މާލޭގައި ހުންނަ ޒިކުރާ މިސްކިތުގެ ތެރެއަށް ބިސްތަކެއް އެޅި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތުގެ ތެރެއަށް ބިސްތަކެއް އަޅާފައިވާ މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިހާރު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުޅުމާލެ ސަހަރާގައި މަސައްކަތް ކުރަމުން އަންނަ ޖަމާއަތްތެރިއެއް ކަމަށްވާ އަހުމަދު މުނައްވަރު މީސް މީޑިއާގައި ފޮޓޯއާ އެކު ކުރި ޕޯސްޓެއްގައި ބުނީ ޒިކުރާ މިސްކިތުގެ ތެރެއަށް ބިސް އުކާފައި ނުވަތަ ތަޅާފައިވުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ.

މީގެ ކުރިންވެސް މާލޭގެ އެކި މިސްކިތްްތަކަށް ގެއްލުންދޭ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެގޮތުން ސްކިތުގެ ހުރުމަތް ކަނޑާލައި ހަތިމްތަކަށް ކުޅުޖަހައި، މިސްކިތަށް ކުޑަކަމުދިޔަ މީހަކު ޖަލަށް ވެސް ލިއެވެ.