ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި ދެކުނު ސަރަހައްދު ރަށެއްގައި އުމުރުން 8 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

Ad
rt

ފުލުހުންނަށް މި ރިޕޯޓު ކޮށްފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

‘’މި މައްސަލައާއި ގުޅިގެން 26 އަހަރުގެ ބިދޭސީ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި’’ ފުލުހުން ބުނެފަވެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.