ޖެނުއަރީން ފެށިގެން މަތީ އާމްދަނީ ލިބޭ މީހުން ކްލިނިކްތަކުން އާސަންދަ ބޭނުންކުރާއިރު 15 ޕަސެންޓް ދައްކަންޖެހޭނެ
މަހެއްގެ މައްޗަށް 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ދިވެހިން، އަމިއްލަ ސިއްހީ ހިދުމަތްދޭ ތަންތަނުން އާސަންދަ މެދުވެރިކޮށް ހިދުމަތް ހޯދާއިރު 15 ޕަސެންޓުގެ ކޯ-ޕޭމަންޓެއް ދައްކަންޖެހޭ ގޮތަށް ނިންމައިފިއެވެ. މި އުސޫލަށް އަމަލުކުރަން ފަށަން ކަނޑައަޅާފައިވަނީ 1 ޖަނަވަރީ 2027 އިން ފެށިގެންނެވެ. މިކަން ހާމަކޮށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން ނެރުނު އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ހިނގަމުންދާ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި، އެހެނިހެން ޕްރ