ޖުމުލަ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު ބައެއް ހޭދަކުރަން ހުށަހަޅާފައި ވަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށެވެ. އެއީ ފަސް ބިލިއަން ރުފިޔާގެ ބަޖެޓުން ދެ ބިލިއަން ރުފިޔާއެވެ.
ސަޕްލިމެންޓަރީ ބަޖެޓާ އެކު ޖުމްލަ ބަޖެޓުގެ ޑެފިސިޓު 18 ބިލިއަނަށް އަރާނެއެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާލީ ވަޒީރު މޫސާ ޒަމީރު މި ބަޖެޓް ހުށަހަޅަމުން ވަޒީރު ވިދާޅުވީ، އުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، މި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބަޖެޓުން ޚަރަދުވެފައިވަނީ ފާސްކުރި މިންވަރުގެ 76 އިންސައްތަ ނުވަތަ 38 ބިލިއަން ރުފިޔާ ކަމަށެވެ.
''ސަޕްލިމެންޓަރީ ބަޖެޓާއެކު ހުށަހެޅޭނެ އެއް ސުވާލަކީ، އަހަރުގެ މިހާތަނުގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަނީ ކީއްވެގެންތޯ؟މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތަސައްވުރާއި ވިސްނުން މި ބަޖެޓުގައި ފުރިހަމައަށް ހިމެނިފައި ނުވާކަމަކީ ސަޕްލިމަންޓަރީ ބަޖެޓެއް ތައްޔާރުކުރަންޖެހުނު އެއް ސަބަބު.'' ވަޒީރު ވިދާޅުވެފަވެއެވެ.
މި ބަޖެޓްގެ މުހިންމު ބައިތަކަށް ބަލާއިރު ޕީއެސްއައިޕީ ޕްރޮޖެކްޓްތަށް ކަނޑައަޅާ ދެ ބިލިއަން ރުފިޔާގެ އިތުރުން ސަބްސިޑީ (ތެޔޮ، ކާޑު، ކަރަންޓާއި ނަރުދަމާ އާއި ފެނުގެ ހިދުމަތް) އަށް އެއް ބިލިއަން ރުފިޔާ، ސްޓޫޑެންޑް ލޯނަށް 458 މިލިއަން ރުފިޔާ، ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި 650 މިލިއަން ރުފިޔާ، ސަރުކާރު ހިއްސާވާ ކުންފުނިތައް: 441 މިލިއަން ރުފިޔާ، އެންސްޕާ އަށް 263 މިލިއަން ރުފިޔާ، މެޑިކަލް ކޮންޒިއުމަބަލްސް އަށް 200 މިލިއަން ރުފިޔާ އަދި މުސާރަ އަށް 24 މިލިއަން ރުފިޔާ ހިމަނާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!