައީސްގެ ރިޔާސީ ބަޔާން އިއްވެވުމެވެ. އެގޮތުން ރައީސް ސާލިހުގެ މިހިނގާ 5 އަހަރުގެ ދައުރުގެ އެންމެފަހު ރިޔާސީ ބަޔާން އިއްވެވުން އޮންނާނީ އެ ދުވަހު އެވެ. ރައްޔިތުންގެ މަޖިލިސް މިއަަހަރަށް […]

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން މާލީ އެހީއަށް އެދި ހުށަހެޅުމަށް ޕޯޓަލެއް
Raajje

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން މާލީ އެހީއަށް އެދި ހުށަހެޅުމަށް ޕޯޓަލެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއަށް އެދި ހުށަހެޅުމަށް ހާއްސަ ޑިޖިޓަލް ޕޯޓަލެއް ތައާރަފްކޮށް، އެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ހުޅުވާލައިފި އެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ކުރެއްވި ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރު ވަނީ 5 ޖަނަވަރީ 2023 ގައި އެކުލަވާލެވިފަ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ “ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީ...

އެމްއެންޕީގެ ސަރުކާރެއްގައި ދިވެހި އެމްބަސީތައް ވާނީ ދިވެހި ރައްޔިތުންގެ މަދަދުގާރުންނަށް: ދުންޔާ
Raajje

އެމްއެންޕީގެ ސަރުކާރެއްގައި ދިވެހި އެމްބަސީތައް ވާނީ ދިވެހި ރައްޔިތުންގެ މަދަދުގާރުންނަށް: ދުންޔާ

އެމްއެންޕީގެ ސަރުކާރެއްގައި ރާއްޖޭގެ އެމްބަސީތަކުގައި ތިބޭނީ ޕްރޮފެޝަނަލް ޑިޕްލޮމޭޓުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް، އޯވަރސީސް ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ. އެމްއެންޕީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ދުންޏާ ވިދާޅުވީ އެ ޕާޓީގެ ސަރުކާރެއްގައި ރާއްޖޭގެ އެމްބަސީތަކުގައި ތިބޭނީ، ރާއްޖޭގެ ދިފާއުގައި ވަކާލާތުކުރަން ކެރޭ، ވަކާލާތުކުރަން އެނގޭ އަދި ކިޔަވާ ތަމްރީނު ލިބިފައިވާ ދިވެހިން ކަމަށެވެ. ރާއްޖެއިން ބޭރުގަ ހުންނަ ރާއްޖޭގެ އެމް...

މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތުން މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއް ހިންގައި 4 މީހަކު ހައްޔަރުކޮށްފި އެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ށ. މިލަންދޫ އެ އަތޮޅު ފޯކައިދޫ އަދި ނ. ހޮޅުދޫގަ އެވެ. މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަން ތަކެކެވެ. ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް އަދި އެތަކެތި ވިއްކާ، ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފަ...

ބިލެތްފަހިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

ބިލެތްފަހިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ށ. ބިލެތްފަހިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެރަށު ކައުންސިލުން ކުރައްވާފައިވާ އާންމު އިއުލާނެއްގައި ވަނީ “ބިންފަހި ޕްރޮގްރާމް” ގެ ދަށުން އެރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓުގެ ގޯތި ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ. މީގެ އިތުރުން ޝަރުތު ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 15 ފެބުރުއަރީ 2023 ވަނަ ދުވަހުގެ މެންދުރު ފަހު 2 ޖެހުމުގެ ނިޔަލަށް […...