ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ނެއްލައިދޫ އެންމެ އަލިގަދަތަރި" ޤުރުއާން މުބާރާތް މިއަދު ފަށާނެއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ އާބާދީގެ މެދުގައި ޤުރްއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކީރިތި ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި ރީތިކޮށް ބަލައިގެން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހު އަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރިކުރުވުމެވެ.
ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާވާލެއްވި މައްސަރަށް ވުމާއިއެކު މިމައްސަރުގައި ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ދޭންޖެހޭ އަޙައްމިއްޔަތު އިތުރު ކުރުމާއި އެ ރަށުގައި ޙާފިޡުން އުފެއްދުމާއި ރާއްޖެއާ ރާއްޖޭން ބޭރުން ލިބޭ ޤުރުއާން މުބާރާތުގައި އެ ރަށް ތަމްސީލުކުރާނެ ދަރިންތަކެއް ތައްޔާރު ކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ނެއްލައިދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ބައިވެރިންނާއިގުޅޭ މައުލޫމާތު ތިރީގައި ހިމަނާލާފައި އެވަނީއެވެ.
- މުޙައްމަދު އައްލާމް ޙުސައިން ރަޝީދު
ހދ. ނެއްލައިދޫ ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހދ. ނެއްލައިދޫ ދޯސްތީހައުސް ، މުޙައްމަދު އައްލާމް ޙުސައިން ރަޝީދަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވަން ހިތްޖެހި، ޤުރުއާނުގެ އިލްމު ހޯދަން މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. ކީރިތި ޤުރުއާނަށް ހިތުގައި އޮންނަ ލޯތްބެއްގެ ބޮޑުކަމުން، އޭނާގެ ޝައުގުވެރިކަން ޤުރުއާނާއިމެދު އިތުރުވެގެން ދިޔައެވެ.
ނެއްލައިދޫ ކައުންސިލާއި ސްކޫލުގެ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ބޮޑު ޝައުގުވެރިކަމެއް އައްލާމް އޮވެއެވެ. ނެއްލައިދޫ އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން، އެންމެ ބޮޑަށް ޝައުގުވެރިކަން އިތުރުވެގެން ދިޔަ ސަބަބަކީ މި މުބާރާތަކީ އަލަށް ރަށުގެ ހުރިހާ އުމުރުފުރާއަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތަކަށް ވުމެވެ.
އައްލާމް އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުގައި ބައިވެރިވަމުންނެވެ. އަދި ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި ގިނަ މުބާރާތްތަކުގައި ބައިވެރިވެފައިވެއެވެ.

އައްލާމް ބައިވެރިވެފައިވާ ޤުރުއާން މުބާރާތްތަކާއި ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- 2021 ވަނަ އަހަރު ޕަޓޯ ސްޕޯޓްސް އެކަޑަމީގެ ފަރާތުން ބޭއްވި ޤުރުއާން މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން 11 އަހަރުން ދަށުން 2 ވަނަ
- 2022 ވަނަ އަހަރުގެ ނެއްލައިދޫ ސްކޫލު ޤުރުއާން މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރައިން ނުބަލާ ކިޔެވުމުގެ ބައިން 3 ވަނަ
- 2021 ވަނަ އަހަރު ނެއްލައިދޫ މައިނުލް ޤުރުއާން ކުލާހުން، އަލް މަރްހޫމް އަޙްމަދު އިބްރާހީމް އާއި އަލް މަރުހޫމާ ޚަދީޖާ އަލީގެ ހަނދާނުގައި ބޭއްވި ޤުރުއާން މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރައިން ނުބަލާ ކިޔުމުގެ ބައިން 2 ވަނަ
ޤުރުއާނުގެ އިލްމު އައްލާމްއަށް އުނގައްނައި ދިނުމަށް އާއިލާގެ މެމްބަރުންނާއި، ޤުރުއާނުގެ އިލްމު އުނގަނަވައިދެއްވާ އެންމެހައި ފަރާތްތަކާއި އަދި އެފަރާތްތައް ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް އޭނާ ޝުކުރު އަދާކުރެއެވެ.
އައްލާމްއަކީ ލިބޭ ހުސްވަގުތުގައި ސްކޫލުންދޭ ފިލާވަޅުތައް ހެދުމާއި ގުރުއާން ހިފްޒުކުރުމާއި މުތާލިޔާ ކުރުމާއި ހަވީރު ފުޓްބޯޅަ ކުޅުމަކީ އައްލާމް ކުރާ ކަންކަމެވެ.
މުބާރާތުގެ ފައިނަލް ބުރަށް ހޮވި ރަނގަޅު ކާމިޔާބެއް ހޯދުމަކީ އައްލާމުގެ އަޒުމެކެވެ.
- އީމާ މުޙައްމަދު އިމާދު
ހދ. ނެއްލައިދޫ ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު އަމާޒު، އީމާ މުޙައްމަދު ޢިމާދަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވަން ހިތްޖެހި، ޤުރުއާނުގެ އިލްމު ހޯދަން މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ.
އަބަދުވެސް ނެއްލައިދޫ ކައުންސިލާއި ސްކޫލުގެ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ބޮޑު ޝައުގުވެރިކަމެއް އޮންނަ އީމާ، ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން، އެންމެ ބޮޑަށް ޝައުގުވެރިކަން އިތުރުވެގެން ދިޔަ ސަބަބަކީ މި މުބާރާތަކީ އަލަށް ރަށުގެ ހުރިހާ އުމުރުފުރާއަކަށް އަމަޒުކޮށްގެން ބާއްވާ މުބާރާތަކަށް ވުމެވެ.
