ޗައިނާ މީހުންނަށް ދިވެހި ދަސްކޮށްދޭނެ ފޮތެއް ނެރެފިއެވެ. މިއީ މިފަދަ ފޮތެއް ނެރުނު ފުރަތަމަ ފަހަރެވެ.
ޗައިނާގެ ފެންގް ފެންގް ލިޔެފައިވާ "ދިވެހި ބަސް" މި ފޮތުގައި ވެހި ބަހާއި ޗައިނާ ބަސް ހިމަނާފައިވެއެވެ.
މިފޮތަކީ ޗައިނާ މީހުންނަށް ދިވެހި ދަސްކޮށްދިނުމުގެ މަގްސަދުގައި ލިޔެފައިވާ ފޮތަކަށް ވިޔަސް މިއީ ދިވެހިން ޗައިނާ ބަސް ދަސް ކުރުމަށް ވެސް ލިބޭނެ ފަސޭހައެކެވެ.
My book has been published as the first textbook of spoken Dhivehi in China. Hopefully more Chinese will get to understand this beautiful language. Appreciate to all my Maldivian friends who have helped me during the writing of this book. pic.twitter.com/DmnEWG3hyn
— Fang fang (@Fangfang21_) January 5, 2024
މި ފޮތް ނެރުނުކަން ހާމަކޮށް ފެންގް ފެންގް ބުނީ މި ފޮތާއެކު ޗައިނާގެ ގިނަ ބަޔަކަށް ދިވެހިންގެ ރީތި ބަސް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މި ފޮތް ލިޔުމުގައި އޭނާގެ ދިވެހި ރަހުމަތްތެރިންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
ފެންގް ގެންދަނީ މި ފޮތް އަލީ އެކްސްޕްރެސްގައި ވިއްކަމުންނެވެ.
ފެންގް 2013 އިން ފެށިގެން ދަނީ ދިވެހި ބަސް ދަސްކުރަމުންނެވެ. އޭނާ ދިވެހިބަހުގެ ކޯހެއް ފުރިހަމަ ކުރިއިރު، މިހާރު އޭނާ އަންނަނީ ޗައިނާގެ ލޭންގުއޭޖް އުނގަންނައިދޭ އެންމެ ބޮޑު ޔުނިވާސިޓީ، ބެއިޖިން ފޮރިން ސްޓަޑީސް ޔުނިވާސިޓީގައި ދިވެހި ބަސް އުނގަންނައިދެމުންނެވެ.
މި ފޮތް ނެރުމާ ގުޅިގެން ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
" ފޮތަކީ ޗައިނާ މީހުން ދިވެހި ބަހާއި ސަގާފަތް ދަސްކުރުމަށް ބޮޑު އެހީއަކަށްވާނެ ފޮތެއްކަން ޔަގީން." ޔުމްނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!