Skip to main content
Topic Archive

#ދައުލަތުގެ ބަޖެޓް

70 Stories filed
ބަޖެޓް 2027: ރިކަރަންޓް ޚަރަދު އާމްދަނީން ފޫބައްދައި، ދަރަނި ތިރިކުރުމުގެ ވަރުގަދަ އަމާޒެއް
News

ބަޖެޓް 2027: ރިކަރަންޓް ޚަރަދު އާމްދަނީން ފޫބައްދައި، ދަރަނި ތިރިކުރުމުގެ ވަރުގަދަ އަމާޒެއް

2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ރިކަރަންޓް ޚަރަދުތައް ލިބޭ އާމްދަނީން ފޫބައްދައި، ދައުލަތުގެ ދަރަނި ދަށްކުރުމަށް މުހިންމު އަމާޒުތަކެއް ކަނޑައަޅާފައިވާ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުންނެވެ. ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާ އެކު ޤައުމުގެ މާލީ ހަމަޖެހުން ދެމެހެއްޓުން ކަށަވަރުކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއްކަން ފާ

ހިލޭ ޑިގްރީ ޕްރޮގްރާމަށް 136 މިލިއަން، ލޯނުތަކަށް 651 މިލިއަނަށް ވުރެ ގިނަ ރުފިޔާ
News

ހިލޭ ޑިގްރީ ޕްރޮގްރާމަށް 136 މިލިއަން، ލޯނުތަކަށް 651 މިލިއަނަށް ވުރެ ގިނަ ރުފިޔާ

އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް 136.3 މިލިއަން ރުފިޔާ އަދި މަތީ ތައުލީމުގެ ލޯނު ފެސިލިޓީތަކަށް 651 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައިފިއެވެ. މި ތަފްސީލުތައް ހާމަކުރެއްވީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. މަޖިލީހުގައި ބަޖެޓް ބަޔާން އިއްވަވަމުން މިނިސްޓަރު ވިދާޅުވީ، ފާގަތި ގައުމެއް ބިނާކުރުމަށް ބޭނުންވާ ހުނަރާއި އިލްމު

މަސްވެރިކަން ފުޅާކުރަން 11،400 ޓަނުގެ ސްޓޯރޭޖާއި އައިސްޕްލާންޓްތައް، ދަނޑުވެރިކަމުން ހަމައަގު ހޯދައިދޭން ތަކެތި އެތެރެކުރުން ކޮންޓްރޯލް ކުރަނީ
Raajje

މަސްވެރިކަން ފުޅާކުރަން 11،400 ޓަނުގެ ސްޓޯރޭޖާއި އައިސްޕްލާންޓްތައް، ދަނޑުވެރިކަމުން ހަމައަގު ހޯދައިދޭން ތަކެތި އެތެރެކުރުން ކޮންޓްރޯލް ކުރަނީ

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ޚާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަމާއި ރައްޔިތުންގެ ފުދުންތެރިކަން ކަށަވަރުކުރުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމަކީ އެންމެ

ރާއްޖޭގެ ޑިޖިޓަލް ވެށި ބަދަލުކޮށްލަން ސޮވްރިން ކްލައުޑް ސެންޓަރަކާއި ސްމާޓް ޓްރެފިކް ނިޒާމެއް ތައާރަފުކުރަނީ
News

ރާއްޖޭގެ ޑިޖިޓަލް ވެށި ބަދަލުކޮށްލަން ސޮވްރިން ކްލައުޑް ސެންޓަރަކާއި ސްމާޓް ޓްރެފިކް ނިޒާމެއް ތައާރަފުކުރަނީ

ދިވެހިރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، ސަރުކާރުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ‘ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރ’ އެއް ޤާއިމުކުރުމަށާއި، ޓްރެފިކް މައްސަލަތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު، ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ދެއްކެވި ވާހަކައިގައެވެ. ވަޒީރުގެ ވާހަކ

'ވިޒިޓް މޯލްޑިވްސް އަހަރު'ގެ ޚާއްޞަ ހަރަކާތްތަކާއެކު އަމާޒަކީ 2.5 މިލިއަން ފަތުރުވެރިން
Business

'ވިޒިޓް މޯލްޑިވްސް އަހަރު'ގެ ޚާއްޞަ ހަރަކާތްތަކާއެކު އަމާޒަކީ 2.5 މިލިއަން ފަތުރުވެރިން

ކުރިއަށް އޮތް 2027 ވަނަ އަހަރަކީ ‘ވިޒިޓް މޯލްޑިވްސް އަހަރު’ ގެ ގޮތުގައި ކަނޑައަޅައި، އެ އަހަރު ކުރިއަށްގެންދާ ޚާއްޞަ ހަރަކާތްތަކާއެކު ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިކަން މިފަދިން ވިދާޅުވީ ވަޒީރު 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ދެއްކެވި ވާހަކައިގައެވެ. ވަޒީރުގެ ވާހަކާގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ

މަޝްރޫއުތަކުގެ 70 ޕަސެންޓް ނިންމުމުގެ އަމާޒާ އެކު 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް
Parliament

މަޝްރޫއުތަކުގެ 70 ޕަސެންޓް ނިންމުމުގެ އަމާޒާ އެކު 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް

ދައުލަތުން މިހާރު ހަވާލުކޮށްފައިވާ އަދި ހިނގަމުންދާ މަޝްރޫޢުތަކުގެ 70 އިންސައްތަ މަސައްކަތް ނިންމުމުގެ އަމާޒާ އެކު، އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބަޖެޓު މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވައިދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރެވެ. އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅީ މުޅި ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިޔަން، ހަތްސަތޭކަ ހަތަރު މިލިޔަން، ހަތަރުލައްކަ ސާޅީސްހާސް ހަތްސަތ

އަހަރީ ބަޖެޓު ފާސްކުރުން ޑިސެމްބަރަށް ބަދަލުކުރަނީ
Raajje

އަހަރީ ބަޖެޓު ފާސްކުރުން ޑިސެމްބަރަށް ބަދަލުކުރަނީ

ދެ އިންތިހާބުގެ ރެފަރެންޑަމް ވޯޓުގައި ރައްޔިތުން ނިންމާގޮތަކަށް ބެލުމަށް ފަހު ދައުލަތުގެ އަހަރީ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދުވަހަކީ ޑިސެމްބަރު މަހުގެ ދުވަހަކަށް ހެދުމަށް ބޭނުންފުޅުވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ. ކޮންގްރެސް ޕާޓީގެ ދިވެހިންގެރާއްޖެ ތަރާވީސް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން މުހިންމު ވާ އެއް ސަބަބަކީ ރައްޔިތުންނަށް ފައިދާހުރި ބަޖެޓެއް އެކުލަވާލުން ކަމަށެވެ. ރައީސް ވ...

64.2 ބިލިޔަން ރުފިޔާގެ ބަޖެޓް ކޮމެޓީން ފާސްކޮށްފި
Parliament

64.2 ބިލިޔަން ރުފިޔާގެ ބަޖެޓް ކޮމެޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީން، ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅުއްވި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓަށް، ޖުމްލަގޮތެއްގައި ބަދަލެއް ނުގެނެސް ފާސްކޮށްފިއެވެ. މިއަދު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި، ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރަން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވުމުން، އެގޮތަށް ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ހަތަރު މެންބަރަކު ވޯޓު ދެއްވި އެވެ. މި ބަޖެޓު މިއަދު ކޮމެޓީން ފާސްކޮށްފައިވާއިރު، ބަޖެޓްގެ 49.2 ބިލިޔަ...

ސުކޫކާއި ބޮންޑު ދެއްކުމުގެ ޚަރަދާނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ
Raajje

ސުކޫކާއި ބޮންޑު ދެއްކުމުގެ ޚަރަދާނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ

އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބަޖެޓުގެ ޖުމްލައަކީ، 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި) ރުފިޔާއެވެ. މި ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ، މާލީ ވަޒީރު މޫސާ ޒަމީރެވެ. މި ބަޖެޓު ހުށަހެޅުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު މީސްމީޑިއާގައި ވިދާޅުވީ، މިއީ ހިނގާ 2025 ވަނަ […]

56 ބިލިއަން ރުފިޔާގެ އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފި
Parliament

56 ބިލިއަން ރުފިޔާގެ އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފި

2025 ވަނަ އަހަރަށް ލަފާކޮށް، ސަރުކާރުން ފޮނުވާފައިވާ ދައުލަތުގެ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާ ކުރި ކޮމެޓީގެ ރިޕޯޓަށް ވޯޓަށް އަހާފައެވެ. ބަޖެޓް މަޖިލީހުން ފާސްކުރުމަށް ނެގި ވޯޓުގައި 70 މެންބަރަކު ވަނީ ބަޖެޓް ފާސް ކުރުމަށް ވޯޓު ދެއްވާފައެވެ. އަންނަ އަހަރާށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 […]

ބަޖެޓް ބަހުސް މިއަދު ނިންމާލަނީ
Parliament

ބަޖެޓް ބަހުސް މިއަދު ނިންމާލަނީ

2025 ވަނަ އަހަރަށް ލަފާކޮށް، ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ބަހުސް މިއަދުގެ ނިޔަލަށް ނިންމާނެކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ޢިއުލާންކޮށްފިއެވެ. މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 50 ވަނަ ޖަލްސާގައި ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ބަޖެޓް ބަހުސްގައި ބައިވެރިވާން ބޭނުންވާ މެންބަރުން މިއަދު 9:30 ގެ ކުރިން ބަހުސްގައި ބައިވެރިވުމަށް ފުރުސަތުދެއްވާފައެވެ. މާލީ ވުޒާރާއިން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާ...

އަންނަ އަހަރަށް 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
Parliament

އަންނަ އަހަރަށް 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

ސަރުކާރުން 2025 ވަނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. މިއީ މި އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައި ދެއްވީ، މިއަދު މެންދުރުފަހު 1:00 ގައި ފެށި ޖަލްސާގައި މާލީ ވަޒީރު މޫސާ ޒަމީރެވެ. މި ބަޖެޓްގައި އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މީގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ […]

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި
Parliament

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި

ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. 2024 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ސަޕްލިމެންޓަރީ ބަޖެޓު، ބަޖެޓު ދިރާސާ ކުރާ ކޮމެޓީން އިއްޔެ ފާސްކޮށްފައިވާއިރު، މިއަދުގެ މަޖިލިސްގެ ޖަލްސާގައި ވަނީ މި ބަޖެޓަށް ވޯޓަށް އަހާފައެވެ. މި ވޯޓުގައި ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރީ 75 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސް ކުރުމާ ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ. މިއީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ. ސަޕްލިމެންޓްރީ...

ކޮމެޓީން ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި
Raajje

ކޮމެޓީން ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި

ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރަން އެކުލަވާލި ބަޖެޓު ކޮމިޓީން އެ ބަޖެޓް މިއަދު ފާސްކޮށްފިއެވެ. ސަޕްލިމެންޓަރީ ބަޖެޓު ދިރާސާކުރަން މިއަދު 14:30 ގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބަޖެޓު ފާސްކުރަން ހުށަހެޅުއްވީ މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ. ޤާސިމް ހުށަހެޅުއްވީ ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ އެވެ....

ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކަށް ފަޒާދު
Parliament

ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކަށް ފަޒާދު

ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރަން އެކުލަވާލި ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހޮވައިފިއެވެ. މިއަދު ހެނދުނު 10:15 ގައި ފެށި ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމުގައި މުގައްރިރަކަށް ފަޒާދު ހޮވީ ކޮމެޓީގެ އަޣުލަބިއްޔަތުންނެވެ. ކޮމެޓީގެ ނައިބަކަށް ހޮވާފައި ވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. ޖުމުލަ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 2...