ޅައިމަގުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާ ވެސް ހުޅުވާލައިފި

Sh. Lhaimagu

މިލަދުންމަޑުލު އުތުރުބުރީ ޅައިމަގުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާ ވެސް ހުޅުވާލައިފި އެވެ.

އެރަށު ކައުންސިލުން ވިދާޅުވީ މިކަމަށް އަނެއްކާ ވެސް ހުޅުވައިލީ އެ މަސައްކަތް ކޮށްދެނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު 27 ގައި ކޮށްފައިވާ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ ކަމަށެވެ.

އެހެންވެ، އެ އިއުލާނު ބާތިލްކޮށް އަލުން އެފުރުސަތތު ހުޅުވާލާފައިވާ ކަމަށް ކައުންސިލުން ވިދާޅުވި އެވެ.

އެކައުންސިލުން ވިދާޅުވީ މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ އިދާރާއަށްދުރުވެ، މައުލޫމާތު ސާފްކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން ވަނީ އެދިފަ އެވެ. އަދި މި މަސައްކަތަށް އަގު ހުށަހަޅުއްވާނީ އެ އިދާރާއިން ދޫކުރާ އަންދާސީ އަގު ހުށަހަޅާ ފޯމުގައި ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން  އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ހުށަހެޅުއްވުމަށާއި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުއްވުމަށް ވެސް އެ ކައުންސިލުން އެދިލައްވަ އެވެ.

ޅައިމަގު ކައުންސިލުން ވިދާޅުވީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ ޖެނުއަރީ 24 ވާ އަންގާރަ ދުވަހުގެ 11:00 އަށް އެ ކައުންސިލަށް ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވެސް އެ ކައުންސިލަށް ވަޑައިގަންނަވާނީ ފެބްރުއަރީ 01 ވާ ބުދަ ދުވަހުގެ 11:00 އަށް ކަމަށެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ވެސް ވިދާޅުވެ އެވެ.

ޅައިމަގު ކައުންސިލުން ވިދާޅުވީ އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށާއި ސިޓީއުރައިގެ ބޭރުގައި އިއުލާން ނަންބަރާއި ބިޑްކުރެވޭ މަސައްކަތް ލިޔެ، އެޑްރެސްކުރެވިފައި އޮންނަންވާނެ ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި