ށ.އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި

ފޮޓޯ: ސިއްހަތާބެހޭ ވުޒާރާ
ފޮޓޯ: ސިއްހަތާބެހޭ ވުޒާރާ

ށ.ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފިއެވެ.

ސިއްހަތާބެހޭ ވުޒާރާއިން ވިދާޅުވީ، ށ. ފުނަދޫ ހޮސްޕިޓަލުގައި ޑަޔަލިސްގެ ޚިދުމަތް ފެށުމާއި އެކު ރާއްޖޭގެ 12 އަތޮޅެއްގައި މި ޚިދުމަތް މިހާރު ލިބޭނެމަގު ފަހިކޮށްދެވިފައިވާ ކަމަށެވެ.

އަތޮޅުތަކުގެ ޞިއްހީ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ޑަޔަލިސިސްގެ ޚިދުމަތް މިހާރު ލިބެންނެތް 8 އަތޮޅަކީ އއ، އދ، ވ، މ، ފ، ދ، ތ އަދި ގދ އަތޮޅެވެ.

މި ޚިދުމަތް ލިބެން ނެތް މި 8 އަތޮޅުގައި މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ޚިދުމަތް ފެށުމަށް ސިއްހަތާބެހޭ ވުޒާރާއިން އަމާޒު ހިފާފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ.

ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި މި ޚިދުމަތް ފެށުމާއި އެކު އެ އަތޮޅުން މި ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑުތަނުން ހަރަދު ކުޑަވެ އުފުލަމުންދާ ތަކުލީފުތަކަށް ލުއެއް ލިބިގެންދާނެއެވެ.

ށ. އަތޮޅުގެ އާބާދީ 19000 ހާހަށްވުރެ ގިނައެވެ.

ޑަޔަލިސިސްގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތައާރަފް ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ސަރުކާރުގެ އަމާޒަކީ މާލެއާއި އެއް ފެންވަރަށް ޑަޔަލިސިސް ސެންޓަރުގެ ހިދުމަތް ކޮންމެ އަތޮޅެއްގެ މައި ހޮސްޕިޓަލުން ލިބޭނެ ގޮތް ހަމަޖެއްސުންކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި