ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމިޓީ ގުޅިގެން ބޭއްވި "ކުޅުދުއްފުށި ބަށިބޯޅަ މުބާރާތް / ހދ. އަތޮޅު ލީގް 2023" ގެ ޗެމްޕިއަންކަން ނެއްލައިދޫ ބަށި ޓީމުން ކާމިޔާބު ކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ނެއްލައިދޫ ބަށި ޓީމުން ވަނީ ކުޅުދުއްފުށީ ޓީމް ކޮރަލްސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ފާއިތުވި އަހަރު މުބާރާތުގެ ފައިނަލުގައި ވެސް ވާދަކުރީ މި ދެ ޓީމެވެ. އެ މުބާރާތް ކުޑަތަފާތަކުން ކުރި ހޯދައިގެން ކާމިޔާބުކުރީ ޓީމް ކޮރަލްސް އިންނެވެ.

Ad
rt

މުބާރާތުގެ އެންމެ މޮޅު 8 ކުޅުންތެރިން

  • އައިޝަތު ރަޝީދާ – ނެއްލައިދޫ ބަށި ޓީމް
  • އާސިމާ އާދަމް – ޓީމް ކޮރަލްސް
  • ރައިހާނާ ހަސަން – ޓީމް ކޮރަލްސް
  • ޒާހިޔާ ދާއޫދު – ދެތަނޑިމާ
  • ޒައީމާ ދާއޫދު – ޓީމް ކޮރަލްސް
  • ޒުއްޔިނާ އާދަމް – ދެތަނޑިމާ
  • ސަހާމާ އިބްރާހީމް – ނެއްލައިދޫ ބަށި ޓީމް
  • ޝަބާނާ އިބްރާހީމް – ޓީމް މަގުލަސް
މުބާރާތުގެ މޮޅު 8 ކުޅުންތެރިން، ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް

މުބާރާތުގެ ފެއާޕްލޭ ޓީމަށް ޓީމް މަގުލަސް ހޮވުނުއިރު، މުބާރާތިގެ ތިންވަނަ ހޯދީ ދެތަނޑިމާ ޓީމުންނެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ޓީމް ކޮރަލްސްގެ ހަދީޖާ މުހައްމަދު ހޮވުނުއިރު އެންމެ މޮޅު މެނޭޖަރަކަށް ހޮވުނީ ޓީމް ޒިގްޒެގްގެ މަރިޔަމް މޫސާއެވެ. މުބާރާތުގެ އެންމެ މޮޅު ވެޓްރަންސް ކުޅުންތެރިޔާއަށް ހޮވުނީ ޒިގްޒެގްގެ އައިޝަތު މުފީދާ އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ނެއްލައިދޫ ބަށި ޓީމްގެ މަރިޔަމް ރިފާއެވެ.

މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔަކީ ކޮރަލްސްގެ ރައިހާނާ ހަސަން އެވެ. މުބާރާތުގެ އެންމެ މޮޅު ހިފުންތެރިޔާގެ މަގާމް ހޯދީ ކޮރަލްސްގެ ޒައީމާ ދާއޫދެވެ. ބަށި ރާނީ (މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ) ހޮވުނީ ކޮރަލްސްގެ އާސިމާ އާދަމެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 (ފަންސަވީސް ހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 15000 (ފަނަރަ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.