ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާ ބާއްވާ ތާރީހު އިއުލާން ކޮށްފި އެވެ.
މަޖިލީހުގެ އިދާރާ އިން ވިދާޅުވީ މި ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ކަމަށެވެ.
ކޮންމެ އަހަރެއްގައި ވެސް މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ހަމައެކަނި އޮންނަނީ ރައީސްގެ ރިޔާސީ ބަޔާން އިއްވެވުމެވެ.
އެގޮތުން ރައީސް ސާލިހުގެ މިހިނގާ 5 އަހަރުގެ ދައުރުގެ އެންމެފަހު ރިޔާސީ ބަޔާން އިއްވެވުން އޮންނާނީ އެ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލިސް މިއަަހަރަށް ހުޅެވޭއިރު، މިއަހަރަކީ ރިޔާސީ އިންތިހާބު ވެސް ބާއްވާ އަހަރެވެ. އެހެންކަމުން ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ އިން އަންނަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުން ނެވެ.
ރިޔާސީ ޕްރައިމަރީ މި މަހުގެ 28 ގައި ބާއްވާއިރު، މިހާރުގެ ރައީސް ސާލިހާއި ކުރީގެ ރައީސް އަދި މަޖިލީހުގެ މިހާރުގެ ރައީސް ނަޝީދު ގެންދަވަނީ ކެމްޕެއިން ކުރައްވަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!