އީމާ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ނެއްލައިދޫ ސްކޫލުގެ ގުރުއާން މުބާރާތުގައި ބައިވެރިވަމުންނެވެ. އޭނާ ވަނީ ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި ބޭއްވި ގިނަ މުބާރާތްތަކުގައި ބައިވެރިވެ ފާހަގަ ކޮށްލެވޭ ފަދަ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އީމާ ބައިވެރިވެފައިވާ ޤުރުއާން މުބާރާތްތަކާއި ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- 2017 ވަނަ އަހަރު ހދ. އަތޮޅު ކައުންސިލުން ބޭއްވި ޤުރްއާން މުބާރާތް
- 2019 ވަނަ އަހަރު ހދ. އަތޮޅު ކައުންސިލުން ބޭއްވި ޤުރްއާން މުބާރާތް
- 2022 ވަނަ އަހަރު ހދ. އަތޮޅު ކައުންސިލުން ބޭއްވި ޤުރްއާން މުބާރާތް
- 2023 ވަނަ އަހަރު ހދ. އަތޮޅު ކައުންސިލުން ބޭއްވި ޤުރްއާން މުބާރާތް
- 2019 ވަނަ އަހަރު ގައުމީ ގުރުއާން މުބާރާތް
- 2020 ވަނަ އަހަރު ގައުމީ ގުރުއާން މުބާރާތް
- 2024 ވަނަ އަހަރު ގައުމީ ގުރުއާން މުބާރާތް
- 2015 އިން 2023 ގެ ނިޔަލަށް ނެއްލައިދޫ ސްކޫލުގެ ގުރުއާން މުބާރާތް
- 2017 ވަނަ އަހަރު ނެއްލައިދޫ ސްކޫލު ޤުރުއާން މުބާރާތުގެ 7 އަހަރުން ދަށުގެ އުމުރުފުރައިން 2 ވަނަ
- 2017 ވަނަ އަހަރު ނެއްލައިދޫ ސްކޫލު ޤުރުއާން މުބާރާތުގެ 7 އަހަރުން ދަށުގެ އުމުރުފުރައިން ނުބަލާ ކިޔުމުގެ ބައިން 1 ވަނަ
- 2018 ވަނަ އަހަރު ނެއްލައިދޫ ސްކޫލު ޤުރުއާން މުބާރާތުގެ 9 އަހަރުން ދަށުގެ އުމުރުފުރައިން ނުބަލާ ކިޔުމުގެ ބައިން 1 ވަނަ
- 2019 ވަނަ އަހަރު ނެއްލައިދޫ ސްކޫލު ޤުރުއާން މުބާރާތުގެ 9 އަހަރުން ދަށުގެ އުމުރުފުރައިން ނުބަލާ ކިޔުމުގެ ބައިން 2ވަނަ
- 2022 ވަނަ އަހަރު ނެއްލައިދޫ ސްކޫލު ޤުރުއާން މުބާރާތުގެ 11 އަހަރުން ދަށުގެ އުމުރުފުރައިން ނުބަލާ ކިޔުމުގެ ބައިން 1 ވަނަ
- 2022 ވަނަ އަހަރު ނެއްލައިދޫ ސްކޫލު ޤުރުއާން މުބާރާތުގެ މުޅި މުބާރާތުން ނުބަލާ ކިޔުމުގެ ބައިން 2ވަނަ
- 2022 ވަނަ އަހަރު ނެއްލައިދޫ ސްކޫލު ގުރޭޑް 6 ކުން ނުބަލާ ކިޔެވުމުގެ ބައިން 1 ވަނަ
- 2022 ވަނަ އަހަރު ނެއްލައިދޫ ސްކޫލު ޤުރުއާން މުބާރާތުގެ މުޅި މުބާރާތުން ނުބަލާ ކިޔުމުގެ ބައިން 1 ވަނަ
- 2021 ވަނަ އަހަރު ނެއްލައިދޫ މައިނުލް ޤުރުއާން ކުލާހުން، އަލް މަރްހޫމް އަޙްމަދު އިބްރާހީމް އާއި އަލް މަރުހޫމާ ޚަދީޖާ އަލީގެ ހަނދާނުގައި ނެއްލައިދޫގައި ބޭއްވި ޤުރުއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން 12 އަހަރުން ދަށުން 3 ވަނަ.
- 2021 ވަނަ އަހަރު ޕަޓޯ ސްޕޯޓްސް އެކަޑަމީގެ ފަރާތުން ބޭއްވި ގުރުއާން މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން 11 އަހަރުން ދަށުން 2 ވަނަ
ޤުރުއާނުގެ އިލްމު އީމާއަށް އުނގައްނައި ދިނުމަށް މަންމަގެ އިތުރުން އާއިލާ މެމްބަރުން ކޮށްދޭ ބުރަ މަސައްކަތާއި މުދައްރިސުންގެ މަސައްކަތް އޭނާ ފާހަގަ ކުރަނީ ޝުކުރުވެރިކަމާއި އެކުއެވެ.
އީމާއަކީ ލިބޭ ހުސްވަގުތުގައި ސްކޫލުންދޭ ފިލާވަޅުތައް ހެދުމާއި ފިލާވަޅުތައް ދަސްކުރުމާއި ގުރުއާން ހިފްޒުކުރުމާއި މުތާލިޔާ ކުރުމުގައި ވަގުތު ހޭދަކުރާ ކުއްޖެކެބެ.
މުބާރާތުގެ ފައިނަލް ބުރަށް ހޮވި ރަނގަޅު ކާމިޔާބެއް ހޯދުމަކީ އޭނާގެ އަޒުމެކެވެ.
- ޢާއިޝަތު މަލްދާ
ހދ. ނެއްލައިދޫ ސްކޫލާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އަދި މޯލްޑިވުސް ބިޒްނަސް ސްކޫލުން ތައުލީމް ހާސިލުކޮށްފައިވާ، އެ ރަށު ވާދީ، އާޢިޝަތު މަލްދާއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވަން ހިތްޖެހި، ޤުރުއާނުގެ އިލްމު ހޯދަން ބުރަ މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ.
މަލްދާ ވަނީ ފާއިތުވިތަނުގައި ނެއްލައިދޫ ކައުންސިލާއި ސްކޫލުގެ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެފައިވެއެވެ. ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން، އޭނާ އެންމެ ބޮޑަށް ޝައުގުވެރިވި ސަބަބަކީ މި މުބާރާތުގެ ސަބަބުން ޤުރުއާނުގެ އިލްމު ކުރިއެރުވުމަށާއި ހުނަރު ތަރައްޤީ ކުރުމުގެ އިތުރުން މުރާޖާ ކުރުމަށް ފުރުސަތު ފަހިވެގެން ދިޔުމެވެ.
މަލްދާ ވަނީ ސްކޫލު ދައުރުގައި ގުރޭޑު 1 އިން ފެށިގެން ގުރޭޑް 12 ގެ ނިޔަލަށް ސްކޫލް ބޭއްވި ހުރިހާ މުބާރާތެއްގައި ބައިވެރިވެފައެވެ. ގުރޭޑް 6 އިން ފެށިގެން ސްކޫލު ނިމެންދެން ހދ. އަތޮޅު ގުރުއާން މުބާރާރުގައި ކޮންމެ އަހަރަކުވެސް ވަނީ ބައިވެރިވެފައެވެ.

މަލްދާ ބައިވެރިވެފައިވާ ޤުރުއާން މުބާރާތްތަކާއި ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- ނެއްލައިދޫ ސްކޫލުގެ ގުރުއާން މުބާރާތް
- ހދ.އަތޮޅު ޤުރުއާން މުބާރާތް
- ނެއްލައިދޫ ކައުންސިލް ޤުރުއާން މުބާރާތް
- ރަށުގައި ބޭއްވޭ އެހެނިހެން ޤުރުއާން މުބާރާތްތައް
ސްކޫލު ދައުރުގައި ސްކޫލް އިންތިޒާމް ކޮށްފައިވާ ޤުރުއާން މުބާރާތްތަކުގެ ތެރެއިން 2 މުބާރާތް ފިޔަވާ ހުރިހާ މުބާރާތަކުން އުމުރުފުރައިން 1 ވަނަ އަދި މުޅި މުބާރާތުން 1 ވަނަ ހޯދާފައިވެއެވެ.
