Skip to main content
Topic Archive

#Shaviyani Milandhoo

210 Stories filed
މިލަންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ތިން ޑިންގީ އެނދި: ފުލުހުން
Thiladhunmathi News

މިލަންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ތިން ޑިންގީ އެނދި: ފުލުހުން

ށ. މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ރޭގެ ވަގުތެއްގައި ބޮޑު އަލިފާނުގެ ހާދިސާގައި ތިން ޑިންގީއެއް އެނދިކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިލަންދޫ ފައިބަރ މަސައްކަތް ކުރާ ތަނެއްގައި އަލިފާން ރޯވެފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ ރޭ (1 ޖޫން 2026) 23:09 ކަންހާއިރު ކަމަށެވެ. އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ އެ ރޭ ދަންވަރު 01:00 އެހައިކަންހާއިރު ކަމަށް ވެސް […]

މިލަންދޫގައި ބޮޑު އަލިފާނުގެ ހާދިސާއެއް
Thiladhunmathi News

މިލަންދޫގައި ބޮޑު އަލިފާނުގެ ހާދިސާއެއް

ށ. މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ރޭގެ ވަގުތެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ރަށުގެ އެއާޕޯޓު އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު ކައިރީގައި ހުންނަ ފައިބަރު މަސައްކަތްކުރާ ތަނެއްގައެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ޑިންގީތަކެއް ހުރި ނަމަވެސް، ރަށުގެ ރައްޔިތުންނާއި ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން ގިނަ ޑިންގީތަކެއް ވަނީ ރައްކާތެރިކަމާއެކު އެ ސަރަހައްދުން ބޭރަށް ނެރެފ...

މިލަންދޫ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކާ ނިންމާލައިފި
Raajje

މިލަންދޫ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކާ ނިންމާލައިފި

ށ. މިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ނިންމާލައިފިއެވެ. މިލަންދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އޭޕްރިލް މަހުގެ 3 ވަނަ ދުވަހު މެންދުރުފަހު އެވެ. މި މަސައްކަތް އިއްޔެ ވަނީ އެއްކޮށް ނިންމާލާފައެވެ. މިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރަނީ އެރަށު ފަޅުތެރެއިން އެކަމަށް ބޭނުންވާ ބިން ހިއްކައިގެންނެވެ. މިގޮތުން އެރަށު ފަޅުން ވަނީ ޖުމްލަ 25.9 ހެކްޓަރުގެ ބިން ހިއްކާފައެވެ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ [...

މިލަންދޫގައި ބޮޑު ދެ ވައްކަމެއް، ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

މިލަންދޫގައި ބޮޑު ދެ ވައްކަމެއް، ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ށ. މިލަންދޫ ގެއަކުން ޓީވީތަކަކާއި އަގުބޮޑު ސެންޓުފުޅިތަކެއް ވަގަށް ނެގި މައްސަލައަކާއި، ގަރާޖަކުން އަގުބޮޑު އިންޖީނު ބައިތަކެއް ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި އެޕްރީލް މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު  މި މައްސަލަތަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައި ވަނީ އެޕްރީލް 21 ވަނަ ދުވަހުއެވެ. އެ ދެ މީހުންނަކޯ ރެޑްރޯސް / ށ. މިލަންދޫ، އަޙްމަދު ޢަޒީމް (34އ) އަދި ތަރިވިދާގެ / ށ. މިލަންދޫ، މުޙައްމަދު […]

ގެއްލިގެން ހޯދަމުންދިޔަ މިލަންދޫ ޒުވާނާ ފެނިއްޖެ، ހާލު ރަނގަޅު
Thiladhunmathi News

ގެއްލިގެން ހޯދަމުންދިޔަ މިލަންދޫ ޒުވާނާ ފެނިއްޖެ، ހާލު ރަނގަޅު

ދޯންޏެއްގައި މަހަށް ނުކުތް ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ށ. މިލަންދޫ، ސިނަމް، މުޙައްމަދު އިހުސާން ފެނިއްޖެއެވެ. މިލަންދޫ ކައުންސިލުން މަޢުލޫމާތު ދީފައިވާ ގޮތުގައި އިހުސާން ފެނުނުއިރު އޭނާގެ ހާލު ރަނގަޅެވެ. އޭނާ ހޯދުމުގެ މަސައްކަތް ފެށީ މިއަދު ހެނދުނު 11:30 އެހާއިރު މަހަށް ދިއުމަށް ދޯނީގައި ފުރި ފަހުން އެއްވެސް ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ކައުންސިލަށް އެކަން އެންގުމާ ގުޅިގެންނެވެ. އިހުސާން ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއެކު، އޭނާ ހޯދުމުގެ މަސައްކަތުގައި މިލަންދޫގެ ގިނަ […...

