ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އަށް މަރުގެ އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ.
އެކަން ހާމަކޮށް މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝިފާޢުއަށް މަރުގެ އިންޒާރު ދިނުން އެ އިދާރާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މީސް މީޑިއާގައި މެންބަރު ޝިފާޢު އަށް ދިން މަރުގެ އިންޒާރާއި ގުޅިގެން އެ މައްސަލައ ބަލައިދީ، ތަހުގީގު ހިންގައިދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާކަމަށް މަޖިލީހުން ބުންޏެވެ.
މީގެ އިތުން ޝިފާޢުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެދި ދިފާއީ ވުޒާރާއަށް ވެސް ހުށަހަޅާފައިވާކަމަށް މަޖިލީހުން ބުނެއެވެ.
ޝިފާޢުއަށް މަރުގެ އިންޒާރުދިން މައްސަލަ ތަހުގީގުކޮށް ފިޔަވަޅުއަޅަން ގޮވައިލައިފި
ޝިފާޢު އަށް މަރުގެ އިންޒާރުދީވާ މައްސަލަ ތަހުގީގުކޮށް ފިޔަވަޅުއަޅަން ދިވެހި ފުލުހުންނަށް، ޝިފާޢު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ވެސް ރޭ ވަނީ ގޮވައިލާފައެވެ.
މިގޮތުން ޝިފާޢުއަށް މަރުގެ އިންޒާރުދިން މައްސަލައާއި ގުޅިގެން އެމްޑީޕީން ރޭ ނެރުނު ބަޔާނުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް އެމެމްބަރުންގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން އެ މެމްބަރުން ހާމަކުރައްވާ ހިޔާލުތަކާއި، މަޖިލީހުގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މަރުގެ އިންޒާރުދިނުން އެ ޕާޓީން ހަރު އަޑުން ކުށްވެރިކުރާ ކަމަށް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!