ޤުރުއާން އިލްމުގައި ކުރިއަށް ދިޔުމަށް މައިންބަފައިންނާއި އާއިލާގެ މެމްބަރުންނާއި ފިރިމީހާގެ އިތުރުން އަޝްރަފް ސަރ ކޮށްދެއްވި މަސައްކަތް ފާހަގަކޮށް އޭނާ ޝުކުރު އަދާކުރެއެވެ.
- އާލާ އަޙްމަދު އަޝްރަފް
ހދ. ނެއްލައިދޫ ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އާލާ އަޙްމަދު އަޝްރަފަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވަން ހިތްޖެހި، ޤުރުއާނުގެ އިލްމު ހޯދަން ބުރަ މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. އޭނާއަށް އެންމެ ކުޑައިރު ވެސް ގޭތެރެއިން ފެނުނީ ޤުރުއާން ކިޔަވާ މަންޒަރެވެ. ބައްޕައަކީ ޤުރުއާން ކުލާހެއް ރަށުގައި ހިންގައި އެހެން މީހުންނަށް ޤުރުއާން އުނގައްނައި ދިނުމަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. އަދި ބައްޕައަކީ އިމާމެކެވެ. މިއީ ހައްތަހާ ވެސް އާލާ ޤުރުއާނުގެ ތެރެއަށް ވަނުމަށް މެދުވެރިވި ސަބަބުތަކެވެ.
ނެއްލައިދޫ ކައުންސިލާއި ސްކޫލުގެ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ބޮޑު ޝައުގުވެރިކަމެއް އާލާގެ އަބަދުވެސް އޮވެއެވެ. ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން، އެންމެ ބޮޑަށް ޝައުގުވެރިކަން އިތުރުވެގެން ދިޔަ ސަބަބަކީ މި މުބާރާތަކީ އަލަށް ރަށުގެ ހުރިހާ އުމުރުފުރާއަކަށް އަމަޒުކޮށްގެން ބާއްވާ މުބާރާތައް ވުމެވެ.
އާލާ ވަނީ ފާއިތުވިތަނުގައި ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތާއި ކައުންސިލުގެ ޤުރުއާން މުބާރާތާއި، ޤައުމީ 35 ވަނަ ޤުރުއާން މުބާރާތާއި، ހދ.އަތޮޅު ޤުރުއާން މުބާރާތް 2022، އަދި ނެއްލައިދޫ ޕްރީސްކޫލް ޤުރުއާން މުބާރާތްމުބާރާތުގައި ބައިވެރިވެފައެވެ.

އާލާ ބައިވެރިވެފައިވާ ޤުރުއާން މުބާރާތްތަކާއި ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- 1438 ވަނަ އަހަރު ނެއްލައިދޫ ޕްރީސްކޫލް ޤުރުއާން މުބާރާތް
- 1438 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުގެ ނާސަރީން 1 ވަނަ
- 1439 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތް
- 1439 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުގެ 6 އަހަރުން ދަށުން ނުބަލާ ކިޔެވުމުން 3 ވަނަ
- 1440 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތް
- 1440 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުގެ 6 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 1 ވަނަ
- 1440 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުގެ 6 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން މުޅި މުބާރާތުން 3 ވަނަ
- 1443 ވަނަ އަހަރު ނެއްލައިދޫ ކައުންސިލުގެ 5 ވަނަ ޤުރުއާން މުބާރާތް
- 1443 ވަނަ އަހަރު ނެއްލައިދޫ ކައުންސިލުގެ 5ވަނަ ޤުރުއާން މުބާރާތުގެ 9 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 1 ވަނަ
- 1444 ވަނަ އަހަރު ނެއްލައިދޫ މަޢީނުލް 1 ވަނަ ޤުރުއާން މުބާރާތް
- 1444 ވަނަ އަހަރު ނެއްލައިދޫ މަޢީނުލް ޤުރުއާން 1ވަނަ ޤުރުއާން މުބާރާތުގެ 11 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 2 ވަނަ
- 1444 ވަނަ އަހަރު ނެއްލައިދޫ މަޢީނުލް ޤުރުއާން 1ވަނަ ޤުރުއާން މުބާރާތުގެ މުޅި މުބާރާތުން 3 ވަނަ
ޤުރުއާނުގެ އިލްމު އާލާއަށް އުނގަންނައި ދިނުމަށް މަންމައާއި ބައްޕަ ކޮށްދެއްވާ މަސައްކަތަށް އޭނާ ޝުކުރު އަދާކުރެއެވެ. ޤުރުއާނަށް ހިތްޖެހި ދަސްކުރަން މަސައްކަތް ކުރުމަށް ހިތުގައި ޝައުޤުވެރިކަން އޮންނާތީ އޭނާ އެކަމަށް ﷲ އަށް ހަމްދުކުރެއެވެ.
- ޢިޝާ އަޙްމަދު އަޝްރަފް
ހދ. ނެއްލައިދޫ ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ގަސްކަރަ، ޢިޝާ އަޙްމަދު އަޝްރަފަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވަން ހިތްޖެހި، ޤުރުއާނުގެ އިލްމު ހޯދަން ބުރަ މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. ޢިޝާގެ ބައްޕަ އަންނަނީ ގޭގައި ޤުރުއާން ކްލާސް ހިންގައި އެހެން މީހުންނަށް ޤުރުއާން އުނގައްނައި ދެމުންނެވެ. އަދި ބައްޕައަކީ އިމާމެކެވެ. ބައްޕަ ޤުރުއާނުގެ ތެރޭ އުޅޭތަން ފެނުމަކީ ޢިޝާ މި ދާއިރާއިން އިތުރަށް ކުރިއަށް ދާން ބޭނުންވެ ޝައުޤު އިތުރުވެގެންދިޔަ ސަބަބެކެވެ.
ނެއްލައިދޫ ކައުންސިލާއި ސްކޫލު ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ބޮޑު ޝައުގުވެރިކަމެއް ޢިޝާގެ އަބަދުވެސް އޮވެއެވެ. ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން، އެންމެ ބޮޑަށް ޝައުގުވެރިކަން އިތުރުވެގެން ދިޔަ ސަބަބަކީ މި މުބާރާތަކީ އަލަށް ރަށުގެ ހުރިހާ އުމުރުފުރާއަކަށް އަމަޒުކޮށްގެން ބާއްވާ ރަށު ފެންވަރުގެ މުބާރާތަކަށްވުމާއެކު ޤުރުއާނުގެ ދާއިރާއިން އައު ކަންކަން ތަޖުރިބާ ކޮށްލަން ބޭނުންވާތީއެވެ.
ޢިޝާ ވަނީ ނެއްލައިދޫ ސްކޫލުގެ ގުރުއާން މުބާރާތާއި ކައުންސިލުގެ ޤުރުއާން މުބާރާތާއި، ޤައުމީ 33 ވަނަ އަދި 34 ވަނަ ޤުރުއާން މުބާރާތް، ހދ.އަތޮޅު ޤުރުއާން މުބާރާތް 2017،2019، 2022 ، އަދި ނެއްލައިދޫ ޕަޓޯ ސްޕޯޓްސް އެކަޑަމީއާއި ނެއްލައިދޫ ކައުންސިލް ގުޅިގެން ބޭއްވި ޤުރުއާން މުބާރާތުގެ އިތުރުން މަޢީނުލް ޤުރުއާން މުބާރާތުގައި ބައިވެރިވެފައެވެ.