ދޯންޏެއްގައި މަހަށް ނުކުތް މިލަންދޫ ޒުވާނަކު ޚަބަރެއް ނުވެގެން ހޯދަން ފަށައިފި
Thiladhunmathi News

ދޯންޏެއްގައި މަހަށް ނުކުތް މިލަންދޫ ޒުވާނަކު ޚަބަރެއް ނުވެގެން ހޯދަން ފަށައިފި

ދޯންޏެއްގައި މަހަށް ނުކުތް މިލަންދޫގެ ޒުވާނަކު ޚަބަރެއް ނުވެގެން، އޭނާ ހޯދުމުގެ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމަށް މިލަންދޫ ކައުންސިލުން އެދިއްޖެއެވެ. ގެއްލިގެން ހޯދަމުންދަނީ ށ. މިލަންދޫ، ސިނަމް، މުޙައްމަދު އިހުސާން އެވެ. މިލަންދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، އިހުސާން މަހަށް ދިއުމަށްޓަކައި ދޯނީގައި ފުރާފައިވަނީ މިއަދު ހެނދުނު 11:30 އެހާއިރުއެވެ. ނަމަވެސް، އެ ވަގުތުން ފެށިގެން އޭނާގެ އެއްވެސް ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން އެކަން މިހާރު ވަނީ ކައުންސިލާ ޙިއްސާކޮށްފައެވެ. އިހުސ...

މިލަންދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފި
Thiladhunmathi News

މިލަންދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފި

ށ. މިލަންދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް ފެށުމަށް މިލަންދޫ ސިއްހީ މަރުކަޒުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި މި ޚިދުމަތް ފައްޓަވައިދެއްވީ ސިއްހަތާ ބެހޭ ވަޒީރު ޢަބުދުﷲ ނާޒިމެވެ. މި ރަސްމިއްޔާތުގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބުދުލްޤާދިރު (ހަސަނާ) އާއި ސިއްހީ ވުޒާރާގެ ބައެއް އިސް ވެރިން ވެސް ބައިވެރިވިއެވެ. އެކްސްރޭގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ވަޒީރު ވަނީ އެކްރޭ ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތަށް...

މިލަންދޫ އެފްއެސްއެމް ފިއުލް ޝެޑުން ޚިދުމަތް ދޭން ފަށައިފި
Thiladhunmathi News

މިލަންދޫ އެފްއެސްއެމް ފިއުލް ޝެޑުން ޚިދުމަތް ދޭން ފަށައިފި

ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން އެސްޓީއޯގެ ދަށުން ހިންގާ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ށ. މިލަންދޫގައި ގާއިމުކުރި ފިއުލް ޝެޑުން މިއަދު ތެޔޮވިއްކަންފަށައިފިއެވެ. އެފްއެސްއެމުން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި މިއަދު ބުނީ، މުޅި ރާއްޖޭގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން، ކޮންމެ އަތޮޅެއްގައި ތެޔޮ ފިހާރައެއް ގާއިމުކުރުމުގެ އަމާޒާއެކު ރާއްޖޭގެ އެ...

 55 ރަބަރު ޕެކެޓާއި އެކު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިލަންދޫއިން މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

 55 ރަބަރު ޕެކެޓާއި އެކު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިލަންދޫއިން މީހަކު ހައްޔަރުކޮށްފި

ށ. މިލަންދުއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އެ ރަށުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ، ރޯސް، ޢަބްދުﷲ ޝުޖާޢު (48އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން މި ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ފުލުހުން ހާމަކުރި ގޮތުގައި، އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 55 ރަބަރު ޕެކެޓު […]

މިލަންދޫ ކައުންސިލްގެ ރޯދަ ހަދިޔާ: މާރިޗް މަހުގެ ކުނި ފީ ހިލޭ ކޮށްދީފި
Thiladhunmathi News

މިލަންދޫ ކައުންސިލްގެ ރޯދަ ހަދިޔާ: މާރިޗް މަހުގެ ކުނި ފީ ހިލޭ ކޮށްދީފި

ށ. މިލަންދޫ ކައުންސިލުން އެރަށުގެ ގޭބިސީތަކާއި އެހެން ތަންތަނުން ކުނި ނަގައި އުކާލަދިނުމަށް ނަގަމުން އަންނަ ފީ އަންނަ މާރިޗް މަހު ހިލޭކޮށްދޭގޮތަށް ހަމަޖައްސައިފިއެވެ. މިލަންދޫ ކައުންސިލުން ބުނީ މި ނިންމުމަކީ 1447 ވަނަ އަހަރު، ރަށުގެ ރައްޔިތުންނަށް ކައުންސިލްގެ ފަރާތުން ދޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. މިލަންދޫ ކައުންސިލުން މި ނިންމުން ނިންމާފައި ވަނީ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 221 ވަނަ ޖަލްސާގައެވެ. މި ނިންމުމާއެކު އަންނަ މާރިޗް […]

މަސްތުވާތަކެތީގެ މައްސަލައެއްގައި މިލަންދޫއިން މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

މަސްތުވާތަކެތީގެ މައްސަލައެއްގައި މިލަންދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ށ. މިލަންދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. މިލަންދޫ، ވެނީލާހައުސް، އަޙްމަދު ޢާލިމް (33އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އެ ރަށު ޕޮލިހުން މި މަހުގެ 13 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނު...

