ޝަކުވާތައް ނުބަލާ ފްލެޓު ހަވާލު ނުކުރަން އޭސީސީން އަންގައިފި
“ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ނުދީ އަދި އެ މައްސަލަ ނުބަލާ ފްލެޓު އެއްބަސްވުންތަކުގައި ސޮއި ނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް މިއަދު އަންގައިފިއެވެ. މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއްޔެ އާންމު ކުރިއިރު އާންމުންގެ ފަރާތުން ވަނީ ގިނަ ޝަކުވާތަކެއް ކުރަން […]