ޕްރީފެބްރިކޭޓެޑް (ރެޑީމޭޑް) ބަސް ޝެލްޓަރ ނުވަތަ ބަސް ސްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ހއ. ދިއްދޫ ކައުންސިލުން އިޢުލާނުކޮށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީ ކުރާ ފޯމާއި މިކަމާ ގުޅޭ މައުލޫމާތު ފޯމު އެ ކައުންސިލްގެ އިޢުލާނުގައި ހިމަނާފައިވެއެވެ.

ދިއްދޫ ކައުންސިލްގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ 2 ޑިސެންބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ. އަދި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ފޮނުވުމުގެ ފުރުޞަތު 7 ޑިސެންބަރު 2026 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލައިފައިވެއެވެ.

މީގެއިތުރުން، މި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 ޑިސެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި ދިއްދޫ ކައުންސިލްގެ އިދާރާގައިކަމަށް ވެސް އެ ކައުންސިލުން ހާމަކުރެއެވެ.

މި ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީ ކުރާ ފޯމާއި މިކަމާ ގުޅޭ މައުލޫމާތު ފޯމު އެ ކައުންސިލްގެ އިޢުލާނުގައި ވަނީ ހިމަނާފައެވެ.

މި ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓަރީ ކުރުމަށާއި އިތުރު މަޢުލޫމާތު ސާފުކުރުމަށް ކައުންސިލްގެ ރަސްމީ އީމެއިލް info@hadhidhoo.gov.mv އަށް މެއިލް ކުރުމަށާއި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 6500019 އަށް ގުޅުމަށް ކައުންސިލުން އެދެއެވެ.

މި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 ޑިސެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި ދިއްދޫ ކައުންސިލްގެ އިދާރާގައެވެ.

ދިއްދޫގައި އެމްޓީސީސީގެ ބަހުގެ ޚިދުމަތް ފަށާފައި ވަނީ 4 ސެޕްޓެމްބަރު 2023 ގައެވެ.