ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި، ނަރުދޫ އަންހެނުންނަށް ޚާއްޞަކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މި ސެޝަނަކީ ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އާއި އެން ސްކިލްސް އެންޑް ޓްރެއިނިންގ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ސެޝަން ކުރިއަށްދާނީ މިރޭ 8:00 އިން 10:00 އަށް ނަރުދޫ ސްކޫލްގައެވެ. މި ސެޝަން ނަންގަވައިދެއްވާނީ އެން ސްކިލްސް އެންޑް ޓްރެއިނިންގގެ ފަރާތުން ހުސައިން ނާހިދެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މި އަަހަރުގެ ޝިޔާރު" ޔުނައިޓް ޓު އެންޑް ވަޔަލަންސް އަގެއިންސްޓް ވިމެން އެންޑް ގަރލްސް: އެންޝުއަރ ޖަސްޓިސް، ޕްރޮޓެކްޓް ސަވައިވާޒް، އެންޑް އިމްޕިއުނިޓީ" އާ އެއްގޮތަށް، އަންހެނުންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާ ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، އެފަދަ ކަންކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ކަނބަލުން އަހުލުވެރިކުރުވުމެވެ.

ވީހާވެސް ގިނަ ކަނބަލުން ވަގުތު ހުސްކުރައްވައިގެން މި ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެދިފައެވެ.