ވެމްކޯއިން ކުޅުދުއްފުށި ސިޓީގައި ހިދުމަތް ދޭން ފަށައިފިއެވެ.
އެ ކުންފުނިން އަންނަނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އާބާދީ ބޮޑު ރަށްތަކުގައި ހިދުމަތް ދިނުމުގެ މަސައްކަތް ފަށަމުންނެވެ. އެގޮތުން މި މަހު މާފުށީގައިވެސް ވެމްކޯގެ ހިދުމަތް ވަނީ ފަށާފައެވެ.
ވެމްކޯއިން ވަނީ އެ ކުންފުނީގެ ހިދުމަތް ކުޅުދުއްފުއްޓަށް ދިނުމާއެކު އެ ހިދުމަތުގެ ބޭނުން ކުރުމަށް އެދިފައެވެ.
ވެމްކޯއިން އަންނަނީ ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކި ސަރަހައްދުތަކުގައި ވޭސްޓް ކަލެކްޝަން ސެންޓަރުތައް ހެދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
މީގެ އިތުރުން ކުނިން ހަކަތަ އުފެއްދުމުގެ މަސައްކަތްވެސް ވެމްކޯއިން އަންނަނީ ކުރަމުންނެވެ. މި މަސައްކަތް ކުރުމަށް އައްޑޫ ސިޓީ ފެސިލިޓީގައި ވަނީ މަސައްކަތް ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!