ޕޯސްޓް އޮފީސްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަން ފަށައިފިއެވެ.

މި މެސެޖުތަކުގައި ބުނަނީ ޕޯސްޓުން ފޮނުވާ އެޑްރެސްގެ މައުލޫމާތު ނޭނގޭތީ، ޕެކޭޖް ފޮނުވޭނެ ގޮތް ނެތް ކަމަށެވެ. މި މެސެޖުތައް ފޮނުވަމުން ދަނީ ކެނެޑާގެ ނަމްބަރުތަކުންނެވެ.

Ad
rt

މި މެސެޖުގައި ބުނެފައި ވަނީ "މޯލްޑިވްސް ޕޯސްޓް" އިން ފޮނުއްވާފައިވާ ޕެކޭޖް އެ ގުދަނަށް ޕެކޭޖް އައިސްފައިވާ ކަމަށާއި އެޑްރެސްގެ މައުލޫމާތު ރަނގަޅުނުވެގެން ފޮނުވޭނެ ގޮތެއް ނެތް ކަމަށެވެ. އެހެންވެ ރަނގަޅު މައުލޫމާތު އަލުން ފުރިހަމަ ކުރުމުން 24 ގަޑިއިތު ތެރޭގައި ފޮނުވާނެ ކަމަށް މެސެޖުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވައި އަށް ޖަވާބު ދީ، ޓެކްސް މެސެޖުން ނުކުމެ އަލުން ހުޅުވައިގެން ލިންކް އެކްޓިވޭޓް ކުރުމަށްވެސް އެމެސެޖުގައި ބުނެފައިވެއެވެ. ނުވަތަ ލިންކް ކޮޕީއެއް ސަފާރީގައި ހުޅުވައި ނުވަތަ ޓީއަށް ޖަވާބު ދީފައި ޕެކޭޖް ޑީލަރަށް އަނބުރާ ދިއުމަށްވެސް އެ މެސެޖުގައި ވަނީ ބުނެފައެވެ.

މިފަދަ މެސެޖުތަކަކީ މަކަރާއި ހީލަތުން އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތަކެކެވެ. މިފަދަ މެސެޖުތަކުގައިވާ ލިންކުތަކަށް ނުވަނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އާއި މުދާ ހޯދާ މިންވަރު ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.