ޕާޓީ ބަދަލެއް ނުކުރަން، ދައުރު ނިންމާނީ ވެސް އެމްޑީޕީގައި: ޝިފާޢު
އެހެން ޕާޓީއަކާއި ގުޅުނުވާހަކަ ދޮގުކުރައްވައި، އޭނާ ދައުރު ނިމެންދެން ދެމިހުންނާނީ މަޖިލީހުގެ މެންބަރަކަށް އިންތިޚާބުވިއިރު ވެސް ހުންނެވި، އެމްޑީޕީގައި ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީ އަށް އޭނާ ސޮއިކޮށްފިކަމަށްބުނެ އެކްސްގައި ‘’ހަސަން ކުރުސީ’’ ކިޔާ މީހަކު ކުރި ޕޯސްޓެއް ދޮގުކުރައްވަމުންނެވެ. އެވާހަކަ ދޮގުކުރައްވައި ޝިފާޢު ވިދާޅުވީ، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ އިންތިޚާބުވީ އެމްޑީޕީގެ...