"ޅެންވެރިޔާ 2023" މުބާރާތުގެ ގެ އެއްވަނަ ހޯދައި، މި އަހަރު ލިޔުންތެރިންގެ ގުޅުމުގެ ''ޅެންވެރިޔާ 2023'' ގެ ޝަރަފު، ކުޅުދުއްފުށި ސިޓީ، ދުރުމީ / އާދަމް އިބްރާހިމް ހޯދައިފި އެވެ.
އޭނާ ވަނީ މި މުބާރާތުން 2 ވަނަ އަދި 7 ވަނަ ވެސް ހޯދާފައެވެ.
މިއީ ރާއްޖޭގެ ލިޔުންތެރިންގެ ޖަމިއްޔާ ލިޔުންތެރިންގެ ގުޅުމުން މި އަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މުބާރާތެކެވެ.
މި މުބާރާތުގެ ތިންވަނަ އާއި ފަސްވަނަ ހޯއްދެވީ ޢަބްދުﷲ ޝާކިރު (ހަތިފުށީޝާކިރު) ހޯދިއިރު، މި އަހަރުގެ މުބާރާތުން 4 ވަނަ ލ. ފޮނަދޫ / އަރާއިރު، އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ހޯއްދެވިއިރު، 6 ވަނަ ހޯއްދެވީ ހދ. ފިނޭ / ކްރެސެންޓް ވިލާ، ފާރޫޤް އަޙްމަދެވެ. އަދި މ. ރަތްމަންދޫ / ހަޒާރުމާގެ، ޒުނައިރާ ޒަކަރިއްޔާ އަށް ލިބިވަޑައިގެންނެވީ 8 ވަނަ އެވެ.
މި ފަހަރުގެ މުބާރާތަށް ހުށަހެޅުނު ޅެންތަކުން ވަނަ ހޮވޭ މިންވަރަށް މާކުސް ނުލިބުމުގެ ސަބަބުން 9 ވަނައާއި 10 ވަނައަށް ޅެމެއް ހޮވިފައެއް ނުވެއެވެ.
ލިޔުންތެރިންގެ ގުޅުމުން ކޮންމެ އަހަރެއްގެ ޅެންވެރިންގެ ދުވަހު ޝާއިއުކުރާ ޅެންފޮތް ''ޅެންވެރިޔާ'' ގެ 7 ވަނަ ނަންބަރު ވެސް މި ޖަލްސާ ގައި ނެރުއްވައިދެއްވާފަ އެވެ. މި ފޮތް ނެރެދެއްވީ ޝަރަފުވެރި މެހުމާނު ހޯމް މިނިސްޓްރީގެ ނައިބު، އަދި ދިވެހިބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ އެވެ.
މި ފަހަރުގެ ''ޅެންވެރިޔާ'' ގައި ވެސް މުބާރާތުން ވަނަތައް ހޯއްދެވި ޅެންވެރިިންގެ ޅެންތަކާއި ރާއްޖޭގެ މަޝްހޫރު ބައެއް ޅެންވެރިންގެ ޅެންތައް ހިމަނާފައިވެއެވެ.
ކުރީ އަހަރުތަކާ ޚިލާފަށް މި ފަހަރުގެ ޅެން މުބާރާތް ހުޅުވައިލާފައި އޮތީ ''ލޯބި'' މި ތީމުގެ މައްޗަށެވެ. މި ފޮތް އެސްއެމްއީ ހަބްގެ ފޮތް ހަރުން ބައްލަވައިގަންނަން ލިބިވަޑައިގަންނަވާނެ ކަމަށް ލިޔުންތެރިންގެ ގުޅުމުން ހާމަކުރަށްވާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!