މިލަންދޫ ފަރަށް އެރި ޓަގު ބޯޓުގެ ވެރިފަރާތް 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
Thiladhunmathi News

މިލަންދޫ ފަރަށް އެރި ޓަގު ބޯޓުގެ ވެރިފަރާތް 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ށ. މިލަންދޫ ފަރަށް އެރި ޓަގު ބޯޓުގެ ވެރިފަރާތް ކަމަށްވާ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑް، 12,006,200.00 (ބާރަމިލިއަން ހަހާސް ދުއިސައްތަ) ދިވެހި ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ. އީއާރުއޭ އިން ބުނީ، އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ އޭޖެންޓް ކަމުގެ ދަށުން ދިވެހިރާއްޖެ އައިސްފައިވާ، ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓަރކޮށްފައިވާ “ޝްވޭ...

މިލަންދޫ އޭޓީއެމް ކައިރިން ހޮވައިގެން ކޯޓަށް ގެންދިޔަ ކޭސްކާޑަކާއި ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ
Thiladhunmathi News

މިލަންދޫ އޭޓީއެމް ކައިރިން ހޮވައިގެން ކޯޓަށް ގެންދިޔަ ކޭސްކާޑަކާއި ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ

ށ. މިލަންދޫ ބީ.އެމް.އެލް އޭޓީއެމް ކައިރިން ހޮވައިގެން ޢާއްމު ފަރާތަކުން ކޯޓަށް ޙަވާލުކޮށްފައިވާ ކޭސްކާޑަކާއި ފައިސާގެ ވެރިފަރާތް ހޯދުމަށް އިޢުލާންކޮށްފި އެވެ. ކޯޓުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިތަކެތި ކޯޓާ ޙަވާލުކޮށްފައިވަނީ 10 ނޮވެމްބަރ 2025 ވަނަ ދުވަހުއެވެ. ކޯޓުން ނެރެފައިވާ އިޢުލާނެއްގައިވާ ގޮތުން، ގެއްލިފައިވާ ފައިސާގެ ވެރިފަރާތެއްވާނަމަ، އެ ފައިސާތަކުގެ ސިފަތައް (ނޫޓުގެ ޢަދަދާއި، ފައިސާގެ ޖުމްލަ) އެނގޭގޮތަށް ކޯޓަށް ލިޔުމަކުން ހުށަހެޅުމަށް ވަނީ ދަންނަވާފައެވެ. މިގޮތުން، ގެއްލު...

ބޮޑުތިލަދުންމަތީގެ ހަ ރަށެއް، 32 ރަށެއްގައި ޕާކް އަޅަން އެޗްޑީސީއަށް
Raajje

ބޮޑުތިލަދުންމަތީގެ ހަ ރަށެއް، 32 ރަށެއްގައި ޕާކް އަޅަން އެޗްޑީސީއަށް

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން، 32 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމުކުރުމުގެ މަސައްކަތް ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އިއްޔެ ހަވާލުކޮށްފިއެވެ. އިއްޔެ ބޭއްވި ޕާކުތައް ހެދުމުގެ މަސައްކަތް ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ...

މިލައުތުރު ފުޓްސަލް މުބާރާތުގެ ޝަރަފުވެރި "ށ. ކިންގް" އަކަށް ޝަނީ
Thiladhunmathi News

މިލައުތުރު ފުޓްސަލް މުބާރާތުގެ ޝަރަފުވެރި "ށ. ކިންގް" އަކަށް ޝަނީ

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކުގެ ޓީމުތަކުގައި ބޭއްވި “މިލައުތުރު ފުޓްސަލް މުބާރާތް” ގެ “ކިންގް އޮފް ދަ ޓޯނަމެންޓް” މިލަންދޫ ޓީމުގެ ކުޅުންތެރިޔާ އަޙުމަދު ޝަނީ އަށް ލިބިއްޖެއެވެ. ރޭ ކަނޑިތީމުގައި މި މުބާރާތުގެ ފައިނަލް މެޗު ކުޅިފައިވާއިރު، މިލަންދޫ ޓީމާއި ކަނޑިތީމު ޓީމު ވާދަކޮށް، 6-2 ގެ ނަތީޖާއަކުން ކަނޑިތީމު ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ކުލަގަދަ ރަސްމިއްޔާތަކާއެކު މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު މި މުބާރާތުގައި ވަނަ ވަނަ […]