ޢިޝާ ބައިވެރިވެފައިވާ ޤުރުއާން މުބާރާތްތަކާއި ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- 1438 ވަނަ އަހަރު ހދ. އަތޮޅު ޤުރުއާން މުބާރާތް
- 1440 ވަނަ އަހަރު ހދ. އަތޮޅު ޤުރުއާން މުބާރާތް
- ތިލަދެކުނު ޤުރުއާން މުބާރާތް 2023
- 1438 ވަނަ އަހަރު ނެއްލައިދޫ ސްކޫލް ޤުރުއާން މުބާރާތް
- 1438 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުގެ މުޅި މުބާރާތުން ނުބަލާ ކިޔެވުމުން 3 ވަނަ
- 1438 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުން 6 އަހަރުން ދަށް ނުބަލާ ކިޔެވުމުން 2 ވަނަ
- 1438 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުން 6 އަހަރުންދަށް ބަލައިގެން ކިޔެވުމުން 1 ވަނަ
- 1439 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތް
- 1439 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުގެ 7 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 2 ވަނަ
- 1440 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތް
- 1440 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުގެ 9 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 1 ވަނަ
- 1440 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުން މުޅި މުބާރާތުން 2 ވަނަ
- 1443 ވަނަ އަހަރު ނެއްލައިދޫ ކައުންސިލުގެ 5 ވަނަ ޤުރުއާން މުބާރާތް
- 1443 ވަނަ އަހަރު ނެއްލައިދޫ ކައުންސިލުގެ 5ވަނަ ޤުރުއާން މުބާރާތުގެ 13 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 1 ވަނަ
- 1443 ވަނަ އަހަރު ނެއްލައިދޫ ކައުންސިލުގެ 5ވަނަ ޤުރުއާން މުބާރާތުގެ 1 ވަނަ
- 1443 ވަނަ އަހަރު ނެއްލައިދޫ ކައުންސިލުގެ 5ވަނަ ޤުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުން މުޅި މުބާރާތުން 1 ވަނަ
- 1443 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތް
- 1443 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުގެ 11 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 1 ވަނަ
- 1443 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުން މުޅި މުބާރާތުން 2 ވަނަ
- 1443 ވަނަ އަހަރު ނެއްލައިދޫ މަޢީނުލް 1 ވަނަ ޤުރުއާން މުބާރާތް
- 1444 ވަނަ އަހަރު ނެއްލައިދޫ މަޢީނުލް ޤުރުއާން 1ވަނަ ޤުރުއާން މުބާރާތުގެ 13 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 1 ވަނަ
- 1444 ވަނަ އަހަރު ނެއްލައިދޫ މަޢީނުލް ޤުރުއާން 1ވަނަ ޤުރުއާން މުބާރާތުގެ މުޅި މުބާރާތުން 1 ވަނަ
ޤުރުއާނުގެ އިލްމު އުނގެނުމުގެ ނިއުމަތް އޭނާއަލް ފަހިވެގެން ދިޔަކަމަށްޓަކައި ﷲ އަށް ހަމްދުކުރާހާލު، ބައްޕައާއި މަންމަ ކޮށްދެއްވަމުން އަންނަ މަސައްކަތް އޭނާ ޝުކުރުވެރިކަމާއިއެކު ފާހަގަ ކުރެއެވެ.
- ފާޠިމަތު ނައުޝީން
ހދ. ނެއްލައިދޫ ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު ރެޑްސްޓާރ، ފާޠިމަތު ނައުޝީނަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވަން ހިތްޖެހި، ޤުރުއާނުގެ އިލްމު ހޯދަން ބުރަ މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ.
ނެއްލައިދޫ ކައުންސިލާއި ސްކޫލުގެ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ބޮޑު ޝައުގުވެރިކަމެއް ނައުޝީންގެ އޮވެއެވެ. ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން، އެންމެ ބޮޑަށް ޝައުގުވެރިކަން އިތުރުވެގެން ދިޔަ ސަބަބަކީ މި މުބާރާތަކީ އަލަށް ރަށުގެ ހުރިހާ އުމުރުފުރާއަކަށް އަމަޒުކޮށްގެން ބާއްވާ މުބާރާތަކަށް ވުމާއި ޤުރުއާން ކިޔެވުން އިތުރަށް ރަނގަޅުކޮށް ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުން ވުމެވެ.
ނައުޝީން ވަނީ ފާއިތުވެ ދިޔަތަނުގައި ނެއްލައިދޫ ސްކޫލުގެ ގުރުއާން މުބާރާތާއި ޤައުމީ ޤުރުއާން މުބާރާތާއި، ކައުންސިލް ޤުރުއާން މުބާރާތުގެ އިތުރުން ހދ.އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވެފައެވެ.

ނައުޝީން ބައިވެރިވެފައިވާ ޤުރުއާން މުބާރާތްތަކާއި ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- 1443 ވަނަ އަހަރު ނެއްލައިދޫ ކައުންސިލުގެ 5 ވަނަ ޤުރުއާން މުބާރާތް
- 1443 ވަނަ އަހަރު ނެއްލައިދޫ ކައުންސިލުގެ 5ވަނަ ޤުރުއާން މުބާރާތުގެ 16 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 1 ވަނަ
- 1443 ވަނަ އަހަރު ނެއްލައިދޫ ކައުންސިލުގެ 5ވަނަ ޤުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުން މުޅި މުބާރާތުން 1 ވަނަ
- 1443 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތް
- 1443 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުގެ 13 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 1 ވަނަ
- 1443 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުން މުޅި މުބާރާތުން 1 ވަނަ
ޤުރުއާނުގެ އިލްމު ނައުޝީންއަށް އުނގަންނައި ދިނުމަށް އާއިލާގެ މެމްބަރުންނާއި، މުދައްރިސުން ކޮށްދެއްވާ މަސައްކަތް އޭނާ ފާހަގަ ކުރެއެވެ. އަލިގަދަތަރި މުބާރާތުން ރަނގަޅު ކާމިޔާބެއް ހޯދުމަކީ ނައުޝީންގެ އަޒުމެކެވެ.
- މުޙައްމަދު ރިވާހް
ހދ. ނެއްލައިދޫ ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު އަޝަރީމާގެ، މުޙައްމަދު ރިވާހުއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވަން ހިތްޖެހި، ޤުރުއާނުގެ އިލްމު ހޯދަން ބުރަ މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ.
ނެއްލައިދޫ ކައުންސިލާއި ސްކޫލުގެ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ބޮޑު ޝައުގުވެރިކަމެއް ރިވާހުގެ އޮވެއެވެ. ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން، އެންމެ ބޮޑަށް ޝައުގުވެރިކަން އިތުރުވެގެން ދިޔަ ސަބަބަކީ މި މުބާރާތަކީ އަލަށް ރަށުގެ ހުރިހާ އުމުރުފުރާއަކަށް އަމަޒުކޮށްގެން ބާއްވާ ރަށު ފެންވަރުގެ މުބާރާތަކަށްވުމާއެކު ޤުރުއާނުގެ ދާއިރާއިން އައު ކަންކަން ތަޖުރިބާ ކޮށްލަން ބޭނުންވާތީއެވެ.
ރިވާހު ވަނީ ފާއިތުވެދިޔަ ތަނުގައި ނެއްލައިދޫ ސްކޫލުގެ ގުރުއާން މުބާރާތާއި ކައުންސިލުގެ ޤުރުއާން މުބާރާތާއި މަޢީނުލް ޤުރުއާން މުބާރާތުގައި ބައިވެރިވެފައެވެ.

ރިވާހު ބައިވެރިވެފައިވާ ޤުރުއާން މުބާރާތްތަކާއި ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- 2018 ވަނަ އަހަރު ނެއްލައިދޫ ސްކޫލް ޤުރުއާން މުބާރާތް
- 2018 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުގެ މުޅި މުބާރާތުން ނުބަލާ ކިޔެވުމުން 3 ވަނަ
- 2018 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުން އުމުރުފުރައިން 6 އަހަރުން ދަށުން ނުބަލާ ކިޔެވުމުން 1 ވަނަ
ޤުރުއާނުގެ އިލްމު ރިވާހުއަށް އުނގަންނައި ދިނުމަށް މަންމައާއި ބައްޕަގެ އިތުރުން އާއިލާގެ ހުރިހާ މެންބަރުންނާއި ޓީޗަރުން ކޮށްދެއްވާ މަސައްކަތް އޭނާ ފާހަގަ ކުރެއެވެ.
- ޢާއިޝަތު ރައިޝާ
ހދ. ނެއްލައިދޫ ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު ސޯސަންވިލާ ، ޢައިޝަތު ރައިޝާއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވަން ހިތްޖެހި، ޤުރުއާނުގެ އިލްމު ހޯދަން ބުރަ މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ.
ނެއްލައިދޫ ކައުންސިލާއި ސްކޫލުގެ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ބޮޑު ޝައުގުވެރިކަމެއް ރައިޝާގެ އަބަދުވެސް އޮވެއެވެ. ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން، އެންމެ ބޮޑަށް ޝައުގުވެރިކަން އިތުރުވެގެން ދިޔަ ސަބަބަކީ މި މުބާރާތަކީ އަލަށް ރަށުގެ ހުރިހާ އުމުރުފުރާއަކަށް އަމަޒުކޮށްގެން ބާއްވާ ރަށު ފެންވަރުގެ މުބާރާތަކަށްވުމާއެކު ޤުރުއާނުގެ ދާއިރާއިން އައު ކަންކަން ތަޖުރިބާ ކޮށްލަން ބޭނުންވާތީއެވެ.
ރައިޝާ ވަނީ ނެއްލައިދޫ ސްކޫލުގެ ގުރުއާން މުބާރާތާއި ކައުންސިލުގެ ޤުރުއާން މުބާރާތާއި، މަބާނީ ގުރުއާން މުބާރާތް، ހދ.އަތޮޅު ޤުރުއާން މުބާރާތް، އަދި ނެއްލައިދޫ ފަޓޯ ސްޕޯޓުސް އެކަޑަމީ އާއި ނެއްލައިދޫ ކައުންސިލް ގުޅިގެން ބޭއްވި ޤުރުއާން މުބާރާތް، މަޢީނުލް ޤުރުއާން މުބާރާތުގައި ބައިވެރިވެފައެވެ.

ރައިޝާ ބައިވެރިވެފައިވާ ޤުރުއާން މުބާރާތްތަކާއި ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- 1440 ވަނަ އަހަރު ނެއްލައިދޫ ސްކޫލް ޤުރުއާން މުބާރާތް
- 1440 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުން 9 އަހަރުންދަށް ބަލައިގެން ކިޔެވުމުން 3 ވަނަ
- 2021 ވަނަ އަހަރު ނެއްލައިދޫ ފަޓޯސްޕޯޓުސް އެކަޑަމީއާއި ނެއްލައިދޫ ކައުންސިލުން ބޭއްވި ޤުރުއާން މުބާރާތް
- 2021 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުގެ 11 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 3 ވަނަ
- 1444 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތް
- 1444 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުގެ 13 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 3 ވަނަ
- 1443 ވަނަ އަހަރު ނެއްލައިދޫ ކައުންސިލުގެ 5 ވަނަ ޤުރުއާން މުބާރާތް
- 1443 ވަނަ އަހަރު ނެއްލައިދޫ ކައުންސިލުގެ 5 ވަނަ ޤުރުއާން މުބާރާތުގެ 13 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 1 ވަނަ
- 1443 ވަނަ އަހަރު ނެއްލައިދޫ ކައުންސިލުގެ 5 ވަނަ ޤުރުއާން މުބާރާތުގެ 1 ވަނަ
- 1443 ވަނަ އަހަރު ނެއްލައިދޫ ކައުންސިލުގެ 5 ވަނަ ޤުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުން މުޅި މުބާރާތުން 1 ވަނަ
- 1443 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތް
- 1443 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުގެ 11 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 3 ވަނަ
- 1444 ވަނަ އަހަރު ނެއްލައިދޫ މަޢީނުލް 1 ވަނަ ޤުރުއާން މުބާރާތް
- 1444 ވަނަ އަހަރު ނެއްލައިދޫ މަޢީނުލް ޤުރުއާން 1 ވަނަ ޤުރުއާން މުބާރާތުގެ 13 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 3 ވަނަ
ޤުރުއާނުގެ އިލްމު ރައިޝާއަށް އުނގަންނައި ދިނުމަށް މަންމައާއި ބައްޕަ ކުރައްވާ މަސައްކަތަށް އޭނާ ޝުކުރު އަދާކުރެއެވެ. އަދި އަޝްރަފް ސަރއާއި އާއިލާގެ މެމްބަރުންގެ ނަން ފާހަގަ ކުރެއެވެ.
- ނޫރާ މުޙައްމަދު ސުހައިލް
ހދ. ނެއްލައިދޫ ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު ދިލްޝާދު، ނޫރާ މުޙައްމަދު ސުހައިލަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވަން ހިތްޖެހި، ޤުރުއާނުގެ އިލްމު ހޯދަން ބުރަ މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. އެންމެ ކުޑައިރުއްސުރެ މައިންބަފައިން އޭނާއަށް ޤުރުއާން އުނގައްނައިދޭން ކޮށްދިން މަސައްކަތުގެ ސަބަބުން ޝައުޤުވެރިކަން އިތުރުވެގެން ދިޔައެވެ.
ނެއްލައިދޫ ކައުންސިލާއި ސްކޫލުގެ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ބޮޑު ޝައުގުވެރިކަމެއް ނޫރާގެ އޮވެއެވެ. ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން، އޭނާ އެންމެ ބޮޑަށް ޝައުގުވެރިވި ސަބަބަކީ މި މުބާރާތަކީ އަލަށް ރަށުގެ ހުރިހާ އުމުރުފުރާއަކަށް އަމާޒުކޮށްގެން ބާއްވާ ރަށު ފެންވަރުގެ މުބާރާތަކަށްވުމެވެ.
ނޫރާ ވަނީ ފާއިތުވެދިޔަ ތަނުގައި ނެއްލައިދޫ ސްކޫލުގެ ގުރުއާން މުބާރާތާއި ކައުންސިލުގެ ޤުރުއާން މުބާރާތުގެ، އިތުރުން ރަށުފެންވަރުގެ މުބާރާތް ތަކާއި އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވެފައެވެ.

ނޫރާ ބައިވެރިވެފައިވާ ޤުރުއާން މުބާރާތްތަކާއި ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- 1442 ވަނަ އަހަރު ހދ. ނެއްލައިދޫ ސްކޫލް ޤުރުއާން މުބާރާތް
- 1442 ވަނަ އަހަރުގެ ޤުރުއާން މުބާރާތުގެ 9 އަހަރުން ދަށުގެ ބަލައިގެން ކިޔުމުން 2 ވަނަ
- 1442 ވަނަ އަހަރުގެ ފަޓޯ ސްޕޯޓުސް އެކަޑަމީގެ ޤުރުއާން މުބާރާތް
- 1442 ވަނަ އަހަރުގެ މުބާރާތުން 9 އަހަރުން ދަށުގެ ބަލައިގެން ކިޔުމުން 2 ވަނަ
- 2021 ވަނަ އަހަރުގެ މައިނުލް ޤުރުއާން ކުލާހުން، އަލް މަރްހޫމް އަޙްމަދު އިބްރާހީމް އާއި އަލް މަރުހޫމާ ޚަދީޖާ އަލީގެ ހަނދާނުގައި ނެއްލައިދޫގައި ބޭއްވި ޤުރުއާން މުބާރާތް
- މުބާރާތުން 8 އަހަރުން ދަށުގެ ބަލައިގެން ކިޔުމުން 3 ވަނަ
- 1444 ވަނަ އަހަރުގެ މައިނުލް ޤުރުއާން މުބާރާތް
- މުބާރާތުން ގުރޭޑު 3 އިން ބަލައިގެން ކިޔުމުން 2 ވަނަ
- 1444 ވަނަ އަހަރު ހދ. ނެއްލައިދޫ ސްކޫލް ޤުރުއާން މުބާރާތް
- 2022 ހދ.އަތޮޅު ޤުރުއާން މުބާރާތް
- 1443 ވަނަ އަހަރު ހދ. ނެއްލައިދޫ ކައުންސިލު ޤުރުއާން މުބާރާތް
- މުބާރާތުން 9 އަހަރުން ދަށުގެ ބަލައިގެން ކިޔުމުން 3 ވަނަ
- 1443 ވަނަ އަހަރު ހދ. ނެއްލައިދޫ ސްކޫލް ޤުރުއާން މުބާރާތް
- މުބާރާތުން 9 އަހަރުން ދަށުގެ ބަލައިގެން ކިޔުމުން 2 ވަނަ
ޤުރުއާނުގެ އިލްމު ނޫރާއަށް އުނގަންނައި ދިނުމަށް މަންމައާއި ބައްޕަ ކުރައްވާ މަސައްކަތަށް އޭނާ ޝުކުރު އަދާކުރެއެވެ. އަދި ހެއްދެވިފަރާތަށް ވެސް ސުކުރުއަދާކުރެއެވެ. އަދި މިސުކުރުގައި ޤުރުއާން އުނގަންނަވައިދެއްވުމަށް އެހީތެރިވާ ހުރިހާ ފަރާތްތައް ޝާމިލް ކުރެއެވެ.
- އާއިޝަތު ސަހާ
ހދ. ނެއްލައިދޫ ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު ސެވީނާ، ޢާއިޝަތު ސަހާ އަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔެވުމަށް ޝަޢުޤުވެރިކަން ހުންނަ ކުއްޖެކެވެ. ޤުރުއާނުގެ އިލްމު ހޯދަން އަބަދުވެސް ބުރަ މަސައްކަތް ކުރަމުން އަންނަ ހީވާގި ކުއްޖެކެވެ.
މިހާތަނަށް ނެއްލައިދޫގައާއި، ނެއްލައިދޫ ސްކޫލުން ބޭއްވުނު ހުރިހައި ޤުރުއާން މުބާރާތެއްގައި ސަހާ ވަނީ ބައިވެރިވެފައެވެ. އޭގެ އިތުރުން އަތޮޅު ފެންވަރުގައި މުބާރާތްތަކުން ފުރުޞަތު ލިބިފައިވެއެވެ. އެގޮތުން 2018 ން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ބޭއްވުނު އަތޮޅު މުބާރާތްތަކަށް ހޮވިފައިވެއެވެ.

ސަހާ ބައިވެރިވެފައިވާ ޤުރުއާން މުބާރާތްތަކާއި ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- 2018 ވަނަ އަހަރު ނެއްލައިދޫ މަބާނީ ޤުރުއާން ކުލާހުން، އަލް މަރްހޫމް އަޙްމަދު އިބްރާހީމް އާއި އަލް މަރުހޫމާ ޚަދީޖާ ޢަލީގެ ހަނދާނުގައި ބޭއްވި ޤުރުއާން މުބާރާތުން ޢުމުރު ފުރައިން 1 ވަނަ
- 2021 ވަނަ އަހަރު ނެއްލައިދޫ މަބާނީ ޤުރުއާން ކުލާހާއި މަޢީނުލް ޤުރުއާން ގުޅިގެން އަލް މަރްހޫމް އަޙްމަދު އިބްރާހީމް އާއި އަލް މަރުހޫމާ ޚަދީޖާ ޢަލީގެ ހަނދާނުގައި ބޭއްވި ޤުރުއާން މުބާރާތުން ޢުމުރު ފުރައިން 1 ވަނަ
- ފަޓޯ ސްޕޯޓްސް އިން 2021 ވަނަ އަހަރު ބޭއްވި ޤުރުއާން މުބާރާތުން ޢުމުރު ފުރައިން 2 ވަނަ
- ކައުންސިލުން 2022 ވަނަ އަހަރު ބޭއްވި މުބާރާތުން 16 އަހަރުން ދަށުގެ ޢުމުރުފުރައިން ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ
ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތްތައް
- 2018 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުގެ ޢުމުރު ފުރައިން 1 ވަނަ
- 2018 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުގެ މުޅި މުބާރާތުން 2 ވަނަ
- 2019 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުގެ ޢުމުރު ފުރައިން 1 ވަނަ
- 2019 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުގެ މުޅި މުބާރާތުން 3 ވަނަ
- 2022 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުގެ ޢުމުރު ފުރައިން 1 ވަނަ
- 2022 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުގެ މުޅި މުބާރާތުން 1 ވަނަ
- 2023 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުގެ ޢުމުރު ފުރައިން 1 ވަނަ
- 2023 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުގެ މުޅި މުބާރާތުން 1 ވަނަ
- މަޢީނުލް ޤުރުއާން ކުލާހުން 2023 ވަނަ އަހަރު ބޭއްވި ޤުރުއާން މުބާރާތުން ޢުމުރު ފުރައިން 3 ވަނަ
ޤުރުއާނުގެ އިލްމު ސަހާއަށް އުނގަންނައި ދިނުމަށް މަންމަ އާއި ބައްޕަ އާއި ޢާއިލާގެ އެންމެންގެ އިތުރުން ޓީޗަރުން ކޮށްދެއްވާ މަސައްކަތަށް އޭނާ ޝުކުރު އަދާކުރެއެވެ.
- ވިޝާޔާ ބިންތު މުޙައްމަދު ވަސީމް
ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު ރޯޒަރީ، ވިޝާޔާ ބިންތު މުޙައްމަދު ވަސީމްއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވަން ހިތްޖެހި، ޤުރުއާނުގެ އިލްމު ހޯދަން ބުރަ މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ.
ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން، ވިޔާޝާ އެންމެ ބޮޑަށް ޝައުގުވެރިކަން އިތުރުވެގެން ދިޔަ ސަބަބަކީ މި މުބާރާތަކީ އަލަށް ރަށުގެ ހުރިހާ އުމުރުފުރާއަކަށް އަމާޒުކޮށްގެން ބާއްވާ ރަށު ފެންވަރުގެ މުބާރާތަކަށްވުމާއެކު ޤުރުއާނުގެ ދާއިރާއިން އައު ކަންކަން ތަޖުރިބާ ކޮށްލަން ބޭނުންވާތީ އަދި ޤުރުއާން ކިޔަވާ ހިތްވާތީއެވެ.
ވިޝާޔާ ވަނީ ފައުންޑޭސަން ސްޓޭޖް ތުއްތު ކުދިންގެ މުބާރާތް، އިންޓަރ ހައުސް ޤުރުއާން މުބާރާތް، ޓީވީއެމް ތުއްތު ކުދިންގެ ޤުރުއާން މުބާރާތް، ކުޅުދުއްފުށި ސިޓީ ޤުރުއާން މުބާރާތް، ޤައުމީ ޤުރުއާން މުބާރާތް، އަލްމަރްޙޫމް އަޙްމަދު އިބްރާހީމާއި އަލްމަރްޙޫމާ ޚަދީޖާ ޢަލީގެ ހަނދާނުގައި ބޭއްވުނު 2 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވެފައެވެ.

ވިޝާޔާ ބައިވެރިވެފައިވާ ޤުރުއާން މުބާރާތްތަކާއި ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- ފައުންޑޭސަން ސްޓޭޖްގެ ތުއްތުކުދިންގެ ޤުރުއާން މުބާރާތުގެ 1438 އަދި 1439 ވަނަ އަހަރުގެ އެންމެ މޮޅު 15 ދަރިވަރުން.
- އިންޓަރހައުސް ޤުރުއާން މުބާރާތް 2019، 7 އަހަރުން ދަށުގެ އުމުރު ފުރައިން ބަލައި ކިޔުމުން 2 ވަނަ.
- އަލްމަރްޙޫމް އަޙްމަދު އިބްރާހީމާއި އަލްމަރްޙޫމާ ޚަދީޖާ ޢަލީގެ ހަނދާނުގައި ބޭއްވުނު 2 ވަނަ ޤުރުއާން މުބާރާތުގެ 7 އަހަރުން ދަށުގެ ބަލައިގެން ކިޔުމުން 1 ވަނަ.
- އިންޓަރހައުސް ޤުރުއާން މުބާރާތް 2021، ކީސްޓޭޖް 1 ން ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ.
- އިންޓަރހައުސް ޤުރުއާން މުބާރާތް 2022، ކީސްޓޭޖް 1 ން ބަލައިގެން ކިޔެވުމުގެ ބައިން ގަދަ 5.
- އިންޓަރހައުސް ޤުރުއާން މުބާރާތް 2023 ކީސްޓޭޖް 2 ން ގަދަ 5.
- ކުޅުދުއްފުށި ކައުންސިލް ޤުރުއާން މުބާރާތް 1441، ބަލައިގެން ކިޔެވުމުގެ ގޮފިން އަންމާ ފޮތުގެ ބައިން 2 ވަނަ.
- 2018 ވަނަ އަހަރު ހިރި ޤުރުއާން ކުލާހުގެ ހިތުދަސްކުރާ ބައިން އެންމެ މޮޅު ދަރިވަރު.
- ޢުލޫމުލް ޤުރުއާން ކުލާހުގެ ޤުރުއާން މުބާރާތް 1438، އެލްކޭޖީ އުމުރު ފުރައިން 1 ވަނަ.
ޤުރުއާނުގެ އިލްމު ވިޝާޔާއަށް އުނގަންނައި ދިނުމަށް މަންމައާއި ބައްޕަ ކުރައްވާ މަސައްކަތަށް އޭނާ ޝުކުރު އަދާކުރެއެވެ. އަދި ޤުރުއާން އުނގަންނައި ދެއްވާ ހުރިހާ ޓީޗަރުން، ވަކިން ހާއްސަކޮށް އަކުބަރީ މިސް އަދި އާތިފާ މިސްގެ ނަން އޭނާ ފާހަގަ ކުރެއެވެ.
- މިންހާ ޢަބްދުލްމުހައިމިން
ހދ. ނެއްލައިދޫ ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު ސެވަންސްޓާރ ، މިންހާ ޢަބްދުލްމުޙައިމިންއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވަން ހިތްޖެހި، ޤުރުއާނުގެ އިލްމު ހޯދަން ބުރަ މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ.
ނެއްލައިދޫ ކައުންސިލާއި ސްކޫލުގެ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ބޮޑު ޝައުގުވެރިކަމެއް މިންހާގެ އޮވެއެވެ. ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން، އެންމެ ބޮޑަށް ޝައުގުވެރިކަން އިތުރުވެގެން ދިޔަ ސަބަބަކީ މި މުބާރާތަކީ އަލަށް ރަށުގެ ހުރިހާ އުމުރުފުރާއަކަށް އަމަޒުކޮށްގެން ބާއްވާ ރަށު ފެންވަރުގެ މުބާރާތަކަށްވުމާއެކު ޤުރުއާނުގެ ދާއިރާއިން އައު ކަންކަން ތަޖުރިބާ ކޮށްލަން ބޭނުންވާތީއެވެ.
މިންހާ ވަނީ ގާފަރު ޕްރީސްކޫލް ޤުރުއާން މުބާރާތް، ގާފަރު ސްކޫލުގެ ޤުރުއާން މުބާރާތް، ނެއްލައިދޫ ސްކޫލުގެ ގުރުއާން މުބާރާތާއި ކައުންސިލުގެ ޤުރުއާން މުބާރާތާއި ، މަބާނީ ގުރުއާން މުބާރާތް، ހދ.އަތޮޅު ޤުރުއާން މުބާރާތް، އަދި މަޢީނުލް ޤުރުއާން މުބާރާތުގައި ބައިވެރިވެފައެވެ.

މިންހާ ބައިވެރިވެފައިވާ ޤުރުއާން މުބާރާތްތަކާއި ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- 1436 ވަނަ އަހަރު ގާފަރު ޕުރީސްކޫލް ޤުރުއާން މުބާރާތް
- 1436 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުން ޔޫކޭޖީން 3 ވަނަ
- 1437 ވަނަ އަހަރު ގާފަރު ސްކޫލް ޤުރުއާން މުބާރާތް
- 1437 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުގެ 7 އަހަރުން ދަށުން ނުބަލާ ކިޔެވުމުން 2 ވަނަ
- 1439 ވަނަ އަހަރު ގާފަރު ސްކޫލް ޤުރުއާން މުބާރާތް
- 1439 ވަނަ އަހަރު ބޭއްވުނު ޤުރުއާން މުބާރާތުގެ 9 އަހަރުން ދަށުން ނުބަލާ ކިޔެވުމުން އެންމެ މޮޅު 5 ދަރިވަރުން.
- 1442 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތް
- 1442 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުގެ 13 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 1 ވަނަ
- 1444 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތް
- 1444 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުގެ ގުރޭޑު 7 އިން ނުބަލާ ކިޔެވުމުން 1 ވަނަ
- 1444 ވަނަ އަހަރު ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުގެ ނުބަލާ ކިޔެވުމުން މުޅި މުބާރާތުން 3 ވަނަ
- 1443 ވަނަ އަހަރު ހދ. އަތޮޅު ކައުންސިލުގެ ޤުރުއާން މުބާރާތް
- 1443 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުގެ ޤުރުއާން މުބާރާތުގެ ކީސްޓޭޖު 3 އިން ބަލައިގެން ކިޔެވުމުން 3 ވަނަ
- 2021 ނެއްލައިދޫ މައިނުލް ޤުރުއާން ކުލާހުން ، އަލް މަރްހޫމް އަޙްމަދު އިބްރާހީމް އާއި އަލް މަރުހޫމާ ޚަދީޖާ އަލީގެ
- ހަނދާނުގައި ނެއްލައިދޫގައި ބޭއްވި ޤުރުއާން މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރައިން ނުބަލާ ކިޔުމުގެ ބައިން 2 ވަނަ އަދި މުޅި މުބާރާތުން އުމުރުފުރައިން ނުބަލާ ކިޔެވުމުން 1 ވަނަ.
ޤުރުއާނުގެ އިލްމު މިންހާއަށް އުނގަންނައި ދިނުމަށް މަންމަ އާއި ބައްޕަ ކުރައްވާ މަސައްކަތަށް އޭނާ ފާހަގަ ކުރެއެވެ. އަދި ޤުރުއާން ކިޔަވައިދެއްވާ މުދައްރިސުންނާއި ހިތްވަރުދެއްވާ ހުރިހާ ފަރާތްތަކާއި އާއިލާގެ މެމްބަރުންނަށް އޭނާ ޝުކުރު އަދާކުރެއެވެ.
- އަޙްމަދު ޒިނާން
ހދ. ނެއްލައިދޫ ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު ހިޔާ ، އަޙްމަދު ޒިނާންއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވަން ހިތްޖެހި، ޤުރުއާނުގެ އިލްމު ހޯދަން ބުރަ މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ.
ނެއްލައިދޫ ކައުންސިލާއި ސްކޫލުގެ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ބޮޑު ޝައުގުވެރިކަމެއް ޒިނާންގެ އޮވެއެވެ. ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން، އެންމެ ބޮޑަށް ޝައުގުވެރިކަން އިތުރުވެގެން ދިޔަ ސަބަބަކީ މި މުބާރާތަކީ އަލަށް ރަށުގެ ހުރިހާ އުމުރުފުރާއަކަށް އަމަޒުކޮށްގެން ބާއްވާ ރަށު ފެންވަރުގެ މުބާރާތަކަށްވުމާއެކު ޤުރުއާން ކިޔެވުމަށް ހުންނަ ލޯތްބާއި ޝައުޤެއްގެ ބޮޑުކަމުން އަދި ވާދަވެރިކަމާއެކު މިކަމުން ކާމިޔާބީއާއި ކުރިއެރުން ހޯދުމަށް ބޭނުންވާތީއެވެ.
ޒިނާން ވަނީ ނެއްލައިދޫ ސްކޫލުގެ ގުރުއާން މުބާރާތާއި ކައުންސިލުގެ ޤުރުއާން މުބާރާތާއި، ހދ.އަތޮޅު ޤުރުއާން މުބާރާތް، އަދި ނެއްލައިދޫ ފަޓޯސްޕޯޓުސް އެކަޑަމީ އާއި ނެއްލައިދޫ ކައުންސިލް ގުޅިގެން ބޭއްވި ޤުރުއާން މުބާރާތް، އުލޫމުލް ޤުރުއާން މުބާރާތް އަދި ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތުގައި ބައިވެރިވެފައެވެ.

ޒިނާން ބައިވެރިވެފައިވާ ޤުރުއާން މުބާރާތްތަކާއި ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- ނެއްލައިދޫ ކައުންސިލްގެ ޕްރީސްކޫލް ޤުރުއާން މުބާރާތުން އުމުރުފުރައިން 1 ވަނަ
- 1437 ވަނަ އަހަރުގެ ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުން 9 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 3 ވަނަ
- 1438 ވަނަ އަހަރުގެ ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުން 9 އަހަރުން ދަށުން ނުބަލާ ކިޔެވުމުން 2 ވަނަ
- 1438 ވަނަ އަހަރުގެ ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުން 9 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 3 ވަނަ
- 1440 ވަނަ އަހަރުގެ ނެއްލައިދޫ ސްކޫލުގެ ޤުރުއާން މުބާރާތުން 9 އަހަރުން ދަށުން ނުބަލާ ކިޔެވުމުން 2 ވަނަ
- އުލޫމުލް ޤުރުއާން މުބާރާތުން އަންމާ ފޮތް ހިތުދަސްކުރުމުގެ ބައިން 3 ވަނަ
ޤުރުއާނުގެ އިލްމު ޒިނާންއަށް އުނގަންނައި ދިނުމަށް މަންމައާއި ބައްޕަގެ އިތުރުން އާއިލާ މެމްބަރުންނާއި އެހީތެރިވެދޭ އެންމެހާ ފާރާތްތަކުގެ ނަން އޭނާ ފާހަގަ ކުރެއެވެ.